Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީ

ހެއިޓީ ސެނެޓަރ، މުޒާހަރާއެއްގެ ތެރެއަށް ބަޑިޖެހި މަންޒަރު ނެގި ގޮތުގެ ވާހަކަ ފޮޓޯގްރަފަރަކު ހިއްސާ ކޮށްފި

އޭނާ އެ ފޮޓޯތައް ނަގާފައިވަނީ މުޒާހަރާގެ ބައިވެރިންގެ ފޮޓޯ ނަގަން މަސައްކަތް ކުރުމުގެ ތެރޭގަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 27 ސެޕްޓެމްބަރު 2019 | ހުކުރު 06:16
ހެއިޓީގައި ކުރި މުޒާހަރާގެ ތެރެއަށް ސެނެޓަރ ފެތިޔަރ، ބަޑި ޖަހަނީ

ހެއިޓީގައި ކުރި މުޒާހަރާގެ ތެރެއަށް ސެނެޓަރ ފެތިޔަރ، ބަޑި ޖަހަނީ

ހެއިޓީ ސެނެޓަރ ޖީން-މެރީ ރާފް ފެތިޔަރ، ހެއިޓިއަންގައި ކުރި މުޒާހަރާއެއްގެ ތެރެއަށް ބަޑި ޖެހި މަންޒަރުގެ ފޮޓޯ ނެގި، ރޮއިޓަރސްގެ ފޮޓޯގްރާފަރ އަންދްރޭޒް މާޓިނެޒް ކަސަރެސް، އެ ދުވަހު ފޮޓޯ ނެގި ގޮތުގެ ވާހަކަ ހިއްސާ ކޮށްފިއެވެ.

މާޓިނެޒްއާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން އޭނާ އެ ފޮޓޯތައް ނަގާފައިވަނީ ފެތިޔަރ އޭނާގެ ކާރުން ފޭބި ވަގުތު އެތަނުގައި ހަރަކާތްތެރިވަމުން އައި މުޒާހަރާގެ ބައިވެރިންގެ ފޮޓޯ ނަގަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯތަކުންނާއި މާޓިނެޒްގެ ފޮޓޯތަކުން ދައްކުވައިދޭ ގޮތުގައި ފެތިޔަރ ވަނީ ކާރުން ފޭބި ގޮތަށް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖަހާފައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ހަޅޭކުގެ އަޑު ގަދަވާން ފެށުމުން އޭނާ ވަނީ ބިންމައްޗަށް ބަޑީގެ އަމާޒު ބަދަލު ކޮށްލާފައެވެ.

މާޓިނެޒް ބުނެފައިވަނީ ފޮޓޯތައް ނެގީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން އެ ފޮޓޯތައް ނަގަން ނެގީ ދެތިން ސިކުންތު ކަމަށާއި ފެތިޔަރގެ ކާރުގެ އެއްފަރާތުން އަނެއް ފަރާތަށް ދިޔަ ވަގުތު އެ ފޮޓޯތައް ނަގަން ވަގުތު ލިބުން ކަމަށެވެ.

މާޓިނެޒް ބުނިގޮތުން އޭނާ އެވަގުތު އޭނާގެ ފުރާނައަށް ވެދާނެ ގެއްލުމަކަށް ނުބަލައެވެ. ނަމަވެސް ފޮޓޯ ނެގުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސް ވެދާނެތީ ހާސްވި ކަމަށް އޭނާ ބުންޏެވެ.

އެ ވަގުތު އެތަނުގައި ހުރި އެހެން ފޮޓޯގްރަފަރެއް ކަމަށްވާ ޗެރީ ޑިއު-ނާލިއޯ ގެ މޫނަށް ވަޒަނެއް އެރި ކަމަށްވެއެވެ. މާޓިނެޒް ބުނި ޗެރީއަކީ ވަރަށް ކުރީއްސުރެން އޭނާ ދަންނަ ފަރާތެއް ކަމަށެވެ. ޗެރީގެ މޫނަށް އެރި ވަޒަނުގެ ސަބަބުން ޒަހަމްވި ތަނުގައި ބެންޑޭޖެއް އަޅާދިނީވެސް މާޓިނެޒްއެވެ.

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

ނިއު ޔޯކް މެރަތަން ކާމިޔާބުކޮށް ފްލަނަގަން ތާރީހުގެ ތެރެއަށް

06 ނޮވެމްބަރު 2017
ނިއު ޔޯކް މެރަތަން ކާމިޔާބުކޮށް ފްލަނަގަން ތާރީހުގެ ތެރެއަށް
29 އޮކްޓޯބަރު 2017

ކުރުދިސްތާންގެ ޕާލަމެންޓް ތެރެއަށް ބަޔަކު ވަދެގެންފި

29 އޮކްޓޯބަރު 2017
ކުރުދިސްތާންގެ ޕާލަމެންޓް ތެރެއަށް ބަޔަކު ވަދެގެންފި
02 އޮކްޓޯބަރު 2017

ލަސްވޭގަސްގެ މިއުޒިކް ފެސްޓިވަލެއްގެ ތެރެއަށް ބަޑި ޖަހާ އެތައް ބަޔަކު މަރާލައިފި

02 އޮކްޓޯބަރު 2017
ލަސްވޭގަސްގެ މިއުޒިކް ފެސްޓިވަލެއްގެ ތެރެއަށް ބަޑި ޖަހާ އެތައް ބަޔަކު މަރާލައިފި
04 ޖުލައި 2017

ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ

04 ޖުލައި 2017
ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު