Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ސަގާފީ ތަރިކައިގެ ބިލް ފާސްކޮށްފި

28 އޯގަސްޓު 2019 | ބުދަ 08:46

ސަގާފީ ތަރިކައިގެ ހިމެނޭ ބާވަތްތަކުގެ ތަރިކަ ބިލްގައި ވަނީ ހިމަނާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 28 އޯގަސްޓު 2019 | ބުދަ 08:46
ހުކުރު މިސްކިތާއި، އެ މިސްކިތުގެ މުންނާރު - މިހާރު

ހުކުރު މިސްކިތާއި، އެ މިސްކިތުގެ މުންނާރު - މިހާރު

ސަގާފީ ތަރިކައިގެ ބިލް ތަޅުމުން ގެންނެވި އިސްލާހުތަކާއެކު ފާސްކޮށްފިއެވެ.

މި ބިލް ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މި ބިލް ދިރާސާ ކޮށްފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީންނެވެ. ބިލް ދިރާސާ ކުރަމުން ދިޔައިރު، ކަމާއި ގުޅޭ ދާއިރާތަކުގެ ބޭފުުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިވާ ކަމަށް، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން، ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ބިލް ދިރާސާ ކުރަމުން ދިޔައިރު ގެނެވުނު އެންމެ ބޮޑު ބަދަލަކީ މި ބިލްގައި މިނިވަން މުއައްސަސާއެއް ހެދުމަށް އޮތް ބައި އުނިކުރުން ކަމަށް އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަހްމަދު އަބްދުﷲ ވިދާޅުވީ އެބައި އުނިކުރީ ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރުމަށްފަހު، ބަޖެޓަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

"ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ގެ ނަންދެވިފައިވާ ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ސަގާފީ ތަރިކަތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުން ހިމެނެއެވެ. އަދި މި ތަރިކަތަކާއި ބެހޭ ދިރާސާތައް ކުރުމާއި ތަރިކަތައް ބެލެހެއްޓުމާއި ގުޅޭ ހުރިހާ އުސޫލެއް ކަނޑައެޅުން ވެސް މި ބިލުގައި ހިމެނެއެވެ.

ބިލުގައި ސަގާފީ ތަރިކައިގެ ބާވަތްތަކުގެ ތެރޭގައި އުފުލޭ ސަގާފީ ތަރިކަ އާއި ސަގާފީ ސަރަހައްދުތައް އަދި މައުނަވީ ސަގާފީ ތަރިކަ ހިމަނާފައިވެއެވެ. އުފުލޭ ސަގާފީ ތަރިކަތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން ނެގޭ ހުރިހާ އާސާރީ ތަރިކައާއި، ލިޔެކިޔުންތަކާއި، ތަސްވީރުތަކާއި ކުރެހުންތަކުގެ އިތުރުން މާޒީގެ އެކި ދައުރުތަކަށް ނިސްބަތްވާ ތަކެތި ހިމަނާފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ހާދިސާތަކާއި ތާރީހުގައި ނަންލިޔެވިފައިވާ ފަރާތްތަކުން ހިފާ ގެންގުޅުނު ތަކެތި ވެސް ހިމެނެއެވެ. އުފުލޭ ސަގާފީ ތަރިކައިގެ ހުންނަން ޖެހޭ ޝަރުތުތަކަކީ މަދުވެގެން ސަތޭކަ އަހަރުވުން ނުވަތަ ފާހަގަކޮށްލެވޭ ވަރުގެ ސަގާފީ އަގެއް ހުންނަ އެއްޗަކަށް ވުމެވެ.

ސަގާފީ ސަރަހައްދުތަކުގެ ގޮތުގައި ބިލުގައި މާނަކޮށްފައިވަނީ އާސާރީ ބިނާތަކާއި އިމާރާތްތަކާއި އާކިއޮލޮޖިކަލް ސައިޓްތައް ހިމެނެއެވެ. އަދި ހަމަ ގުދުރަތީ އަސަރުގެ ސަބަބުން ފާހަގަކޮށްލެވޭ ސަރަހައްދުތައް ވެސް ބިލުގައި ހިމަނާފައިވަނީ ސަގާފީ ސަރަހައްދުތަކެގެ ގޮތުގައެވެ. ތަރިކައިގެ ގޮތުގައި ބެލޭ އިމާރާތްތައް ވާން ޖެހެނީ 1950 ވަނަ އަހަރުގެ ކުރިން އިމާރާތްކުރެވުނު ސަގާފީ އަގެއް ހުރި އިމާރާތަކަށް ވުން މުހިންމެވެ. ނަމަވެސް އޭގެ ފަހުން އެޅި އިމާރާތެއް ކަމުގައިވީ ނަމަވެސް އެތަނެއްގެ ސަގާފީ އަގަށް ބެލުމަށް ފަހު ސަގާފީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ހިމަނާފައިވެއެވެ.

މައުނަވީ ސަގާފީ ތަރިކައިގެ ތެރޭގައި ހިމަނާފައިވަނީ ތާރީހީ އާދަކާދަތަކާއި އިލްމާއި ހުނަރެވެ. މީގެ ތެރޭގައި ކުޅިވަރާއި ތަމްސީލާއި ނެށުމާއި ފަންނީ މަސައްކަތްތެރިކަމާއި ދީނީ އާދަކާދައާއި ގުޅުން ހުރި ކަންކަން ހިމެނެއެވެ. މައުނަވީ ސަގާފީ ތަރިކަތަކަކީ ކޮބައި ކަން ކަނޑައަޅާނީ ތަރިކަ ރައްކާތެރިކުރުމަށް އުފައްދާ އެޖެންސީންނެވެ.

ބިލުގައި ހިމަނާފައިވާ ކަންކަމާއި ގުޅޭ އުސޫލުތައް ކަނޑައަޅުމުގެ މައްސޫލިއްޔަތު މިނިސްޓްރީ އޮފް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗަރއިން މަތިކޮށްފައިވާ އިރު، އެ މިނިސްޓްރީން ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީގެ ނަމުގައި އިދާރާއެއް ވެސް އުފައްދަން ޖެހެއެވެ. މި އެޖެންސީއަކީ ތަރިކައިގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި، ތަރިކައަކަށް ކަނޑައެޅުމުގެ ޝަރުތު ކަނޑައެޅުމާއި، ތަރިކައަށް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ އިތުރުން ތަރިކަތަކާއި ބެހޭ ދިރާސާ ކުރުމުގެ މައްސޫލިއްޔަތު އުފުލަންޖެހޭ އިދާރާއެވެ.

މި އެޖެންސީގެ ދަށުން ހިންގާ ހެރިޓޭޖް ޓްރަސްޓް ފަންޑަކީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހަރަދުކުރަން ގާއިމްކުރާ ފަންޑެކެވެ. މި ފަންޑަށް އާމްދަނީ ހޯދަން ތާރީހީ ބިނާތަކަން ވަންނަން ނަގާ ފައިސާއާއި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ވަނީ ހިމަނާފައެވެ. ތަރިކަ އެޖެންސީއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުގެ ފައިސާ ވެސް ލިބެނީ މި ފަންޑަށެވެ.

ދިވެހިރާއްޖޭގެ ތާރީހީ ތަރިކަ ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާއިރު، މި ބިލުގެ ސަބަބުން ލިބިދޭ ގާނޫނީ ބާރުވެރިކަމުގެ ދަށުން ތަރިކަ ރައްކާތެރިކުރަން އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެން ދާނެއެވެ. އަދި ހަމައެކަނި ހިފާ ގެންގުޅެވޭ ތަކެއްޗާއި ސަރަހައްދުތަކުގެ އިތުރުން އާދަކާދަތަކާއި ފަންނުވެރި މަސައްކަތްތައް ވެސް ތަރިކައިގެ ގޮތުގައި ބަލައިގަތުމާއި ގުޅިގެން ނެތެމުންދާ ދިވެހިންގެ ބައެއް ހުނަރުތަކާއި ފަންނު އާލާކުރަން ވެސް ލިބޭ ހިތްވަރަކަށް ވެގެން ދާނެއެވެ.

މި ބިލުގެ ތެރެއިން ތަރިކައިގެ ގޮތުގައި ބެލެވޭ ތަކެއްޗާއި ތަންތަނަށް އިހުމާލުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅޭނޭ މަގުފަހި ވެގެން ދިޔުމަކީ ވެސް ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭނެ އަގުހުރި މަސައްކަތެކެވެ. އަދި ރާއްޖޭގެ އެއްވެސް ތަރިކައެއް ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގައި ނުހިމެނޭއިރު، މި ބިލުން ފޯރުކޮށްދޭ ރައްކާތެރިކަމުން އެކަން ކުރަން ވެސް މަގުފަހިވެގެން ދާނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރުތައް ހިމެނޭ ތަންތަނާއި، ތާރީހާއި ގުޅިފައިވާ ތަކެތި ހިމާޔަތްކޮށް، ސަގާފީ ތަރިކައިގެ ލިސްޓެއް އެކުލަވާލުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް