Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގައުމުތަކުގެ އަސްކަރީ ބަޖެޓް

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

އަސްކަރިއްޔާއަށް 2015 ވަނަ އަހަރު ދުނިޔެއިން ހޭދަކޮށްފައިވަނީ 1676 ބިލިއަން އެމެރިކާ ޑޮލަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 މާރިޗު 2017 | ބުދަ 13:25
އަސްކަރިއްޔާއަށް 2015 ވަނަ އަހަރު ދުނިޔެއިން ހޭދަކޮށްފައިވަނީ 1676 ބިލިއަން އެމެރިކާ ޑޮލަރު

އަސްކަރިއްޔާއަށް 2015 ވަނަ އަހަރު ދުނިޔެއިން ހޭދަކޮށްފައިވަނީ 1676 ބިލިއަން އެމެރިކާ ޑޮލަރު

ދުނިޔޭގެ ގައުމުތަކުގެ އަސްކަރިއްޔާއަށް ކުރާ ޚަރަދު ތައުލީމަށް ނުވަތަ އެނޫން ވެސް އުފެއްދުންތެރި ކަމަކަށް ކުރެވޭ ނަމަ އިސާހިތަކު ފަގީރުކަން ނައްތާލެވޭނެ ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. އޭގެ ސަބަބަކީ އެ ކަންކަމަށް ކުރެވޭ ޚަރަދާ އަޅާ ބަލާއިރު ގައުމުތަކުގެ އަސްކަރިއްޔާގެ ބަޖެޓް ބޮޑުވުމެވެ. ވަކިން ޚާއްސަކޮށް ތަނަވަސް ގައުމުތަކާއި ބޮޑެތި ބާރުތަކުގެ ދިފާއީ ބަޖެޓަކީ ސިއްސައިގެންދާވަރުގެ ބޮޑެތި ބަޖެޓްތަކެވެ.

އެންމެ ބަޖެޓް ބޮޑީ ކޮން ގައުމުތަކެއްގައި

ދިފާއީ ވުޒާރާގެ ބަޖެޓް އެންމެ ބޮޑު ގައުމަކަށް އަބަދުވެސް ފާހަގަވަމުން އަންނަނީ ސުޕަރ ޕަވަރ ކަމަށް ބުނެވޭ އެމެރިކާއެވެ. 2015 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު އެގައުމުގެ ދިފާއީ ވުޒާރާގެ ބަޖެޓް ހަސަތޭކަ ބިލިއަން އެމެރިކާ ޑޮލަރާ ގާތްކުރެއެވެ. އެގައުމާ އެންމެ ގާތްކުރާ މިންވަރެއް އޮތް ޗައިނާގެ ދިފާއީ ބަޖެޓް ވެސް އެމެރިކާއަށް ވުރެ ދެ ބައިކުޅަ އެއްބައި ކުޑައެވެ. އެ ގައުމުގެ ދިފާއީ ބަޖެޓް އުޅެނީ 300 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައެވެ. އަސްކަރިއްޔާއަށް އެންމެ ގިނައިން ޚަރަދު ކުރާ ދިހަ ގައުމުގެ ލިސްޓަށް ބަލާއިރު އެމެރިކާ އާއި ޗައިނާ ފިޔަވައި އެއްވެސް ގައުމެއްގެ ބަޖެޓް ސަތޭކަ ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެއް ނުވެއެވެ.

ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކުރާ ގައުމަކަށް އޮތީ ސައުދީ އަރަބިއްޔާއެވެ. ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކާ އަޅާބަލާއިރު ސައުދީ އަރަބިއްޔާއަކީ ހަތިޔާރު މަދު ގައުމެކެވެ. ނަމަވެސް އެގައުމު ދިފާއުކޮށްދިނުމަށް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުންފަދަ ކަންކަމާއެކު އެގައުމުގެ ދިފާއީ ވުޒާރާގެ ބަޖެޓަކީ އަބަދުވެސް ދުނިޔޭގެ ނިސްބަތުން ބޮޑު ބަޖެޓެކެވެ. 2015 ވަނަ އަހަރު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ދިފާއީ ބަޖެޓެއް އޮތް ގައުމަކީ ސައުދީ އަރަބިއްޔާއެވެ.ލިސްޓް ތަރުތީބު ކޮށްލާނަމަ ހަތަރުވަނައަކީ ރަޝިއާއެވެ. އޭގެ ފަހަތުން އިނގިރޭސިވިލާތް، އިންޑިއާ، ފްރާންސް، ޖަޕާން، ޖަރުމަނު އަދި 10 ވަނައިގައި ވަނީ ދެކުނު ކޮރެއާއެވެ.

އަސްކަރިއްޔާއަށް ކުރާ ހޭދަ މައްޗަށް

އަސްކަރިއްޔާއަށް 2015 ވަނަ އަހަރު ދުނިޔެއިން ހޭދަކޮށްފައިވަނީ 1676 ބިލިއަން އެމެރިކާ ޑޮލަރެވެ. 2015 ވަނަ އަހަރުވަނީ އަސްކަރިއްޔާއަށް ކުރި ހޭދަ 1.0 ޕަސެންޓް ބޮޑުވެފައެވެ. މިއީ 2011 ވަނަ އަހަރަށް ފަހު މި އަދަދު މިގޮތަށް ބޮޑުވި ފުރަތަމަ ފަހަރެވެ. އޭޝިއާ އާއި އޯޝޭނިއާ، މެދުތެރޭ އަދި އިރުމަތީ ޔޫރަޕް އަދި ތަފާސް ހިސާބް ލިބެންހުރި މެދުއިރުމަތީގެ ގައުމުތަކުގައި އަސްކަރިއްޔާއަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އަސްކަރިއްޔާއަށް ކުރާ ހޭދަ ދަށްވެފައި ވަނީ އުތުރު އެމެރިކާ އާއި، ހުޅަނގު ޔޫރަޕް، ލެޓިން އެމެރިކާ، ކެރީބިއަން އަދި އެފްރިކާގައެވެ. އެމެރިކާގައި 2011 ވަނަ އަހަރު ތަންފީޒުކުރަން ފެށުނު ބަޖެޓް ކޮންޓްރޯލް ގާނޫނުގެ ދަށުން އަސްކަރިއްޔާގެ ބަޖެޓް ކުޑަކުރުމުން 2.4 ޕަސެންޓް ކުޑަވެ އަސްކަރިއްޔާގެ ބަޖެޓް 596 ބިލިއަން ޑޮލަރަށް ވެއްޓުނެވެ. އޭގެ ފަހުން 2017ވަނަ ރިޕަބްލިކަންގެ ވެރިކަމެއް ފެށި އާ ރައީސް ޑޮނަލްޑް ޓްރަމްގެ ސަރުކާރުން ވަނީ މިހާރުގެ ބަޖެޓަށް 54 ބިލިއަން ޑޮލަރު އިތުރުވާނެކަން ހާމަ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2018

ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟

27 ސެޕްޓެމްބަރު 2018
ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟
23 ޖޫން 2018

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!
11 ޖެނުއަރީ 2018

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް
21 ޑިސެމްބަރު 2017

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!
05 ޑިސެމްބަރު 2017

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟
21 އޮކްޓޯބަރު 2017

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް
22 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު