Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

އެބިލާ ދެކޮޅަށް 16 މެމްބަރަކު ވޯޓު ދެއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2017 | ބުދަ 11:46
ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު

ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު

ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަދަލުކުރުމަށް ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި އެބިލް ފާސްކޮށްފައިވަނީ 46 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލާ ދެކޮޅަށް 16 މެމްބަރަކު ވޯޓް ދެއްވިއެވެ.

Advertisement - newsAdvertisement

އިދިކޮޅު އެމްޑީޕީއާއި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް އެބިލަށް ބަހުސްކުރެއްވި އިރު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެހެންކަމުން އެބިލް ދިރާސާކުރި މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ އެބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ކުރިން ކުށްވެރިންނަށާއި ކިތައްމެ ބޮޑު ކުށެއް ކުރި މީހަކަށް ވެސް އެމީހެއްގެ ހުކުމް ތަންފީޒުކުރާތާ ދެ އަހަރު ފަހުން ކައުންސިލަށް ކުރިމަތި ލެވޭ ގޮތަށް އޮތްއޮތުން ވަނީ ބަދަލު ކޮށްފަ އެވެ.

އެބިލްގައި މިހާރު ވާގޮތުން، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކައުންސިލް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި ކުޑަ ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެސް ކައުންސިލް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

މީގެ އިތުރުން މަސްތުވާތަކެތީ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާ ނަމަ، އެހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ކުރިން އޭނާއަށް ކައުންސިލް އިންތިހާބަށް ކުރިމަތި ނުލެވޭނެ ކަމަށް އެއިސްލާހުގައި ވެއެވެ. އަދި ބޮޑެތި ކުށްތައް ފިޔަވައި، 12 މަސްދުވަހަށް ވުރެ ދިގު ޖިނާއީ ހުކުމެއް ކޮށްފައިވާ މީހެއް ނަމަ އެމީހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ އެހުކުމެއް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުން ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވީ ކޮމެޓީން ގެނެސްފައިވާ ބައެއް އިސްލާހުތައް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް މިބިލް ގާނޫނަކަށް ބަދަލުވުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެސް އެގާނޫނަށް އަމަލު ކުރެވިގެންދާތީ ކަންބޮޑުވާ ކަމަށެވެ. ސަބަބެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވީ އެ ބިލްގެ ސަބަބުން އަނެއްކާ ވެސް ކައުންސިލް އިންތިހާބު ފަސްކޮށްފާނެ ކަމުގެ ބިރު އޮތުން ކަމަށެވެ.

އެބިލަށް އަމަލު ކުރަން ފަށާނީ އެބިލް ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މާނައަކީ މިހާރު ކުރިމަތިވެފައިވާ އިންތިޚާބުގައި ވެސް އެ އުސޫލަށް އަމާލުކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު