Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޓެރަރިޒަމް ބިލް ތަސްދީގު ކުރައްވާނެ ދުވަހެއް އަދި ނޭނގޭ: ހޫދު

6 އޮކްޓޯބަރު 2019 | އާދީއްތަ 06:08

ބިލް ފާސް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 އޮކްޓޯބަރު 2019 | އާދީއްތަ 06:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ކަންބޮޑުވުން އިންތިހާއަށް ހުރިކަމަށް ބުނެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާތައް ބާއްވާ، ފާސްކުރި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާނެ ދުވަހެއްގެ މައުލޫމާތު އެނގިނުލައްވާކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ތިން ވަނަ ޖަލްސާގައި އެ ބިލް ފާސް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބިލް ފާސްކުރިތާ ގާތްގަނޑަކަށް ހަ ދުވަސްވެފައިވާއިރު ރައީސް އެ ބިލް ތަސްދީގުކުރައްވާފައެއް ނުވެ އެވެ. ބިލް ތަސްދީޤްކުރައްވަނީ ކޮން ދުވަހަކުތޯ ސުވާލުކުރުމުން ތަރުޖަމާނު ހޫދު ވިދާޅުވީ އެކަހަލަ މައުލޫމާތެއް އެނގި ނުލައްވާކަމަށާއި ބުރާސްފަތި ދުވަހުގެ ކުރިން ޖަވާބެއް ދެއްވާނެ ކަމަށެވެ.

ހަބަރު ޝާއިރުކުރިތާ ކުޑަވަގުތުކޮޅެފަހުން ރާއްޖެ.އެމްވީއަށް ގުޅުއްވައި ހޫދު ވިދާޅުވީ ބިލް މިހާރު ވަނީ ބަންޑާރަ ނައިބްގެ އޮފީހުގައިކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަމާއި އެގޮތުން ޓެރަރިޒަމްގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައީސް ސޯލިހު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ހައްޔަރު ކުރެވޭ މީހާއާއިއެކު އޭނާގެ ގާނޫނީ ވަކީލަކާއެކު ބައްދަލުވުމުގެ ފުރުސަތު ހައްޔަރު ކުރާ މުއްދަތުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެގޮތަށް ވަނީ ބަދަލު ކޮށްފައެވެ. އަދި އެ ފުރުސަތު ހަނިކުރަންޖެހޭނެ ފަދަ ހާލަތެއް އޮތްކަމަށް ފުލުހުންނަށް ފެނިއްޖެނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ހުއްދަ އާއެކު ހަތް ދުވަހުގެ މުއްދަތަށް އިތުރު ކުރެވިދާނެކަމަށް ވަނީ ބަދަލު ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމާއި ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ހާލަތެއް ކުރިމަތިކުރުވުން ވަނީ ހިމަނާފައެވެ. އަދި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެއެވެ.

ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް އޮތީ ލިބިދީފަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން ރާވާ މީހާ ހައްޔަރު ކުރަން ވެސް ބިލްގައިވާ ގޮތުން ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެ އެވެ.

ކޯޓު އަމުރެއް ނެތި ފުލުހުންނަށް ހައްޔަރު ކުރެވޭނެ ހާލަތްތައް ބިލުގައި ހިމަނާފައިވާއިރު ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަ އަދި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާނަމަ، ހައްޔަރު ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް