Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލޯ ޑިބާލާ

ޑިބާލާ ބޭނުންވަނީ ހަފްތާއަކު 350،000 ޕައުންޑު ލިބޭގޮތަށް ޔުނައިޓެޑަށް ބަދަލުވާން

1 އޯގަސްޓު 2019 | ބުރާސްފަތި 11:36

ޑިބާލާ ބޭނުންވަނީ ޔުވެންޓަސް ދޫކޮށްލަން ކަމަށް ރިޕޯޓްތައް ބުނޭ

ލީވާން އަލީ
ލީވާން އަލީ | 1 އޯގަސްޓު 2019 | ބުރާސްފަތި 11:36
ޕައުލޯ ޑިބާލާ

ޕައުލޯ ޑިބާލާ

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ބޭނުންވަނީ ހަފްތާއަކު 350،000 ޕައުންޑު ލިބޭގޮތަށް ޔުނައިޓެޑަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ނޫސްތަކުން ބުނީ، ޑިބާލާ ހޯދުމަށް ޔުނައިޓެޑުން ބޭނުންވާ ކަމަށާއި، އެގޮތުން ހަފްތާއަކު 350،000 ޕައުންޑުގެ މުސާރައެއް ލިބޭގޮތަށް އެ ކްލަބަށް ބަދަލުވާން ޑިބާލާ ހުރީ ތައްޔާރަށް ކަމަށެވެ.

މި މުސާރައަށް ޑިބާލާ ޔުނައިޓެޑަށް ބަދަލުވެއްޖެނަމަ، އޭނާ ވެގެންދާނީ އާސެނަލްގެ މިޑްފިލްޑަރ މެސުތު އޮޒިލްއާއެކު ޕްރިމިއާ ލީގުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ދެވަނަ ކުޅުންތެރިޔާއަށެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު އުމުރުން 25 އަހަރުގެ ޑިބާލާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އާއި އިންޓަ މިލާންވެސް ހިމެނެއެވެ.

ޔުވެންޓަސްއާ އެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާ ހުރީ އެހެން ކްލަބަކަށް ބަދަލުވާން ތައްޔާރަށެވެ.

ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 182 މެޗުގައި 78 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކްލަބާ އެކު ތިން އިޓާލިއަން ލީގު، ތިން ކޮޕާ އިޓަލިއާ އަދި އެއް އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 24 މެޗު ކުޅެފައިވާ ޑިބާލާ ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ކޮޕާ އިޓަލިއާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް