Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުރު ފަންޑު

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017 | ހޯމަ 13:38

އަބުރު ފަންޑު ފޮށި ރާއްޖޭގެ ގިނަ ރަށްރަށުގައި ދަނީ ހުޅުވަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 މާރިޗު 2017 | ހޯމަ 13:38
ހިންނަވަރުގައި ބަހައްޓާފައިވާ އަބުރު ފަންޑު ފޮއްޓަށް މީހަކު އެހީވަނީ

ހިންނަވަރުގައި ބަހައްޓާފައިވާ އަބުރު ފަންޑު ފޮއްޓަށް މީހަކު އެހީވަނީ

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ހއ. ދިއްދޫއާއި ޅ. ކުރެންދޫގައި ފަންޑު ފޮއްޓެއް ބަހައްޓައިފި އެވެ.

އެމްޑީޕީ ހއ. ދިއްދޫ ދާއިރާގެ ސެކެރެޓަރީ ޖެނެރަލް އަލީ ހާޝިމް އާދިއްތަ ދުވަހު ވިދާޅުވީ ރާއްޖެޓީވީން ހުޅުވާފައިވާ އަބުރު ފަންޑަށް އެހީވުމުގެ ގޮތުން އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެރަށުގައި ފަންޑު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ.

ޅ. ކުރެންދޫ އަންހެނުން ރޫހުގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ ހޮނިހިރު ދުވަހު އެރަށުގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާ ކަމަށެވެ.

އެ ދެ ރަށުން ވެސް ބުނީ އަބުރުގެ ގާނޫނުގެ ދަށުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލާ ސަރުކާރުން ރާއްޖެޓީވީއާ މެދު އަޅަމުންދާ ފިޔަވަޅުތައް ގަބޫލު ކުރެވޭ ކަމަށާއި ރާއްޖެޓީވީ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރާއިރު އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ.

"އަބުރު ފަންޑު"ގެ ނަމުގައި ރާއްޖެޓީވީން ފަންޑެއް ހުޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 200،000ރ އިން ޖޫރިމަނާކޮށް ރައްޖެޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިޔަކު 50،000ރ އިން ޖޫރިމަނާކުރުމާއި ގުޅިގެންނެވެ.

މީގެ އިތުރުން، ރާއްޖެޓީވީގެ ނޫސްވެރިންނަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީއަތްތަކުން، ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނާސިރު، އެއިން ކޮންމެ ނޫސްވެރިއެއް 28،000ރ އިންޖޫރިކޮށްފައިވާއިރު، ކެމެރާމަން އާދަމް ޒަރީރު 3،000ރ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

މީގެ އިތުރުން، ވިސާމުގެ މައްޗަށް އިތުރު ދައުވާއެއްގެ ޝަރީއަތް ހިންގަމުންދާއިރު، ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް