Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޕީއެލް

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

އެމްޕީއެލްގެ އިހްމާލުގެ ސަބަބުން މުދާ ނުނެރެވި ޖޫރިމަނާ ދައްކަންޖެހޭ

ރާއްޖެ އެމްވީ | 23 ޖޫން 2018 | ހޮނިހިރު 23:41
މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ކެރޭނަކުން އުފުލައިގެން ގެންދަނީ

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ކެރޭނަކުން އުފުލައިގެން ގެންދަނީ

ރާއްޖެއަށް އެތެރެކުރާ މުދަލުގެ 90 އިންސައްތަ އަށް ވުރެ ގިނަ އިންސައްތަ މުދާ ބާލަނީ މާލޭގައި ޤާއިމުކޮށްފައި ހުންނަ މުދާ ބާލާ ބަނދަރަށެވެ. މިތަނުގައި މިހާރު މުދާ ނުނެރެވޭތީ މުދާ ލާފައި ހުންނަ ކޮންޓޭނާތައް ގިނަވެ، މުދާ ގެންނަ ބޯޓުތަކުން މުދާ ނުބޭލި ބޯޓުތައް ބަނދަރުގައި ތޮއްޖެހެމުން ދިއުމުން އޭގެ ގެއްލުން ލިބެނީ ހަމަ ދިވެހިންނަށެވެ. އެއީ މުދަލުގެ އަގު ބޮޑުވެގެން ދާނެތީއެވެ.

ބަނދަރުގައި މުދާ ނުނެރިވި ލަސްވެ 10 ދުވަހަށްވުރެ އިތުރު ވެއްޖެ ނަމަ އެ ކޮންޓެއިނަރުގެ ޖޫރިމަނާ ފައިސާގެ ގޮތުގައި، 20 ފޫޓުގެ ކޮންޓެއިނަރެއް ނަމަ ދުވާލަކަށް 805.00 ރުފިޔާ، 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ 1610.00 ރުފިޔާ ދަންކަން ޖެހެއެވެ. މި ޖޫރިމަނާގެ އަދަދަށް ޖީއެސްޓީވެސް އިތުރުކުރަންޖެހެ އެވެ.

މިހެން މިކަން އޮތް އިރު ވިޔަފާރިވެރިޔާގެ އިޚްތިޔާރެއް ނެތި އެމްޕީއެލްގެ އިހުމާލުންނާއި، ސަރުކާރުން ހަދާފައިވާ ޤަވާޢިދެއްގެ ސަބަބުން ވިޔަފާރިވެރިޔާގެ އަތުން ބޭކާރުވެ ގެއްލިގެންދާ ފައިސާގެ ޢަދަދު މާ ބޮޑެވެ. އެއީ، ސަރުކާރުން މިހާރު ހަދާފައިވާ ޤަވާޢިދުގެ ސަބަބުން އެމްޕީއެލްއިން މުދާ ނެރެވެން ފަށަނީ ކޮންމެ ރެއެއްގެ 11:00 ގެ ފަހުންނެވެ. އެމްޕީއެލް ސަރަޙައްދުގެ ލޮރީ ނުވަތަ ޕިކަޕްގައި މުދާ އުފުލާ ނަމަ އޭގެ ކުރިން ކުރާ ދަތުރުގެ އަގުގެ ދެގުނަ ކަމުގައިވާ މިނިޓަކަށް އަށް ރުފިޔާ ވެހިކަލަށް ދައްކަން ޖެހެއެވެ. ރޭގަނޑު 11:00 ގެ ކުރިން ދަތުރުކުރާނަމަ ދައްކަންޖެހެނީ މިނެޓަކަށް ހަތަރު ރުފިޔާ އެވެ.

މިގޮތުން ލޮރީއެއްގެ މުދާ އެރުވުމާއި ހުސްކުރުމަށް އެވްރެޖްކޮށް ތިން ގަޑިއިރަށް ވުރެ ގިނަ އިރު ނަގަ އެވެ. މިނެޓެއްގެ އަގަށް ބަލާނަމަ ރޭގަނޑު 11:00 ގެ ފަހުން މުދާ ހިފައިގެން ލޮރީގައި ކުރާ ކޮންމެ ދަތުރަކަށް 1600 ރުފިޔާ އެ ލޮރީއަކަށް ދައްކަންޖެހެ އެވެ. މުދާ އުފުލުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލާއެކު، ފިހާރަތުގައި ދަންވަރު ޝިފްޓަށް ވެސް މުވައްޒަފުން މަސައްކަތްކުރަން ވަނީ ޖެހިފަ އެވެ. މިހާލަތުގައި މުވައްޒަފުން ގިނަކުރަން ޖެހުމާއި، ކުރަންޖެހޭ ހަރަދު ވެސް އެތައް ގިނައެއް އިތުރުވެގެން ދެ އެވެ. ބިދޭސީން ގެނައުމަށް އިތުރު ކޯޓާއެވެ. އިތުރު ގަޑީގެ ފައިސާއެވެ. ކަރަންޓާއި ފެނާއި އެހެން ހަރަދެވެ. ދަންވަރު މަސައްކަތްކުރުވަން ޖެހުމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން ވެސް ދަށްވެ، އެހެން މައްސަލަތައް ވެސް ކުރިމަތިވާ ކަމެކެވެ. ދިރިއުޅުމުގެ އާދަ އެކޮޅުކޮޅުން ޖަހާލާފައި އޮތުމުންނެވެ.

މިގޮތަށް ވެސް މުދާ ނެރުމަށް ވިޔަފާރިވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. މިވަރުން ވެސް އެމްޕީއެލްގެ ވެރީންނަށް ނުވަތަ އެކޮނަމިކް މިނިސްޓްރީގެ ބޭފުޅުންނަށް ހިތްހަމަ ޖެހޭ ވަރެއް ނުވާ ކަހަލަ އެވެ. އެމްޕީއެލް އިން ވިޔަފާރިވެރިންނަށް ދުއްތުރާ ކުރުމުގައި ފަހަތަށް ޖެހުމެއް ނެތެވެ. އޮތީ ކުރިއަށް ދިޔުމެވެ. މިގޮތުން ކޮންޓެއިނަރު ނެރުމަށް "މައި ބަނދަރު" ކިޔާ ޕްރޮގްރާމެއް މެދުވެރިކޮށް ނޯޓުކުރުމަށް ފުރުސަތު ހުޅުވައިލަނީ ޢާއްމުކޮށް ދުވާލު 10:00 ގައެވެ.

މިކަން ވެސް ވެފައި އޮންނަނީ އުނދަގޫ ކަމަކަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފުރުސަތު ބަންދުވެ އެވެ. ފުރުސަތު ނު ލިބޭ މީހަކަށް ނުވަތަ ބަޔަކަށް ލިބުނީ އެވެ. ނުލިބޭ ބަޔަކަށް ނުލިބެއެވެ. ބައެއް ފަހަރު މި ޕްރޮގްރާމް ނުވަތަ ސޮފްޓުވެއާ މަސައްކަތް ކުރުން ހުއްޓެއެވެ. ފެއިލްވެއެވެ. މިހެން ދިމާވުމުން އެއްކަލަ ވިޔާފާރި ވެރިޔާއަށް އިތުރު ޕްރެޝަރ ކުރިމަތި ވީއެވެ. މުދާލުގެ ޖޫރިމަނާ ދައްކަންޖެހޭ ހާލަތަށް ދާންޖެހެ އެވެ. ބައެއް ފަހަރު ދައްކަންޖެހެ އެވެ.

ވަރަށް ދަތި ހާލުން ބައެއް ފަހަރު ކޮންޓެއިނަރެއް ހުސްކުރަން ނޯޓްކުރެވިދާނެ އެވެ. ހިތްހަމަ ޖެހުމާއެކު މަޖޫރީންނާާއި ލިޔުންތައް ޙަވާލުކުރެއެވެ. ކޮންޓޭނަރ އެއް ނޯޓުކުރެވުނުކަމުގެ ހިތްހަމަ ޖެހުން ލިބިފައި ވަނިކޮށް އެމްޕީއެލް ސަރަޙައްދުގައި މުދާ ނެރުމަށް ޙަވާލުކުރި ގުރޫޕުގެ މީހަކު ގުޅައިފާނެއެވެ. އަދި ބުނާނެއެވެ. "ވެރިޔާ އެ ކޮންޓެއިނަރު ނުފެނިގެންނޭ މިއުޅެނީ، ނުވަތަ އަދިވެސް އެމްޕީއެލް އިން ތިރިކޮށް ނުދެޔޭ އަދި ނެރެވޭ ގޮތް ނުވެއޭ."

ހާސްކަން ބޮޑުވީއެވެ. ތިމާ އަމިއްލައަށް ހޭލާހުރުމުގެ އިތުރުން މުވައްޒަފުން ވެސް ހޭލާ ތިބެން ޖެހެނީ ކިހައިރަކު ކަމެއް ނޭނގޭނެއެވެ. ފަހަރުގައި މުދާ ނެރެވިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ދަންވަރު ދެގަޑިބައި ނުވަތަ ތިނެއް، ހަތަރެއް ޖަހާއިރު ގުޅުމުން ގުރޫޕުގެ މީހާ ބުނާނީ އަދިވެސް ނުފެންނަ ކަމަށް ނުވަތަ ތިރިކޮށް ނުދޭ ކަމަށެވެ.

ވިޔާފަރިވެރިޔާގެ ސިކުނޑި އާއި، ރުޅިގަނޑު ފަޅައިގެން ދާވަރުވެ އެވެ. ކޮންޓެއިނަރު "ގެއްލެން ވެސް ގެއްލެ" އެވެ. މިފަދަ ތަޖުރިބާ އެތައް ވިޔަފާރިވެރިންނެއް ވަނީ ކުރަންޖެހިފަ އެވެ. މި ހާލަތުގައި ވެސް އެމްޕީއެލްގެ އެއްވެސް ޒިންމާއެއް ފުރިހަމައަށް އަދާނުކޮށް ހުރިހާ ގެއްލުމެއް ލިބެނީ ވިޔަފާރިވެރިޔާ އަށެވެ. މުދާ ނުނެރެވި ޖޫރިމަނާ ވެސް ދައްކަންޖެހެ އެވެ. މިގޮތަށް ހިދުމަތް ލަސްވެގެން ދިއުމުން، ދެން އޮންނަނީ އަވަސް ހިދުމަތެވެ. އެވެސް އިތުރު ފައިސާއެވެ. އަވަސް ހިދުމަތަށް 1060 ރުފިޔާ ދައްކަންޖެހެ އެވެ.

މިގޮތަށް މިކުރާ ޖެއްސުމުގެ ގެއްލުން މުޅި ގައުމަށް ލިބެ އެވެ. މުދަލުގެ އަގުބޮޑުވެ، ރައްޔިތުންގެ ޖީބަށް ބާރުބޮޑުވެ އެވެ. އެމްޕީއެލްގެ ހިދުމަތްތައް ރަނގަޅު ނިޒާމެއްގެ ދަށުން ކުރިއަށް ގެންދަން އެބަޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ޗައިނާގެ \"ފަށުވި މަގު\" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު