Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޑީއެފް

އެމްއެންޑީއެފް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ހޯދައިފި

މޭން އޮފް ދަ މެޗަކަށް ހޮވުނީ، އެފްއާރުއެސްގެ ޖަރޒީ ނަމްބަރު 10 ސާޖަންޓް ޝައުކަތު އަމީން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 17:49
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ޓީމް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ޓީމް

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުޅުނު އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2019 ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަވަނަ ފަހަރަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) ހޯދައިފިއެވެ.

މުބާރާތް ނިންމުމުގެ ގޮތުން ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެފްއާރުއެސްއިން ހޯދާފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއޯޓަރޒް އާއި ބައްދަލުކޮށް 3-2 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ، އެފްއާރުއެސްގެ ޖަރޒީ ނަމްބަރު 10 ސާޖަންޓް ޝައުކަތު އަމީނެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށާއި، މުބާރާތް ރާވާ އިންތިޒާމްކުރި ފަރާތްތަކުގެ އިތުރުން، ދިވެހި ސިފައިންގެ ކުލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވަނީ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ކަޅުތުއްކަލާކޮށީގައި ކުރިއަށްދިޔަ މި މުބާރާތުގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން ޖުމުލަ 22 ޓީމެއް ވާދަކުރިއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު