Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 59 މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 13:54
ރައްޔިތުންގެ މަޖިލީހުގެ އިދާރާ--

ރައްޔިތުންގެ މަޖިލީހުގެ އިދާރާ--

އަދުލްއިންސާފުގެ ދާއިރާއަށް މުހިއްމު ބިލެއް ކަމަށްވާ ހެއްކާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަހުސް ކުރުމަށް ފަހު އެބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފައި ވަނީ 59 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލަށް ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ފަސް މެމްބަރަކު އިންނެވި އެވެ.

Advertisement - newsAdvertisement

ހެއްކާބެހޭ ބިލަކީ ރާއްޖޭގެ ޝަރުއީ ހުރިހާ ކޯޓުތަކެއްގައި ހިންގާ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އަމަލުކުރެވޭ ހެއްކާ ބެހޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކަށައަޅާފައިވާ ބިލެކެވެ.

މި ބިލަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، އިންސާފުން ޝަރީއަތްކުރެއްވުމުގެ ހައްގު، އެ ހައްގުގެ ގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލް ކަމުގައިވާ އެކީގެ އުސޫލްކަމުގައިވާ އެކީގެ އުސޫލް ތަފްސީލްކޮށް އަދި ސާފުކޮށް ގާނޫނުގައި ބަޔާން ކޮށްދޭ ބިލެކެވެ.

މި ބިލްގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައި ވެއެވެ. އަދި ހެކި ވަޒަން ކުރުމުގައި ކޯޓުން ތަބާވާންޖެހޭ އުސޫލްތައް ބަޔާން ކޮށްފައި ވެސް ވެއެވެ.

މީގެ އިތުރުން، ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކޮށްފައިވާއިރު، ހެކީގެ ގޮތުގައި ހުށަހެޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަން ބަޔާން ކޮށްފައި ވެސް ވެއެވެ.

ޝަރީއަތުގެ މަރުހަލާގެ އިތުރުން ވެސް ކަމެއް ތަހުގީގުކޮށް، ފިޔަވަޅު އެޅުމުގައި، ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގެ ދައުރެއް އޮތް، ކަމާ ގުޅުންހުރި މުއައްސަސާއަކުން ކޮންމެ މައްސަލައެއް ބެލުމުގައި ކަމާ ގުޅުންހުރި ނިސްބަތަކަށް، މި ގާނޫނުގެ އުސޫލްތަކަށް ތަބާވުން ލާޒިމްކޮށް، ހެއްކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ އުސޫލްތައް ހަރުދަނާކޮށް، އެއްގޮތް ކުރުން ކަމަށް ވެސް ހެއްކާބެހޭ މި ބިލްގައި ބުނެފައި ވެއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

އެބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން އެބިލަށް ތާއީދު ކުރެއްވި ނަމަވެސް ބައެއް އިސްލާހުތައް ގެންނަންޖެހޭކަމަށާއި އެބިލް ދިރާސާ ކުރާ ކޮމެޓީ މަރުހަލާގައި އެކަންކަމަށް ރިއާޔަތްކޮށް ރަނގަޅު ބަދަލުތަކެއް ގެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ މި ބިލް މިހާރު އޮތްގޮތަށް ފާސްކޮށްފި ނަމަ ނިކަމެތި ރައްޔިތުންނަށް އިސްސާފު ލިބުމަށް ހުރަސްއެޅި، މީހުން "ފްރޭމް" ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި އަދުލްއިންސާފު ގާއިމު ނުކުރެވިގެން އުޅެނީ ކޮންމެހެން އެކަންކަން ބޭނުންވާ ގާނޫނުތައް ނެތިގެން ނޫން ކަމަށާއި ކޯޓުތަކާއި ފަނޑިޔާރުންގެ އިހުލާސްތެރިކަން ނެތުމުން ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އެބިލަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ހެއްކާބެހޭ ގާނޫނެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު