Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ޤައުމީ މަޖިލީހުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 13 ފެބުރުއަރީ 2017 | ހޯމަ 03:21
ރާއްޖެޓީވީގެ  ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ނިޔާޒް

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ނިޔާޒް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް، ޕާޓީ ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށާއި، އެ ޕްރައިމަރީގަިއ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ނޯންނާނެ ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އަވަހަށް ޕްރައިމަރީ ބާއްވަންޖެހޭ ސަބަބެއް މިހާރު ނެތް ކަންނޭނގެ. އޭގެ ބަދަލުގައި ޕާޓީގެ ހިންގުން ވަރުގަދަކުރުމަށްޓަކައި، އަދި ސިޔާސީގޮތުން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ކުރުމަށްފަހު، ދެން އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ރިޔާސީ ޕްރައިމަރީ ބޭއްވިގެންދާނީ. އެ ތާރީހު ކަނޑައަޅާނީ ޕާޓީގެ ޤައުމީ މަޖިލީހުން. އެކަމަށް ޝައުޤުވެރިވާ (އެމްޑީޕީގެ ރިޔާސީ ޓިކެޓަށް) ހުރިހާ ފަރާތްތަކަށް ވާދަކުރެވޭގޮތަށް ރިޔާސީ ޕްރައިމަރީ ބޭއްވިގެންދާނީ" އަލީ ނިޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީއާ ގުޅޭ ގޮތުން ސަރުކާރުން އެތައް ވާހަކަތަކެއް ދައްކަމުންގެންދިޔަ ކަމަށެވެ. އެމްޑީޕީގެ ތެރޭގައި ބައިބައިވުން ތަކެއް އޮތްކަމަށް ބުނެ، އެ ވާހަކަތައްވެސް ސަރުކާރުން ކޮންޓްރޯލްކުރާ މީޑިއާތަކުން ކެނޑިނޭޅި ގެނެސްދިން ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނަމަވެސް އެ ހުރިހާ ވާހަކަތަކަކީ ދޮގެއްކަން ހާމަވެފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ، ސްރީ ލަންކާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި ކުރިއަށްގެންދިޔަ ބައްދަލުވުންތަކަށްފަހު، އެ މަނިކުފާނު އިންތިހާބުގައި ވާދަކުރައްވާނެކަން ކަށަވަރުވެގެން ހިނގައްޖެ ކަމަށާއި، އެކަމަށް މަގުފަހި ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީސް އިއްތިފާޤްވެފައިވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ކެންޑިޑެސީ އީސީން ޤަބޫލުނުކޮށްފިނަމަ ދެން އެހެން ކެންޑިޑޭޓަކަށް ތާއީދުކުރަން ވަނީ ޤައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައި. ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ދަނީ ރައީސް ނަޝީދު އިންތިހާބުގައި ބައިވެރިކުރެވޭތޯ ދަނީ މަސައްކަތްކުރަމުން. ވަގުތު ޖެހުމުން އެކަން ކުރާނެ ހުރިހާ ފަރާތްތަކުންވެސް. ރައީސް ނަޝީދަކީ މަޤްބޫލު ލީޑަރެއް. ބައިނަލްއަޤްވާމީ މުޖުތައުގައި ރައީސް ނަޝީދު ކަމަކަށް އެދިވަޑައިގެންފިނަމަ އެކަމެއް ހުރިހާ ފަރާތްތަކުންވެސް ކޮށްދޭނެ. އެހެންކަމުން އެމަނިކުފާނުގެ ނަން އޮންނާނެ." ނިޔާޒް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު