Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރު

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

ލިވަޕޫލްގައި 2022 ވަނަ އަހަރުގެ ނިޔަލަށް ކުޓީނިއޯ މަޑުކުރަންޖެހޭނެ

ލީވާން އަލީ
ލީވާން އަލީ | 4 މެއި 2017 | ބުރާސްފަތި 18:50
ލިވަޕޫލަށް ކުޅެމުން އަންނަ ކުޓީނިއޯ

ލިވަޕޫލަށް ކުޅެމުން އަންނަ ކުޓީނިއޯ

ލިވަޕޫލަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ހޯދުމަށް ބާސެލޯނާއިން 51 މިލިއަން ޕައުންޑުގެ އަގުހުރި ބިޑެއް ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް ޝައުގުވެރިވާ ކުޓީނިއޯ ހޯދުމަށް ބާސާއިން ވަނީ ޖެނުއަރީ ޓްރާންސްފާގައިވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލާއެކު އެއްބަސްވުން ހަދާފައިވާ ކުޓީނިއޯ ދޫކޮށްލަން ލިވަޕޫލުން އެފަހަރު އެއްބަހެއް ނުވިއެވެ.

ކުޓީނިއޯ އަދި ލިވަޕޫލްގެ އިތުރު ކުޅުންތެރިޔަކުވެސް ވިއްކާލަން ބޭނުންނުވާ ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ވަނީ ދާދި ފަހުން ބުނެފައެވެ. އެގޮތުން އޭނާ ބުނީ ލިވަޕޫލްގައި ތިބީ ހުސް މުހިންމު ކުޅުންތެރިން ކަމަށާއި، އެއްވެސް ކުޅުންތެރިޔަކު ވިއްކާލަން ބޭނުންނުވާ ކަމަށެވެ.

ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 24 އަހަރުގެ ކުޓީނިއޯ ވަނީ މި ސީޒަނުގައި އެޓީމަށް ކުޅުނު 32 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަށް ކުޅުނު 177 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު