Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017 | ހުކުރު 03:08

ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 17 ފެބުރުއަރީ 2017 | ހުކުރު 03:08
މާފަންނު ހުނޅަގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހް

މާފަންނު ހުނޅަގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރު ދޫކުރަމުންދާ ފްލެޓްތަކަކީ އެމްޑީޕީ ސަރުކާރުގައި ބިނާކުރަން ފެށި ފްލެޓްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ފަލާހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަން ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"އެމްޑީޕީ ސަރުކާރު ބާޢާވާތަކުން ވައްޓާލިތާއި ފަސް އަހަރު ވީ އިރުވެސް، މިއަދާ ހަމަޔަން ވެސް ދީފައި ހުރީ ފްލެޓް ދޮންބެ ބިންގާ އެޅި ފްލެޓްތަށް" ފަލާހް ވިދާޅުވިއެވެ.

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތަކުގެ އިތުރުން ހުޅުމާލޭއިން މިހާރު ވެސް ދޫކުރަނީ އެމްޑީޕީ ސަރުކާރުގައި ބިންގާ އެޅި ފްލެޓްތައް ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވި ގޮތުގައި މިހާރު ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތަކީ ރާއްޖޭގެ ނިކަމެތި ރައްޔިތުންނަން އޯގާތެރި ހިތަކާއެކު ކަންކަންކޮށް ދިނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމެވެ. ބޭސް ސިޓީ ހިފައިގެން ސަލާންޖެހުން ނިމުމަކަށް ގެނައީ ވެސް އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، ކުރިއަށް އޮތް އިންތިހާބުތަކުގައި ދިވެހި ރައްޔިތުން ވޯޓް ދޭނީ އެމްޑީޕީއަށް ކަމަށް ފަލާހް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ރައްޔިތުންނަށް ފާގަތިކަން ހޯދައިދިން ސަރުކާރެއް، މިސަރުކާރުން ވީ އެއްވެސް ވައުދެއް ފުއްދައިދީފައެއް ނެތް، ކިތަންމެ ވަރަކަށް ބުނި ކަމުގައި ވިޔަސް މިއީ ރައްޔިތުންގެ ތާއީދެއް އޮތް ސަރުކާރެއް ނޫން" މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ތިން އަހަރު ފުރިފައިވާއިރު އެމަނިކުފާން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެލެއްވި ވައުދުތައް ފުއްދިފައި ނުވާކަމަށާއި މަސްވެރިންނަން ދޭން ބުނި 10،000 ރުފިޔާގެ އެލަވެންސާއި ދަނޑުވެރިންނަން ދޭން ބުނި އެލަވެންސް ވެސް ނުލިބޭކަން ފަލާހް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް