Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންެގެ މަޖިލިސް

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

އެބިލްގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެ، ބަހުސް ކުރީ މިއަދު، މިހާރުއެވަނީ ކޮމެޓީއަށް ފޮނުވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2017 | ބުދަ 13:44
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއާއި މަޖލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު --

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއާއި މަޖލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު --

ދިވެހިރާއްޖޭގައި އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ގާނޫނީ އޮނިގަނޑު ގާއިމު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ އެބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައި ވަނީ 69 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.

Advertisement - newsAdvertisement

އެބިލް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމެޓީ އަށެވެ.

ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ހުށަހަޅުއްވާފައިވާ، ތައުލީމުގެ ބިލުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، މަޖިލީހުގައި ވޯޓު ނަގާ އަދި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުން ފާސްވެއްޖެނަމަ އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް ބުދަ ދުވަހުގެ މަޖިލީހުގައި ވަނީ އެޖެންޑާކޮށް އިބްތިދާއީ ބަހުސް ކޮށްފަ އެވެ.

އެބިލްގެ ފުރަމަތަ ކިޔުން އިއްވާފައިވަނީ އަންގާރަ ދުވަހު އެވެ.

ތައުލީމުގެ ބިލްގައިވާ ގޮތުން މިއީ ގާނޫނުއަސާސީއަށާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށާއި، އިގްތިޞާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، އުނގެނުމުގެ ހައްގުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ރާއްޖޭގައި ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށް ބުނެފައި ވެއެވެ.

އުނގެނުމުގެ ހައްގު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ކިޔަވައިދޭ ފަރާތްތަކުގެ ޒިންމާތައް ވެސް އެބިލްގައި ކަނޑައަޅާފައި ވެއެވެ. އަދި މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެވޭނެ ނިޒާމެއް ކަނޑައެޅުން ކަމަށް ވެސް އެބިލްގެ މަގްޞަދުތަކުގެ ތެރޭގައި ވެއެވެ.

މީގެ އިތުރުން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމު ކޮށްދިނުން ހިމެނޭއިރު، އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި، އާއްމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިއްމުކަން އުނގަންނައިދޭ، އެކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމު ކުރުމާއި ގައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމައުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ ގާބިލް ދަރިވަރުން އުފެއްދުމަށް މަގުފަހި ކުރުން ކަމަށްވެސް އެބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ތައުލީމުގެ ބިލްގައި 19 ބާބު ހިމެނޭއިރު، 57 މާއްދާ ވެއެވެ.

އެބިލަށް ބުހުސް ކުރެއްވި އެއްވެސް މެމްބަރަކު ރާއްޖޭގައި ތައުލީމުގެ ގާނޫނެއް އޮތުމަކަށް ދެކޮޅު ހައްދަވާފައެއް ނުވެއެވެ. ނަމަވެސް އެބިލް ފަރުމާކޮށްފައިވާ ގޮތުން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވީ ރާއްޖޭ ތައުލީމުގެ ނިޒާމު ސަރުކާރުގެ މުށުތެރެއަށް ލުމަށް ވުރެ، ޕްރޮފެޝަނަލް ފަރާތްތަކާ އެކު މަޝްވަރާކޮށް ރަނގަޅު ހަރުދަނާ އުސޫލްތަކެއް ކަނޑައެޅުން މުހިއްމު ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ ކަންކަންކުރުމަށް ޕްރޮފެޝަނަލް މިނިވަން މުއައްސަސާއެއް އޮތުމުގެ މުހިއްމުކަން ބޮޑު ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު