Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއު ޔޯކް މެރަތަން

ނިއު ޔޯކް މެރަތަން ކާމިޔާބުކޮށް ފްލަނަގަން ތާރީހުގެ ތެރެއަށް

6 ނޮވެމްބަރު 2017 | ހޯމަ 15:08

ފްލަނަގަން މި މެރަތަން ނިންމާފައި ވަނީ ދެ ގަޑިއިރާ 26 މިނެޓުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ނޮވެމްބަރު 2017 | ހޯމަ 15:08
ޝެލާން ފްލަނަގަން: ވޭތުވެދިޔަ 40 އަހަރު ތެރޭ ނިއު ޔޯކް މެރަތަން ކާމިޔާބުކުރި އެމެރިކާގެ ފުރަތަމަ އެތުލީޓް

ޝެލާން ފްލަނަގަން: ވޭތުވެދިޔަ 40 އަހަރު ތެރޭ ނިއު ޔޯކް މެރަތަން ކާމިޔާބުކުރި އެމެރިކާގެ ފުރަތަމަ އެތުލީޓް

އެމެރިކާގެ ނިއު ޔޯކް ސިޓީ މެރަތަން ކާމިޔާބުކޮށް ޝެލާން ފްލަނަގަން ތާރީހުން ޖާގަ ހޯދައިފިއެވެ.

މި މެރަތަން ކާމިޔާބުކުރުމާ އެކު ފްލަނަގަން ވެގެންގޮސްފައި ވަނީ ވޭތުވެދިޔަ 40 އަހަރު ތެރޭ މި މެރަތަން ކާމިޔާބުކުރި އެމެރިކާގެ ފުރަތަމަ އަންހެން ދުވުންތެރިޔާއަށެވެ. އުމުރުން 36 އަހަރުގެ ފްލަނަގަން މި މެރަތަން ނިންމާފައި ވަނީ ދެ ގަޑިއިރާ 26 މިނެޓުންނެވެ. މިދިޔަ ތިން އަހަރު މި މެރަތަން ކާމިޔާބުކުރި ކެންޔާގެ މެރީ ކެއިޓަނީ ދެވަނައިގައި އޮވެގެން މެރަތަން ނިންމާފައި ވަނީ ފްލަނަގަންއަށް ވުރެ އެއް މިނެޓު ލަހުންނެވެ. ފްލަނަގަން ވަނީ 2010 ވަނަ އަހަރުގެ މެރަތަންއިން ދެވަނަ ހޯދިފަހުން އަނިޔާގެ ސަބަބުން އޭނާ އޭގެ ފަހުން މި މެރަތަންގައި ބައިވެރި ވެފައެއް ނުވެއެވެ. މިއީ ފްލަނަގަންގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި އެންމެ ބޮޑު މެރަތަންއެވެ.

މި މަހުގެ ފުރަތަމަ ދުވަހު ނިއު ޔޯކުގައި ޓްރަކެއް ބޭނުންކޮށްގެން ދިން ޓެރަރިސްޓް ހަމަލާޔާ ގުޅިގެން ވަރަށް ބޮޑަށް ސަލާމަތީ ކަންކަން ވަރުގަދަކޮށްގެން ކުރިޔަށް ގެންދިޔަ މި މެރަތަންގައި 125 ގައުމަކުން 50,000 ދުވުންތެރިން ބައިވެރިވެފައި ވެއެވެ. މީގެ ކުރިން އެމެރިކާގެ ދުވުންތެރިޔަކު މި މެރަތަން ކާމިޔާބު ކޮށްފައި ވަނީ 1977 ވަނަ އަހަރުއެވެ. އެފަހަރު މި މެރަތަން ކާމިޔާބުކުރީ މިކީ ގޯމަންއެވެ.

މި މެރަތަންގެ ފިރިހެން އިވެންޓުގައި ކެންޔާގެ ޖޮފްރީ ކަމްވޯރޯ ވަނީ އޭނާގެ އަމިއްލަ ގައުމުގެ ވިލްސަން ކިޕްސެން ބަލިކުރުމަށް ފަހު ފުރަތަމަ ފަހަރަށް މި މެރަތަންއިން އެއްވަނަ ހޯދާފައެވެ. ޖޮފްރީ މެރަތަން ނިންމާފައިވަނީ ދެ ގަޑިއިރާ 10 މިނެޓުންނެވެ.

ހަމައެހެންމެ ފިރިހެނުންގެ ވީލްޗެއާ އިވެންޓުގައި ސްވިޓްޒަލޭންޑުގެ މާސެލް ހަގް އެއްވަނަ ހޯދިއިރު އަންހެނުންގެ ވީލްޗެއާ އިވެންޓުން އެއްވަނަ ހޯދީ ހަމަ އެ ގައުމުގެ މެނުއޭލާ ޝާރ އެވެ. ހަގް ވަނީ މިއަހަރު ބޭއްވި ބޯސްޓަން މެރަތަންއާ ޗިކާގޯ މެރަތަން ވެސް ކާމިޔާބު ކޮށްފައެވެ. މިއި ނިއު ޔޯކް މެރަތަންގެ ތާރީހުގައި ވެސް އެއް ގައުމަކަށް ނިސްބަތްވާ ދެ އެތުލީޓަކު ވީލް ޗެއާ އިވެންޓްތައް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ނިއު ޔޯކް ރޯޑް ރަނާސްއިން 1970 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މެރަތަންގެ ދިގު މިނަކީ 42 ކިލޯމީޓަރަށް ވާއިރު މި މެރަތަންއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މެރަތަންއެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
02 މެއި 2017

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް