Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިމޮގްރެޕިކް ސަރވޭ

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

މާލޭ ސަރަހައްދުގެ ސަރވޭގެ މަސައްކަތް ވަނީ ނިންމާލާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 8 ޖޫން 2017 | ބުރާސްފަތި 15:17
ހެލްތު މިނިސްޓްރީގެ ޕްރެސް ކޮންފަރެންސް

ހެލްތު މިނިސްޓްރީގެ ޕްރެސް ކޮންފަރެންސް

ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ، ޑިމޮގްރެޕިކް އެންޑް ހެލްތް ސަރވޭގެ މަސައްކަތުގެ ތެރެއިން ހަތް އަތޮޅެއްގައި ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމިނިސްޓްރީން ހާމަކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ކުރިއަށްގެންދާ ސަރވޭގެ ތެރެއިން، ކ. އަތޮޅާއި، އދ.، ވ.، މ. އަތޮޅުގެ އިތުރުން ފ.، ދ. އަދި ތ. އަތޮޅާއި މާލޭ ސަރަހައްދުގެ ސަރވޭ މަސައްކަތްތައް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަންހެނުންނާއި ފިރިހެނުންނާއި އަދި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ސިއްހަތާ ގުޅުން ހުރި މައުލޫމާތުތައް މި ސަރވޭގެ ތެރެއިން ވަނީ އޮޅުން ފިލުވާފައެވެ. މީގެ އިތުރުން މީހުންގެ އިސްކޮޅާއި ބަރުދަނާއި އަންހެނުންނާއި ކުޑަކުދިންގެ އެނީމިޔާ ޓެސްޓް ވަނީ ކޮށްފައެވެ.

މި ސަރވޭއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބީސީތަކުގައި ދިރިއުޅޭ މީހުންގެ ސިއްހީ މައުލޫމާތު އެއްކުރުމަށް ކުރާ ދިރާސާއެކެވެ. މިއީ ގައުމީ ފެންވަރުގައި ގެންދެވޭ ސިއްހީ ދިރާސާ އެކެވެ.

މި ސަރވޭއިން އެއްކުރެވޭ މައުލޫމަތުތައް ރާއްޖޭގެ ސިއްހީ ދައިރާގެ ސިޔާސަތުތައް ބަންޓަން ކުރުމުގައި ބޭނުން ކުރެވޭ އިރު މި ސަރވޭގެ މައުލޫމާތުތައް އދ. ގެ ޖަމިއްޔާތަކުންނާއި ސިއްހަތާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާތަނަށް މިސަރވޭފައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ސަރވޭ 2016 ވަނަ އަހަރުން 2017 ވަނަ އަހަރަށް ކުރިއަށްދާ އިރު އަންނަ ޖުލައި މަހުގެ 2 އިން ފެށިގެން، ސަރވޭ ނުނިމި ހުރި އަތޮޅުތަކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު