Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީގެ ރިޔާސީ އިންތިޚާބު

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

މޮއިސްގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 26 ޖެނުއަރީ 2017 | ބުރާސްފަތި 09:32
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެެނެލް މޮއިސް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެެނެލް މޮއިސް

ހެއިޓީގެ ރައީސްކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންތިޚާބު ވެވަޑައިގެންނެވި ޖޮވެނެލް މޮއިސްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެޤައުމުގެ ތަޙުޤީޤީ ޤާޒީއަކު މޮއިސްއާ ސުވާލުކޮށްފި އެވެ.

އަންނަ ފެބްރުއަރީ މަހު ހުވާކުރެއްވުމަށް ފަހު ރަސްމީކޮށް ވެރިކަމާ ޙަވާލުވެވަޑައިގަންނަވަން ހަމަޖެހިފައިވާ މޮއިސްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ޤާޒީ ހަތަރު ގަޑިއިރު ހޭދަކުރެއްވިއިރު، މޮއިސް ކޯޓަށް ވަޑައިގެންފައި ވަނީ ވަކީލެއް ނެތި ގިނިކަންޏާއެވެ.

ކުރިން ދޮންކެޔޮ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރެއްވި މޮއިސް ވަނީ އޭނާގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގެ އިތުރުން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުމުގެ ކުރިން ލޯނުތަކެއް ނަންގަވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. މޮއިސް ވިދާޅުވީ އެ ތުހުމަތުތަކަކީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން "ވިއްދާލުމަށް" ކުރާ ދޮގު ތުހުމަތުތަކެއް ކަމަށެވެ. މޮއިސް އިތުރަށް ވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވުމަށް ބޭނުންކުރާ ހަމައެކަނި ހަތިޔާރެއްގެ ގޮތުގައި އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުންދާ ފަރާތްތަކަށް އެފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މޮއިސް ހުވާކުރެއްވުމުގެ ކުރިން، އޭނާއާ ދެކޮޅަށް އެއްވެސް ދަޢުވާއެއް އުފުލާކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިންތިޚާބު ބާއްވާފައިވަނީ، އޭގެ ކުރީގެ އިންތިޚާބުގައި ވައްކަމާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެ އިންތިޚާބު ބާޠިލް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. 2015 ވަނަ އަހަރު އޮކްޓޯބަރު މަހު ބޭއްވި އެ އިންތިޚާބު ވެސް ކާމިޔާބު ކުރެއްވީ މޮއިސްއެވެ.

ހެއިޓީގައި ސިޔާސީ މަސްރަޙު ހަލަބޮލިވެ، ފަޤީރުކަމުގައި އެޤައުމުގެ ރައްޔިތުން ދިރިއުޅެމުންދާތާ އެތަކެއް އަހަރުތަކެއް ވަނީ ވެފައެވެ. އަދި 2010 ވަނަ އަހަރު ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމަށްފަހު އެޤައުމު އާރާސްތުކުރުމަށް އަދިވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު