Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ޕީޖީލީޑަރުގެ އޯޑިއޯ

މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ

އޯޑިއޯގައި ނިހާން ވަނީ ޕީޕީއެމްގެ މެމްބަރުން، ހަރަކާތްތެރިނުވާކަމަށް ވިދާޅުވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 މާރިޗު 2017 | އަންގާރަ 22:55
ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުެގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މެމްބަރަކާ ސަލާމްކުރައްވަނީ

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުެގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މެމްބަރަކާ ސަލާމްކުރައްވަނީ

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ޕީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި ލީކްވެއްޖެ އެވެ.

ލީކްވެފައިވާ އޯޑިއޯގައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރުޕުގެ މެމްބަރުންނަށް އިޝާރަތްކުރައްވާ ނިހާން ވިދާޅުވެފައިވަނީ، ހިތްވަރެއް ތިބި ބަޔަކު ނޫޅެ ކަމަށެވެ. އަދި އޭގެތެރޭގައި ރައީސާއެކު ޓައީ އަޅާފައި، އަޑުގަދަކޮށް އުޅޭ މެމްބަރުންވެސް ހިމެނޭކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement
"މިއަދުވެސް މަ ބުނެފިމޭ އެއިން އެކަކާއި ދިމާއަށް، ކައޭ ތިއީ، އެންމެ ފަހުންވެސް ބޭއްވި މުޒާހަރާއަށް ނެރުނީމަ، އޭ އަހަރެން އެބަޖެހެއޭ ގެޔަށްދާން، އަންހެނުން އެބަ ވަރަށް ގުޅަޔެ ކިޔާފައި ދިޔަ މިހާ ނޫންހޭ. އެކަމު ލަދެއް ނުގަނޭއޭ މިހާރު ކަލޭ." ނިހާން ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ކުރިއަށްގެންދިޔަ 21 ރޭގެ މުޒާހަރާއަށް އިޝާރަތްކޮށް ނިހާން ވިދާޅުވެފައިވަނީ، އޭރުގައި މުޒާހަރާއަށް ބައެއް މެމްބަރުން ނެރެނީ ގަދަކަމުން ކަމަށެވެ. އަދި އޭރުވެސް އެންމެ ފަސޭހައިން މުޒާހަރާއަށް ނިކުންނަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފު ކަމަށާއި، ނަމަވެސް އޭނާ މިހާރު ޕީޕީއެމްގައި ނެތް ކަމަށެވެ.

"އެގޮތަށް ނުދާނަމޭ ކިޔާ މައްސަލަ ނުޖައްސާނީ، މަހޭއާއި، މަހޭ މިހާރަކު ނެތްތާ. އަލީ އާރިފާއި، އިލްހާމާއި، މަށާ، ރިޔާޒު ރަޝީދާއި. ދެން ނާންނާނެ. ދެންޖެހޭނީ އާދޭސްކޮށްގެން ގެންނަން. ގެނެޔަސް ދެން ހުންނަނީ އެންމެ ފަހަތުގައި، ދެން ފިލާނެ" ނިހާން ވިދާޅުވެފައިވެއެވެ.

ލީކްވެފައިވާ އޯޑިއޯގައި ނިހާން ވަނީ މެމްބަރު އަލީ ސަލީމަށްވެސް ވަރަށް ބޮޑަށް ފާދުވިދާޅުވެފަ އެވެ. އަދި މެމްބަރު އަލީ ސަލީމަކީ އާންމުކޮށްވެސް ފިލާ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވެފައިވެއެވެ. ނިހާން ވިދާޅުވުވެފައިވަނީ އެގޮތަށް ކަންތައްތައް ނުކޮށް ތިބުމަށްފަހު މެމްބަރުން އުޅެނީ ވަރަށް ޕީޕީއެމް އަދި ވަރަށް ބޮޑަށް ރައީސް އަބްދުﷲ ޔާމީން ވެގެން ކަމަށެވެ.

އޯޑިއާ އާއި ގުޅިގޭގޮތުން ސުވާލުކުރުމަށް ވިލިމަފަންނު ދާއިރާގެ މެމްބަރު ނިހާނަށް ރާއްޖެޓީވިން ގުޅަލުމުން ވިދާޅުވީ، ރާއްޖެޓީވީއަށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ. އަދި ނިހާން އެއީ ރަނގަޅު އޯޑިއޯ ކްލިޕެއް ކަމެއް، އަދި ރަނގަޅު ނޫން އޯޑިއޯ ކްލިޕެއްކަން ކަށަވަރުކޮށްނުދީ ވަނީ ފޯނު ކަނޑާލާފަ އެވެ.

އޯޑިއޯ ކްލިޕުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ހާމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބަރު ނެތްކަމުގެ މައްސަލާގައިވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރިކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި މެދު ގިނަ މެމްބަރުންތަކެއް ހިތްހަމަނުޖެހިފައިވާ ކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު