Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހެލްތު މިނިސްޓްރީ

ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި

މިބައްދަލުވުމުގައި ސިއްހީ ހިދުމަތް ސަރަހައްދީ ފެންވަރުގައި ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 ޖުލައި 2017 | ހޮނިހިރު 08:24
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުމުގައި މިނިސްޓަރު ނާޒިމް ބައިވެރިވަޑައިގަންނަވަނީ

ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުމުގައި މިނިސްޓަރު ނާޒިމް ބައިވެރިވަޑައިގަންނަވަނީ

ސާކް ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން، ސްރީލަންކާގެ ކޮޅުނބުގައި ފަށައިފި އެވެ.

ސާކްގެ ގިނަ ގައުމުތަކުން ބައިވެރިވާ، މި ބައްދަލުވުމުގައި، ސިއްހަތާ ބެހޭ މުހިއްމު ކަންކަން މަޝްވަރާކުރެވި، ސަރަހައްދީ ފެންވަރުގައި ސިއްހަތު ކުރިއެރުވުމަށް މުހިއްމު ނިންމުންތައް ނިމިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ބައިވެރިވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

މިއަހަރުގެ ބައްދަލުވުމުގައި ފަސް ވަނަ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ނިންމި މުހިއްމު ކަންތައްތައް ހާސިލު ކުރެވުނު މިންވަރަށް ރިއާޔަތްކޮށް، މިވަގުތަށް މި ސަރަހައްދުގެ ޤައުމުތަކުން، އެންމެ މުހިއްމުކަން ދީގެން ހައްލުކުރަން ބޭނުންވާ ސިއްޙީ މައްސަލަތައް ހިމަނޭ ގޮތަށް އެކުލަވާލެވިފައިވާ "ކޮލޮމްބޯ ޑެކްލެރޭޝަން: ކޯލިންގ ފޯރ އެކްސެލެރޭޓެޑް ޕްރޮގްރެސް އޮން ކީ ރީޖަނަލް ހެލްތު އިޝޫޒް" ތަންފީޒް ކުރުމަށް ޤައުމުތަކުން އެއްބަސްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރުންގެ ބައްދަލުވުމުގެ އިތުރަށް މި މަހުގެ 27 އިން 28 ށް ސްރީލަންކާގެ ކޮލަންބޯގައި ބޭއްވުނު ޤައުމުތަކުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުގައި ވެސް ސަރަހައްދީ ސިއްހީ ދާއިރާގައ ހުރި މުހިއްމު ކަންކަން ފާހަގަކޮށް، ސިއްހީ ހިދުމަތް ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސަރަހައްދީ ގޮތުން ސިއްޙީ ކުރިއެރުން ގެނައުމަށް އަމާޒުކުރެވިގެން ތައްޔާރުކުރެވުނު މި ޑެކްލެރޭޝަންގައި ހިމެނޭ މުހިއްމު ކަންތައްތަކަކީ، ކުދިން ހެދިބޮޑުވުމަށް ކުރާ ނޭދެވޭ އަސަރު ނައްތާލުމަށް މައިންނަށާއި ކުދިންނަށް ރަނގަޅުކާނާ ދިނުމުގެ ކަންކަން ކުރިއެރުވުމާއި، ސާފުތާހިރުކަން ކުރިއެރުވުމާއި، ގައިންގައަށް އަރާ ބަލިތަކާއި، ގައިން ގައަށް ނާރާ ބަލިތަކާއި، މަދިރިން ޖެހޭ ބަލިތަކާއި، މޫސުމަށް އަންނަ ބަދަލާ ގުޅިގެން އިންސާނުންގެ ސިއްހަތަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކާ ގުޅޭ ގޮތުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުން ހިމެނެ އެވެ. މީގެ އިތުރުުން ބޭސްވެރިކަމެއް ހިމެނޭ ގޮތަށް ގައުމުތަކުގެ ސިއްހީ ނިޒާމުތައް ހަރުދަނާ ކުރުމާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ރިސާރޗް ހެދުމަށް އެއްޤައުމުން އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ހާއްސަކޮށް މަދިރީގެ ޒަރީއާއިން ފެތުރޭބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިއްމު ރިސާރޗްތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

މިކަންކަމުގެ އިތުރަށް، ބިދޭސީ މަސައްކަތްތެރިން ގައުމުތަކުގެ އިގްތިސޯދީ ގޮތުން ގެނެސްދޭ ފައިދާ ފާހަގަކޮށް އެފަރާތްތަކުގެ ސިއްހަތުކުރިއެރުވުމަށް ގައުމުތައް އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މި ޑެކްލެރޭޝަންގެ އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ހިމެނިފައި ވަނީ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ސާރކް ގައުމުތައް އެއްކޮށް މަސައްކަތް ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު