Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޑަކުއްޖަކު މަރުވުން

ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު

ކުޅުދުއްފުށި ހޮސްޕިޓަލުން ލިޔެކިޔުންތައް ހުށަހެޅުމުން އެމައްސަލަ ރިވިއު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 11:44
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ހދ. ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި ކުޑަ ކުއްޖަކު މަރުވި ކަމަށްބުނާ މައްސަލަ ބަލާނެ ކަމަށް އެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު އާދިއްތަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހދ. ކުމުންދޫ، އަރާއިރު، އުމުރުން ހަތަރު އަހަރުގެ އާދަމް އާސިފް ހަސަން މަރުވި މައްސަލައާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެ މައްސަލައާގުޅޭ ލިޔެކިޔުންތަކާއި ނަގަންޖެހޭ ބަޔާންތައް ނެގުމަށްފަހު ކުޅުދުއްފުށި ހޮސްޕިޓަލުން ހެލްތް މިނިސްޓްރީއަށް ހުށަހެޅުމުން އެމައްސަލަ "ރިވިއު" ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޮފިޝަލް ވިދާޅުވީ މައްސަލަ ބަލަމުންދާއިރު، ޝައްކުކުރެވޭ ނުވަތަ އިހުމާލުގެ ކަމެއް ނުވަތަ ކުއްޖާގެ އާއިލާގެ ފަރާތުން އޮޅުން ފިލުވަންޖެހޭ މައުލޫމާތެއްވާނަމަ އެކަން އޮޅުން ފިލުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ ކުއްޖާ މަރުވެފައިވަނީ ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމަށް ހދ. ހަނިމާދޫ އެއާރޕޯޓުން ބުދަ ދުވަހުގެ ރޭ 19:25 ގައި ފްލައިޓް ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގަ އެކުއްޖާގެ ވިންދު ހުއްޓުމާ ގުޅިގެން، އެ ފްލައިޓް އަނބުރާ ހަނިމާދޫ އެއާރޕޯޓަށް ޖައްސާ، ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

އެކުއްޖާގެ އާއިލާއިން ބުނީ އެކުއްޖާ ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ މާބޮޑު ބައްޔެއް ހުރެގެން ނޫން ކަމަށާއި ރާއްޖޭގައި ރޯގާ އުޅޭތީއާއި އެކުއްޖާ ކުޑަކޮށް ހުން ވައްތަރުވެގެން ކުޅުދުއްފުށި ހޮސްޕިޓަލަށް ދައްކާލީ ކަމަށެވެ. ނަމަވެސް އެކުއްޖާ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވަ ދިނުމަށްފަހު، ފަހުން އައިސީޔޫގައި ބާއްވައިގެން ފަރުވާދިންއިރު، އާއިލާއަށް އެކުއްޖާ ދައްކާލާފަ ވެސް ނުވާކަމަށް އެކުއްޖާގެ މަންމަ އައިމިނަތު އާދަމް ބުންޏެވެ.

މީގެއިތުރުން އެކުއްޖާ ކުޅުދުއްފުށި ހޮސްޕިޓަލުން ދޫކޮށްލިއިރު ދިން ލިޔުމުގައި، އެކުއްޖާއަކީ ތެލެސީމިއާ ކުއްޖެ ކަމަށާއި ބްލަޑް ކެންސަރު ހުރި ކަމަށް ބުނެ ވަނީ ސުވާލު އުފައްދާފަ އެވެ.

ކުއްޖާގެ އާއިލާ އިން ދެކޭ ގޮތުގައި މި މައްސަލާގައި ކުޅުދުއްފުށި ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑެވެ. އަދި އެކަށީގެންވާ ވަރަށް މައުލޫމާތު އާއިލާ އަށް ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު