Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަޓާ އެވޯޑް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017 | ހޮނިހިރު 03:47

މިއީ އީކުއޭޓާގައި މިފަދަ ހަލްފާއެއް ބާއްވާ ފުރަތަމަ ފަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 އޮކްޓޯބަރު 2017 | ހޮނިހިރު 03:47
ހައިރައިޒުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ހައިރައިޒުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ އެންމެ ދެކުނުގެ އެއް އަތޮޅު ކަމަށްވާ އައްޑޫ ސިޓީއަކީ ތަރައްޤީވެ ކުރި އަރައިގެންދާނެ އަތޮޅެކެވެ.

ޒަމާނުއްސުރެ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއަރޕޯޓުގެ ގޮތުގައި ގަމުގެ ވައިގެ ބަނދަރު ހިމެނިފައި ވެއެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ހެދި އެ ވައިގެ ބަނދަރު ތަރައްޤީ ކުރަންވާ ވަރަށް ވަނީ ނުކުރެވިފައެވެ.

އެތައް ފަހަރެއްގެ މަތިން ބައިނަލްއަޤްވާމީ ފްލައިޓް ޖެއްސޭނެ އިންތިމާޒް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންގޮސް 2017 ވަނަ އަހަރުގެ މެދެއްހާ ތަނުގައި ސްރީލަކަން އެއަލައިނުން ވަނީ ގަމާއި ސްރީލަންކާއާ ދެމެދު ފްލައިޓްތައް ބާއްވަން ފަށާފައެވެ.

މިކަމުގެ ސަބަބުން ދެކުނުގެ ފަތުރުވެރިކަމަށް ރަނގަޅު އަސަރުތަކެއް އަންނަނީ ފޯރަމުންނެވެ. އެހެން ނަމަވެސް އައްޑޫގެ ގިނަ ބައެއްގެ ޝަކުވާއަކަށް ވަނީ އެކަށީގެންވާ ވަރަށް އެސަރަހައްދުގައި ޓުއަރިޒަމް ފުޅާވެގެން ނުދިޔުމެވެ. އެތައް ފަހަރަކު ހަންކެޑަ ސަރަހައްދުގައި ޓުއަރިޒަމް ތަރައްޤީ ކުރުމަށް މަސައްކަތް ފެށި ނަމަވެސް އެމަޝްރޫއު ކުރިއަށް ނުގޮސް ވަނީ މަޑު ޖެހިފައެވެ. އަދި ކެނަރީފް އާއި އީކުއޭޓަރ ވިލެޖުގެ އިތުރުން ޝަންގްރިލާއަކީ ފަތުރުވެރިކަން ދެކުނުގައި އެންމެ ކުރީ ސަފުގައި ހިދުމަތް ދެމުން އަންނަ ތަންތަނެވެ.

ކޮންމެއަކަސް މިމަހު ބާއްވަން ތައްޔާރުވަމުންދާ ބައިނަލްއަޤްވާމީ އެވޯޑެއް ކަމަށްވާ ސައުތު އޭޝިއަން ޓެރެވެލް އެވޯޑް (ސަޓާ)އަކީ އައްޑޫ ސިޓީއަށް އެތައް ގޮތަކުން ފާއިދާކުރާނެ އެވޯޑެކެވެ. މިއީ ދެކުނުގައި މިފަދަ އެވޯޑެއް ބާއްވާ ފުރަތަމަ ފަހަރެވެ. މިކަމަށް އައްޑޫ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މިމަހުގެ 26 އިން ފެށިގެން 29 ވަނަ ދުވަހާއި ހަމައަށް މި އެވޯޑް ހަފްލާއާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތައް ވަނީ ރާވާފައެވެ. އަދި އައްޑޫ ސިޓީ ސާފުކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން 27 ވަނަ ދުވަހު ހަވީރު އައްޑޫގެ މަސައްކަތްތެރިންގެ ހުނަރު ދައްކާލުމަށް ހަމަޖެހިފައެވެ.

މިހަފްލާގައި ބައިވެރިވުމަށް ރާއްޖޭން ބޭރުން 200 އަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް ހައިރައިޒްއިން ބުނެފައިވާއިރު އެވޯޑަށް އައްޑު އަށް 300 އަށް ވުރެ ގިނަ މީހުން ދާނެއެވެ. ދެކުނު އޭޝިޔާގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ އެވޯޑު މި އަހަރު އޮތީ، އައްޑޫ، އީކުއޭޓާ ވެލިޖުގައި މިމަހުގެ 26 - 28 ވަނަ ދުވަހު އެވެ.

އެވޯޑު ބާއްވާ، އީކުއޭޓާ ވިލެޖުގައި މިފަދަ ހަފްލާއެއް ފުރަތަމަ ފަހަރެއް ބާއްވާއިރު އެވޯޑަށް އަންނަ މީހުންނަށް މަރުހަބާ ކިޔަން އެ ހޮޓާ ތައްޔާރުވަމުންނެވެ. މީހުން ތިބުމާއި ކޭޓަރިންގެ ހިދުމަތް ބަލަހައްޓާނީ އީކުއޭޓަރ ވިލެޖުން ކަމަށްވާއިރު މިއީ އެތަނަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ ސަޓާ އެވޯޑަށް 450 އަށްވުރެ ގިނަ ފަރާތްތުން ނޮމިނޭޓް ވެފައި ވެއެވެ. މި އެވޯޑު ފުރަތަމަ ބާއްވާފައި ވަނީ ސްރީލަންކާގައެވެ.

ހައިރައިޒްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިހަފްލާ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންނާއި ސިފައިން، ހައުސިން މިނިސްޓްރީ، ފެނަކަ، ސިޓީ ކައުންސިލް އަދި އެމްޕީއެލް އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭފުޅުންނާ މިހާރު ވަނީ ބައްދަލުކޮށް ކަމާ ބެހޭ މަޝްވަރާތައް ކޮށްފައެވެ.

މިއިވެންޓު ބޭއްވުމަށް ފަހު އީކުއޭޓާ ވިލެޖަކީ މިފަދަ އިވެންޓު ބޭއްވުމަށް ނަމޫނާ ތަނެއް ކަމުގައި ދައްކައި ދިނުމަކީ އަމާޒެއް ކަމަށް ހައިރައިޒުން ބުނެފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އީކުއޭޓާ ވިލެޖުގައި މިފަދަ ބޮޑު ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި އެވޯޑްގެ އިވެލުއުޝޭންތައް ރާއްޖެ އާއި ކޮލަމްބޯ އަދި ދެކުނު އިންޑިއާގެ އިވެލުއޭޝަން ވަނީ ބާއްވާފައެވެ. މިފަހަރު މި އިވެންޓް އައްޑޫ ސިޓީގައި ބޭއްވުމަކީ ރާއްޖޭގެ ދެކުނު ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 މާރިޗު 2018

އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

05 މާރިޗު 2018
އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް
11 ޖެނުއަރީ 2018

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް
11 ޖެނުއަރީ 2018

ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް

11 ޖެނުއަރީ 2018
ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް
25 ޑިސެމްބަރު 2017

ޒީ ސިނެ އެވޯޑްސް: ގިނަ އެވޯޑްތަކެއް ލިބުނީ ޓޮއިލެޓް އޭކް ޕްރޭމް ކަތާއަށް

25 ޑިސެމްބަރު 2017
ޒީ ސިނެ އެވޯޑްސް: ގިނަ އެވޯޑްތަކެއް ލިބުނީ ޓޮއިލެޓް އޭކް ޕްރޭމް ކަތާއަށް
05 ޑިސެމްބަރު 2017

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟
18 އޮކްޓޯބަރު 2017

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟
05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް