Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިއްހީ ދާއިރާއިން

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

ޑައިލިސް ހަދައިދެވޭ 18 އެނދުން 45 އަށް ވަނީ އިތުރުކުރެވިފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 29 މެއި 2017 | ހޯމަ 04:32
ރާއްޖޭގައި ކުރިން ހުރީ ޑައިލިސް ހަދައިދެވޭ 18 އެނދު

ރާއްޖޭގައި ކުރިން ހުރީ ޑައިލިސް ހަދައިދެވޭ 18 އެނދު

މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއިން ކޮންމެ ޚިދުމަތަކަށް ބެލި ނަމަވެސް 100 އިންސައްތަ އަށް ވުރެ މަތީ ކުރިއެރުމެއް ހޯދިފައިވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ވިލިމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރި ޑައިލިސިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައިއިރު ޑައިލިސް ހަދައިދެވޭ ހުރީ 18 އެނދު ކަމަށާއި އެ އަދަދު މިހާރު 45 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"މިއަދު މި އިތުރުކުރެވެނީ ދެ އެނދު. އެހެންވީމާ އެއީ ވަރަށް މަދު އަދަދެއް ކަމަށް ހީވެދާނެ. ނަމަވެސް މި ތިން އަހަރާބައިގެ ކުރު މުއްދަތުގާ މިވަނީ ކުރިން ހުރި 18 އެނދަށް 27 އެނދު އިތުރުކުރެވިފަ. އެއީ 150 އިންސައްތައިގެ ބޮޑު ކުރިއެރުމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތަކަށް ބެލި ނަމަވެސް އަދި ޞިއްޙީ ދާއިރާއަށް ކުރެވޭ ޚަރަދުތަކަށް ބެލި ނަމަވެސް ކޮންމެ ދާއިރާއަކުން ވެސް ވަނީ 100 އިންސައްތައަށްވުރެ މަތީ ކުރިއެރުމެއް ހޯދިފައިވާކމަށް މިނިސްޓަރ ނާޒިމް ވިދޅުވިއެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ކުރިއެރުމަށާއި ޞިއްޙީ ޚިދުމަތް ވީހާ ގާތުން ފޯރުކޮށްދޭން ރައީސް ޢަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އަންނަނީ ކާމިޔާބުވަމުންކަމަށެވެ.

ސަރުކާރުން ހުސްނުވާ އާސަންދަ ތަޢާރަފްކުރި ފަހުން 60 މީހަކަށް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްދީފައިވާ ކަމަށާއި އެކަމުން އަންގައިދެނީ ރާއްޖޭގައި ކިޑްނީ ބަލިތައް ޢާންމުވެފައިވާ މިންވަރު ކަމަށް ހެލްތު މިނިސްޓަރ ވިދަޅުވިއެވެ.

ނާޒިމް ވިދާޅުވިގޮތުގައި މި ސަރުކާރުން ގެންދަނީ ބަލި މީހުންނަށް އަޅައިލަމުންނެވެ. އެގޮތުން ހުސްނުވާ އާސަންދައިން ބޮޑެތި ޚަރަދުތަކެއް ހުއްޓުމެއްނެތި ކުރެވެމުން އަންނަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު