Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރުގެ ކޮރަޕްޝަން

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

ބަޖެޓްގައި އަދަދުތައް ޖައްސަވަނީ ތިމަންމަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2017 | އަންގާރަ 10:14
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވާ ދެއްވާ، ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަކަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވާ ދެއްވާ، ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަކަށް ވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން މިވޭތުވެދިޔަ ހަތަރު އަހަރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއި ނަގާފައިވާ ލޯނުތަނާއި ދައުލަތް ބޮޑުތަނުން ދަރުވާލަމުންދާ ވާހަކަ ދައްކަމުން ދަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކެއް ނޫނެވެ. ސަރުކާރުގެ މިނިސްޓަރުން ވެސް ވަނީ ބަޖެޓްގައި އާމްދަނީ އިތުރު ކުރުމަށް ހިމަނާފައިވާ ކަންކަން އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދާކަމަށް ވިދާޅުވެފަ އެވެ.

ބަޖެޓްގައި އަދަދުތައް ޖައްސަވަނީ ތިމަން މަނިކުފާނޭ، ރައީސް ޔާމީން ވިދާޅުވިއިރު، އެ ބަޖެޓް ދެކޮޅު ނުޖެހޭ ވާހަކަ ދައްކަނީ ދިވެހި ރައްޔިތުންނެވެ. ރާއްޖޭގެ ސެންޓްރަލް ބޭންކު ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ނެވެ. ޒަމީރު، ދެން އަތްޖައްސަވަންވީ ނޫންތޯ އެވެ.

ރައީސް ޔާމީން އެވެ. މަނިކުފާނުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވަނީ މަނިކުފާނުގެ މޮޅު އިކޮނޮމިކް ވިސްނުމުގެ ދަށުން ހެދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއިޒެޑް)ގެ ގާނޫނުގެ ދަށުން ރާއްޖެއަށް ވަން އިންވެސްޓެއް ނެތް ކަމަށެވެ. އެކަމުން ކުރިއެރުމެއް ނުލިބޭ ކަމަށެވެ. ތިން އަހަރު ވެގެންދިޔައިރު، އެ ގާނޫނުގެ ދަށުން ދައުލަތަށް ވަންނާނެ ކަމަށް އަންދާޒާ ކުރި ފައިސާގެ އަދަދު ލިބިފައި ނުވަނީ އިދިކޮޅު ފަރާތްތަކުން ހިންގި އިދިކޮޅު ކެމްޕެއިންތަކުގެ ސަބަބުން ކަމަށް ރައީސް ޔާމީނާއި ފިނޭންސް މިސްޓަރު މުނައްވަރު ވިދާޅުވި އެވެ. އެކަމުންވެސް އެނގެނީ ސަރުކާރަށް ވުރެ އިދިކޮޅު ފަރާތްތަކުގެ ބަސް ދުނިޔޭގެ ގައުމުތަކުގެ މެދުގައި މަގުބޫލުކަން ނޫންތޯ އެވެ. ރާއްޖެ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި ވާތީ، އިންވެސްޓަރުން އިންވެސްޓް ނުކުރިނަމަ އެއީ ސަރުކާރުން ހިންގާފައިވާ ޖަރީމާތުން ވީކަމެއް ނޫން ތޯއެވެ. އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައި، ނޫސްވެރިޔަކު ވަގަށް ނަގާފައިވާއިރު، ދައުލަތުގެ ފައިސާއިން ފިތްކަޑައިގެންދާ ވަރަށް ވައްކަން ކުރަމުންދާއިރު އެވާހަކަތައް ދިވެހި ރައްޔިތުން ދައްކާނެ އެވެ. ބޭރު ގައުމުތަކުގައި ވެސް އެވާހަކަތައް ދައްކާނެ އެވެ. އިންވެސްޓަރުންގެ ސަމާލުކަމަށް ވެސް އެކަންކަން އަންނާނެ ނޫންތޯ އެވެ. ޒަމީރު، ދެން އަތްޖަހަންވީ ނޫންތޯއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގުތުން ރާއްޖޭގެ ސެންޓްރަލް ބޭންކުން، ރީތިކޮށް ބުނާނަމަ ބުނެފައި ވަނީ ބަޖެޓް ދެކޮޅު ނުޖެހޭ ވާހަކަ އެވެ. ޖަހާފައިވާ އަދަދުތައް ދިމާނުވާކަމަށެވެ. މީގެކުރިން މިސަރުކާރުން ހުށަހެޅި ބަޖެތްތަކުގައި އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަމުން އަންދާޒާ ކުރިމިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައިނުވާތީ އަދަދު ޖަހަން ނޭނގޭ ކަމަށެވެ. ހިނގާނެ ކަމަށް ލަފާކުރި އަދަދަށްވުރެ މައްޗަށް ޚަރަދު އިތުރުވެފައިވާ ކަމަށެެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ސިއްހީ ނިޒާމަށްޓަކައޭ، ބައި އިލެކްޝަނަށޭ ބުނެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިގެން ދިޔަތަން ފެނިގެން ދިޔައިރު، އެ ސަޕްލިމެންޓަރީ ބަޖެޓުން ކަނޑައެޅި 493 މިލިއަން ރުފިޔާ ވީތަނެއް ވެސް ނޭނގެއެވެ. ހަމަގައިމުވެސް މިއަހަރު ދެން ބައި އިލެކްޝަނެއް ނުބޭއްވޭނެތާ އެވެ. ޒަމީރު، ދެން އަތްޖަހަންވީ ނޫންތޯ އެވެ.

މިއީ އިދިކޮޅު ފަރާތްތަކުން ދައްކާ، އަދި ރައީސް ޔާމީން އައްޔަން ކުރެއްވި އެމްއެމްއޭގެ ގަވަރުނަރު ވެސް ވިދާޅުވަމުން ގެންދަވާ ވާހަކަ އެވެ. ގަވަރުނަރު ވިދާޅުވެފައި ވަނީ 2016 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު، ބަޖެޓްގެ ޑެފިސިޓް ފުރަތަމަ އަންދާޒާ ކުރެވިފައި ވަނީ 3.4 ބިލިއަން ރުފިޔާއަށް ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓްގެ ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ "އެކްޗުއަލް" ޑެފިސިޓް 6.7 ބިލިއަން ރުފިޔާ އަރައެވެ. ހިސާބެއް ޖެހިޔަސް މީބޮޑުވަރު ނޫންތޯ އެވެ. އަދި 2017 ވަނަ އަހަރު ފުރަތަމަ ހުށަހެޅުނު ބަޖެޓުގައި އަންދާޒާ ކޮށްފައިވާ ޑެފިސިޓް އަދަދަށް ވުރެ މިހާރު ރިވައިޒްކޮށްފައިވާ ޑެފިސިޓް އަދަދު ބޮޑުކަން ވެސް ގަވަރުނަރު ވިދާޅުވެފައި ވެއެވެ. ޒަމީރު، ދެން އަތްޖަހަންވީ ނޫންތޯ އެވެ.

މިއަހަރުން ފެށިގެން ބަޖެޓް ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން ހޯދޭ މިންވަރު ދަށްވެ، އެކްސްޓާނަލް ފައިނޭންސް އަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަން ގަވަރުނަރު ވަނީ ކަންބޮޑުވުމާއެކު ފާހަގަ ކުރައްވާފަ އެވެ. އަދި މިއާއެކު ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ ލޯނުތަކާ އެކު ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން އިތުރުވަމުންދާ ކަމަށާއި އެގޮތުން 2016 ވަނަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނި 760.4 މިލިއަން ޑޮލަރު ނުވަތަ 11.7 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، 2017 ވަނަ އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކުރެވެނީ 1.1 ބިލިއަން ޑޮލަރު ނުވަތަ 17.4 ބިލިއަން ރުފިޔާގައި ކަމަށް ގަވަރުނަރު ވިދާޅުވެފައި ވެއެވެ. އަދި 2018 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކުރާ ގޮތުން އަހަރު ނިމޭއިރު ބޭރުގެ ދަރަނި 1.4 ބިލިއަން ޑޮލަރު ނުވަތަ 21.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ގަވަރުނަރު ލަފާ ކުރައްވާފައި ވެއެވެ. ޒަމީރު، ދެން އަތްޖަހަންވީ ނޫންތޯ އެވެ.

ރައީސް ޔާމީން އެވެ. ދައުލަތުގެ ރަސްމީ ރިޒާރވުން ކުރިއަށް އޮތްތަނުގައި ނިސްބަތުން ބޮޑު އަދަދެއް ހޭދަވެގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވީ ކަންބޮޑުވުމާއެކުގަ އެވެ. އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވެސް ބުނެފަވަނީ އިތުރުވަމުންދާ ދަރަނިތަކާއި ބަޖެޓް ޑެފިސިޓްވުމުގެ ސަބަބުންނާއި ބޭރު ފައިސާގެ ރިޒާރވް ކުޑަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. ޒަމީރު، ދެން އަތްޖަހަންވީ ނޫންތޯ އެވެ.

އެހާވަރަށް ލޯނުތައް ނަގައިގެން ދައުލަތް ބޮޑުތަނުން ދަރުވާލާފައިވާއިރު، ދައުލަތުގެ ދަރަނިތައް އައިސްފައިވާ ގޮތަށް ބަލާލާނަމެވެ. އާދެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު 2008 ގައި ވެރިކަމުން ދިޔައިރު ދައުލަތުގެ ދަރަނި ހުރީ 17.7 ބިލިއަން ރުފިޔާގަ އެވެ. މި ސަރުކާރުގެ ވެރިޔާ ރައީސް ޔާމީންއަކީ ރައީސް މައުމޫން ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރު އެވެ. ސަރުކާރުންގެ ކުންފުނިތަކުގެ ވެރިޔާ ވެސް މެއެެވެ.

އެމްޑީޕީގެ ވެރިކަމުގެ 2009 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 22.2 ބިލިއަން ރުފިޔާގަ އެވެ. 2010 ވަނަ އަހަރު 26.6 ބިލިއަން ރުފިޔާއަށް އެރިއިރު، 2011 ވަނަ އަހަރު ދައުލަތުގެ ދަރަނި ކުޑަކުރުމުގެ ސިޔާސަތުގެ 25 ބިލިއަނަށް ދަށްކުރެވިގެން ދިޔަ އެވެ. 2012 ވަނަ އަހަރު ފެށި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރު ބަދަލުކުރީ ދަރަނި ކުޑަކުރަމުން ދަނިކޮށް، އަދި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް އަވަސް ސްޕީޑެއްގައި ހިންގަމުން ދަނިކޮށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރަކީ ވެސް ރައީސް ޔާމީންގެ ބާރު އެސަރުކާރަށް އޮތް ސަރުކާރެކެވެ. ވަހީދު ސަރުކާރުގެ 2012 ވަނަ ވަނަ އަހަރު ދައުލަތުގެ ދަރަނި 26.5 ބިލިއަން ރުފިޔާއަށް އަނެއްކާވެސް އިތުރުވެގެން ދިޔަ އެވެ. ޖެހިގެންއައި 2013 ވަނަ އަހަރު 27.6 ބިލިއަނަށް ދައުލަތުގެ ދަރަނި އަނެއްކާވެސް އިތުރު ވެގެން ދިޔައިރު، ރައީސް ޔާމީންގެ ސަރުކާރު ފެށި 2014 ވަނަ އަހަރު ދައުލަތުގެ ދަރަނި 26.5 ބިލިއަނުގައި ހުރިއިރު ޖެހިގެންއައި އަހަރު އަނެއްކާވެސް 27.6 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރާފައިވެއެވެ. އަދި 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ބޮޑެތި ލޯނުތައް ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަރަށް ބޮޑުތަނުން އިތުރުވެގެން ދިޔަ އެވެ. އެއީ 27.6 ބިލިއަނުން 36.9 ބިލިއަން ރުފިޔާއަށެވެ. މިވަރުން ވެސް ނުނިމެއެވެ. މި 2017 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާއިރު، ރައީސް ޔާމީންގެ ވެރިކަމުގެ މިދައުރު 2018 ވަނަ އަހަރު ނިމޭއިރު، 49 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ރާއްޖޭގެ އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޒަމީރު، ދެން އަތްޖަހަންވީ ނޫންތޯ އެވެ.

ކޮރަޕްޝަނާއި ކޮށްފައި ހުރި ވައްކަމަށް ބަލާއިރު، ރައީސް ޔާމީންގެ މިސަރުކާރުން ވަނީ އެ ރެކޯޑު ވެސް މުގުރާލާފަ އެވެ. އެމްއެމްޕީއާރުސީ އޭކިޔާ ކުޑަކުޑަ އޮފީހަކުން ވެސް 1.22 ބިލިއަން ރުފިޔާގެ ވައްކަން ހިންގާފައި ވެއެވެ.

ސަރުކާރުގެ ކުންފުނިތަކުން ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތި ވަމުންދާއިރު، ފެންމަތިނުވެހުރި ވައްކަންތަކުގެ ވާހަކަތައް އެނގޭނީ އެކަންކުރި ބަޔަކަށާއި ހެއްދެވި ފަރާތަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެސްޓީއޯގެ ޗެއާމަނަށް ރައީސް ޔާމީން ހުންނެވި ދުވަސްވަރު އެސްޓީއޯއިން ޑޮލަރު ގަތުމަށް ގާތް ބޭފުޅުނަށް މިލިއަނުން ފައިސާ ދޫކޮށްފައިވާއިރު، ހަމައެފަދަ ކަންތައްތަކެއް ރައީސް ޔާމީންގެ މި ސަރުކާރުގެ ތެރެއިން ވެސް ފެންނަމުންދަނީ މަދެއްކޮށެއް ނޫނެވެ.

އެގޮތުން އެމްޕީއެލްއިން 77 މިލިއަން ރުފިޔާ، ޑޮލަރު ހެދުމަށް ކަމަށްބުނެ މިސަރުކާރުން ނަގާފައިވާއިރު، އެއް މިލިއަން ޑޮލަރު އެމްޓީޑީސީން ވެސް ޑޮލަރު މާރު ކުރުމުގެ ނަމުގައި ނަގާފައި ވެއެވެ.

ހަމައެގޮތަށް، ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަންތަކަށް ބަލާއިރު، ޑޮލަރުގަނެ ކަމިޝަންގެ ގޮތުގައި އެކި ފަރާތްތަކަށް ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ރުފިޔާ އެކިފަރާތްތަކަށް ފެނަކައިން ދޫކޮށްފައި ވެއެވެ. ފެނަކައިގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، ޕޭމަންޓް ވައުޗާ ނެތި 12.6 މިލިއަން ރުފިޔާގެ 23 ޓްރާންސެކްޝަން ހަދާފައިވާއިރު އިންވޮއިސް ނެތި 34 މިލިއަން ރުފިޔާގެ 14 ޓްރާންސެކްޝަން ހަދާފައިވެއެވެ.

ޑޮލަރު ގަންނަން ކަމަށްބުނެ ސްޓެލްކޯއިންނާއި ސަރުކާރުގެ ގިނަ ކުންފުނިތަކުން އެކިއެކި ފަރާތްތަކަށް މިލިއަަނުން ފައިސާ ދޫކޮށްފައިވާއިރު، އެކިއެކި ރަށްރަށަށް ބޮޑު އަގުގައި ތެޔޮ ސަޕްލައި ކޮށްދީގެންނާއި އެކިއެކި ގޮތްގޮތުން ހޯދާފައިވާ ފައިސާއިން ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މެދުއުޑުގައި ފިޔަޖަނީ އެވެ.

ބިޔަ މަޝްރޫއުތައް ހިންގާކަމަށް ރައްޔިތުންނަށް ދައްކައިގެން ނަގަމުންދަނީ ބޮޑެތި ލޯނުތަކެކެވެ. ދެގުނަ ތިންގުނަ ބޮޑުކޮށް މަޝްރޫއުތައް ހިންގާއިރު، ޖީބަށް ލާބައިވެސް ބޮޑުވާނެ ނޫންތޯ އެވެ. އެކަަމަކު ޖީބަށްލާބަޔާއެކު އެ ލޯނުތައް ދައްކަންޖެހެނީ ދިވެހި ނިކަމެތި ރައްޔިތުންނެވެ. ޒަމީރު، ދެން އަތްޖަހަންވީ ނޫންތޯ އެވެ. ޒަމީރު އެވެ. ކޮނޑުހުޅުން ނެއްޓޭވަރަށް ހުއްޓާނުލާ ބާރަށް އަތްޖަހާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

02 ޖެނުއަރީ 2019
ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟

ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟

27 ސެޕްޓެމްބަރު 2018
ކެމްޕެއިނަށް ނެރުނު މޮޅު ފޮތުން ބިތުފަންގި ނެގި ބޮޑު ފަލީޙަތެއް

ކެމްޕެއިނަށް ނެރުނު މޮޅު ފޮތުން ބިތުފަންގި ނެގި ބޮޑު ފަލީޙަތެއް

30 ޖުލައި 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
ޗައިނާގެ \"ފަށުވި މަގު\" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު