Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ޝަފީގު އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ 49 މެމްބަރުންގެ ވޯޓުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ފެބުރުއަރީ 2017 | ބުދަ 14:01
ސިވިލް ސާރވިސް ކޮމިޝަން--

ސިވިލް ސާރވިސް ކޮމިޝަން--

ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ)ގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް އިބްރާހީމް ޝަފީގް، ސޯސަންގެ، ބ. ގޮއިދޫ، އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ ޖަލްސާގައި ސީއެސްސީގެ މެންބަރު ކަމަށް ޝަފީގު އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް 23 މެންބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ތިން މެންބަރުން ތިއްބެވި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޭބޭފުޅު ވިދާޅުވާ ދައުލަތުގެ އިއްޒަތްތެރިއެއް ކަމަށްވާ އަބްދުﷲ ހަމީދުގެ ދަރިކަލުން ޝަމްއޫން ހަމީދު ވެސް އެމަގާމަށް ކުރިމަތިލައްވާފައި ވެއެވެ.

ސީއެސްސީއަށް މެންބަރަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިންޓަވިއުކޮށް މާކްސް ދީފައިވަނީ އަށް ފަރާތަކަށެވެ. އެ އަށް މީހުންގެ ތެރެއިން 83.6 މާކްސް ލިބިގެން ޝަފީގު އަށް އެ ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައިވާއިރު، އަނެއް ހަތް މީހުންނަށް ލިބިފައިވަނީ 75 މާކުހަށްވުރެ ދަށުންނެވެ. ދެ ވަނަ އަށް އެންމެ ގިނަ މާކްސް ލިބިލައްވާފައި ވަނީ ޝަމްއޫން ހަމީދަށެވެ. އޭނާއަށް 69.6 މާކްސް ލިބިފައި ވެއެވެ.

ކޮމެޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މެންބަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ކޮމެޓީން މަސައްކަތްކޮށްފައިވަނީ އިންސާފުން ނޫން ކަމަށެވެ. އަދި ތައުލީމާއި ތަޖުރިބާގެ ގޮތުން ޝަފީގަށްވުރެ މާ ރަނގަޅު ބޭފުޅުން ކުރިމަތި ލައްވާފައިވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ސިވިލް ސާރވިސް ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު