Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުރުދިސްތާން

ކުރުދިސްތާންގެ ޕާލަމެންޓް ތެރެއަށް ބަޔަކު ވަދެގެންފި

ބައެއް މީހުން ވަނީ ގޮލްފް ދަނޑިއާއެކު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 އޮކްޓޯބަރު 2017 | އާދީއްތަ 21:07
ކުރުދިސްތާން ޕާލަމެންޓް

ކުރުދިސްތާން ޕާލަމެންޓް

އިރާގުގެ ކުރުދިސްތާނުގެ ޕާލަމެންޓް އިމާރާތަށް ބަޔަކު ވަދެގެންފިއެވެ. ވެރިރަށް އަރްބީލްގައި ހުންނަ ކުރުދިސްތާނު ސަރަހައްދީ ޕާލަމެންޓް އިމާރާތަށް ބަޔަކު މި ވަދެގަތީ، ކުރުދިސްތާނުގެ ރައީސްކަމުގައި މިހާރު ހުންނެވި މަސްއޫދު ބަރްޒާނީ ވެރިކަމުގައި ހުންނަވަން ދެން ބޭނުންފުޅު ނުވާކަމަށް އިޢުލާން ކުރެއްވުމާ ގުޅިގެން އެކަމުގެ ރުޅީގައި ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ. ވަދެ ގަތް ބައެއް މީހުން ވަނީ ގޮލްފްކުޅެން ބޭނުންކުރާ ދަނޑިއާވެސް އެކުގައެވެ. އޭގެ ފަހުން އެހިސާބުން ބަޑީގެ އަޑުފަށްގަނޑުވެސް އިވުނު ކަމަށް ޚަބަރުތައް ބުނެއެވެ. ޕާލަމެންޓަށް ވަދެގަތް މީހުންނަކީ ޕެޝްމާގާ ހަނގުރާމަވެރިން ކަމަށް އެމީހުން އަމިއްލައަށް ވަނީ ބުނެފައެވެ. ކުރުދިސްތާނު ޕާލަމެންޓް އިމާރާތަށް ބަޔަކު ވަދެގަތުމާއި ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ނުވަތަ ކުރިމަތިލުމެއް ހިނގިކަމެއް މިހާތަނަކަށް ސާފެއް ނުވެއެވެ. ކުރުދިސްތާނުގެ ރައީސް މަސްއޫދު ބަރްޒާނީ، ސަރަހައްދީ ޕާލަމެންޓަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މިފެށޭ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރައީސްކަމުގެ ޒިންމާ އޭނާ ދޫކޮށްލައްވާނޭ ކަމަށެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި

22 މާރިޗު 2017
އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު