Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

ފްލެޓް ކޮމިޓީއިން މުއިއްޒު ވެސް އިސްތިއުފާ ދެއްވައިފި

17 ސެޕްޓެމްބަރު 2019 | އަންގާރަ 05:12

މުއިއްޒު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފްލެޓް ކޮމިޓީން ވަނީ އިސްތިއުފާ ދެއްވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 ސެޕްޓެމްބަރު 2019 | އަންގާރަ 05:12
ރައީސް އުފެއްދެވި ފްލެޓް މައްސަލަ ބަލާ ކޮމިޓީ.އެ ކޮމިޓީން ތޮލާލް އަދި މުއިއްޒު ވަނީ އިސްތިއުފާ ދެއްވާފައި

ރައީސް އުފެއްދެވި ފްލެޓް މައްސަލަ ބަލާ ކޮމިޓީ.އެ ކޮމިޓީން ތޮލާލް އަދި މުއިއްޒު ވަނީ އިސްތިއުފާ ދެއްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އުފައްދަވާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން މުހައްމަދު މުއިއްޒު އަދުނާނު ވެސް އިސްތިއުފާ ދެއްވައިފިއެވެ.

މުއިއްޒު އޭނާގެ ފޭސްބުކްގައި ހޯމަ ދުވަހު ވިދާޅުވެފައިވަނީ އޭނާ މީގެ ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ބައެއް ނޫސްތަކުގައި ފްލެޓް ކޮމިޓީގައި އޭނާ ހިމެނޭ ކަމަށް ބަޔާން ކުރަމުންދާތީ އޭނާ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އޭނާގެ އިސްތިއުފާ ގަބޫލު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފްލެޓް ކޮމިޓީގެ މެމްބަރު ކަމުން އަޙްމަދު ތޮލާލް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ތޮލާލް ވިދާޅުވީ އޭނާ އެކޮމިޓީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވީ ކޮމެޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ ވަގުތު ދެއްވޭނެ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.

"ހިޔާ" މަޝްރޫ އާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަ ގޮތަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭ ގޮތް ހެދުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ"ގެ ނަމުގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ދީފައިވާކަން ވަނީ ހަމާވެފައެވެ. ފްލެޓްތައް ދިނުމުގައި އިސްކަން ދީފައި ވަނީ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްއަށް ނިސްބަތްވާ މީހުންނަށެވެ.

ތޮލާލް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އެމަގާމަށް މިހާރު ވަނީ ގާނޫނީ ވަކީލް ތޯހާ މުހައްމަދު އައްޔަން ކުރައްވައިފައެވެ.

ރައީސް އުފެއްދެވި ފްލެޓް ބަލާ ކޮމިޓީގައި މިހާރު ތިއްބަވަނީ ތޯހާގެ އިތުރުން ޝީރީން ނާހިދާ ލަތީފު، ފާތިމަތު ރަޝީދާ، އަލީ ޝުހައިލް މުހައްމަދެވެ.

ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސް ކޮމިޓީއެއް އުފައްދާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ފްލެޓް މައްސަލަ ބަލާ ކޮމިޓީން ބަލަން ހަވާލު ކޮށްފައިވަނީ "ގެދޮރުވެރިކުރުވުމުގެ މަޝްރޫއު" ގެ ނަމުގައި ހިންގި މަޝްރޫ އާއި ގުޅިފަޅު މަޝްރޫއު އަދި ހިޔާ މަޝްރޫއެވެ.

އެ ކޮމެޓީއިން އަންނަނީ ހިޔާ މަޝްރޫއަށް ހުށައަޅާފައިވާ 22,000 ފޯމް ދިރާސާ ކުރަމުންނެވެ. އެ ފޯމްތައް ދިރާސާކޮށް ނިންމުމަށް ފަސް މަސްވަރު ނަގާނެ ކަމަށް ފެބްރުއަރީ މަހުގެ ތެރޭގައި އެކޮމިޓީއިން ބުނި ނަމަވެސް އެކަން މިހާތަނަށް ނިންމައި ހާމަ ކޮށްފައެއް ނުވެއެވެ. ކޮމިޓީގެ މަސައްކަތް ލަސްވުމުގެ ސަބަބުން އެކަމުގައި އާންމުންގެ ޝަކުވާ ބޮޑެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް