Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްލަޑް ޑޯނާސް ޑޭ

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

ހޭލުންތެރިކަން އިތުރުކޮށް މީހުންގެ ޝައުގުވެރިކަން ލޭ ދިނުމަށް އިތުރުކުރުމަށް ހެލްތު މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 ޖޫން 2017 | ބުދަ 14:56
ހެލްތު މިނިސްޓަރ އަހުމަދު ނާޒިމް

ހެލްތު މިނިސްޓަރ އަހުމަދު ނާޒިމް

ކުރިއާ އަޅާބަލާއިރު ލޭހަދިޔާ ކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ލޭހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް ބްލަޑް ޑޯނާސް އިން އިންތިޒާމްކޮށްގެން ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މީހުންގެ ޝައުގުވެރިކަން ލޭ ދިނުމަށް އިތުރުކުރުމަށް ހެލްތު މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ.

Advertisement - newsAdvertisement

ލޭ ހަދިޔާކުރުމަށް މީހުންގެ ހޭލުންތެރިކަން ފުޅާވެގެންދާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ސަރުކާރުގެ ވުޒާރާތައް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވޮލެންޓްރަލީ މި މަސައްކަތް ފުޅާވެގެން އެބަދޭ. އެހެން ނަމަވެސް އިތުރު އެންޖީއޯތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މިކަމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް އިތުރުކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ބްލަޑް ޑޯނާސްގެ ނައިބް ރައީސް އިބްރާހިމް ރަޝީދު ރާއްޖެ އެމްވީއަށް ވިދާޅުވީ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަ ކުރުމަށް ހަވީރެއް ބޭއްވީ ލޭ ހަދިޔާ ކުރާ މީހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށްޓަކައި ކަމަށެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރާދުވަސް ފާހަގަ ކުރުމަށްޓަކައި ރަމަޟާން މަސް ނިމުމުން "ބްލަޑް ކޭމްޕެއް" ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ބްލަޑް ޑޯނާސް އިން ބޭއްވި ރަސްމިއްޔާތުގައި ވަނީ "އައިރަނާސް" ގެ ފަރާތުން ބައިވެރިވެފައެވެ. މޯލްޑިވްސް ބްލަޑް ޑޯނާސް އިން ވަނީ ދުވަސް ފާހަގަ ކުރުމަށް ރަތްކުލައިގެ ފުއްޕާހަންތައް ވަޔަށް ދޫކޮށްލާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

ދައުލަތުގައި މޮޔަ ސިފަ ޖެހެނީ ހަސަދަވެރިކަން އޮތް މިންވަރުން: އިންތި

30 ޖެނުއަރީ 2018
ދައުލަތުގައި މޮޔަ ސިފަ ޖެހެނީ ހަސަދަވެރިކަން އޮތް މިންވަރުން: އިންތި
10 ޖެނުއަރީ 2018

އަމީން ފައިސަލާއި ރިޔާޒުގެ ކަންބޮޑުވުން: ނުރައްކާ އޮތް މިންވަރު މައުމޫނަށް އަންގަން ޖެހޭނެ

10 ޖެނުއަރީ 2018
އަމީން ފައިސަލާއި ރިޔާޒުގެ ކަންބޮޑުވުން: ނުރައްކާ އޮތް މިންވަރު މައުމޫނަށް އަންގަން ޖެހޭނެ
28 ޑިސެމްބަރު 2017

ނިހާނުގެ ވިސްނުން ހުރީ ނޭފަތު ކުރިއާ ހަމައަަށް ކަމަށް ޝިފާޒު ވިދާޅުވެއްޖެ!

28 ޑިސެމްބަރު 2017
ނިހާނުގެ ވިސްނުން ހުރީ ނޭފަތު ކުރިއާ ހަމައަަށް ކަމަށް ޝިފާޒު ވިދާޅުވެއްޖެ!
09 އޮކްޓޯބަރު 2017

އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި

09 އޮކްޓޯބަރު 2017
އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި
18 ސެޕްޓެމްބަރު 2017

ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި

18 ސެޕްޓެމްބަރު 2017
ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު