Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން މުއައްސަސާ

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2017 | ހޯމަ 06:01
ސަރުކާރުގެ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ

ސަރުކާރުގެ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ

ހުސްވެފައިވާ ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާދީއްދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވެފައިވާތީވެ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި، އެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ދައުރު ހަމަވެފައިވަނީ، ޖަރުމަނު ވިލާތުގެ ސަފީރުކަމަށް އައްޔަނުކުރެއްވި ޑރ. ޖަމީލާ އަލީގެ އެވެ. ޑރ. ޖަމީލާ އަލީ ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރުގަ އެވެ. ޖަމީލާ އަލީ ހުންނެވީ ސިވިލް ސާރވިސް ކޮމިޝަންގެ ނައިބް ރައީސްކަމުގެ މަޤާމުގައެވެ.

ޤާނޫނު ބުނާގޮތުން ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރެއްގެ މަޤާމެއް ހުސްވެއްޖެނަމަ އެކަމަށް ކުރިމަތިލުމަށް ހުޅުވާލާ، ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއުކޮށް ޕޮއިންޓް ދޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީންނެވެ. އަދި ކޮމެޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމަށް ޤާނުނުގައި ބުނެފައިވެއެވެ.

ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލެވޭނީ އުމުރު 30 އަހަރު ފުރިފައިވާ ފަރާތްތަކަށް އެކަނި އެވެ. އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު