Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރު

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

މަރްކީނިއޮސް ވަނީ ބްރެޒިލް ގައުމީ ޓީމަށް 17 މެޗު ކުޅެދީފައި

ލީވާން އަލީ
ލީވާން އަލީ | 22 އެޕްރީލު 2017 | ހޮނިހިރު 18:47
ޕީއެސްޖީއަށް ކުޅެމުން އަންނަ މަރްކީނިއޮސް

ޕީއެސްޖީއަށް ކުޅެމުން އަންނަ މަރްކީނިއޮސް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލް ޑިފެންޑަރު މަރްކީނިއޮސް ގެނައުމަށް މެންޗެސްޓާ ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޯލްޑޮޓްކޮމް އިން ބުނީ ޔުނައިޓެޑުން އުމުރުން 22 އަހަރުގެ މާރްކީނިއޮސް ހޯދުމަށް ބިޑެއް ހުށަހަޅާފައި އަދިނުވާ ކަމަށާއި، އެހެންނަމަވެސް އެ ކްލަބުން އޭނާ ހޯދުމަށް ޕީއެސްޖީއާ މަޝްވަރާ ކުރުމަށް މަސައްކަތްކުރަމުންނަ ކަމަށެވެ.

މީގެއިތުރުން ގޯލްޑޮޓްކޮމް އިން ބުނީ އަންނަ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިޔަކު ވިއްކާލަން ޕީއެސްޖީން ވިސްނާފައިނުވާ ކަމަށާއި، އެ ކްލަބުން ޔުނައިޓެޑާ މަޝްވަރާ ކުރަންވެސް އެއްބަސްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ޕީއެސްޖީއާއެކު ކުރިޔަށް އޮތް ދެ އަހަރު އެއްބަސްވުން ހަދާފައިވާ މަރްކީނިއޮސް ހޯދުމަށް މިދިޔަ ޓްރާންސްފާ ބާޒާރުގައިވެސް ޔުނައިޓެޑުން މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނާއިރު، ޕީއެސްޖީން އަންނަނީ މަރްކީނިއޮސް ޔުނައިޓެޑަށް ވިއްކާލަން ދެކޮޅު ހަދަމުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ގޯލްޑޮޓްކޮމް އަށް ދިން އިންޓަވިއުއެއްގައި މަރްކީނިއޮސްގެ ބައްޕަ މާކޮސް ބަރޮސް ބުނީ ޕީއެސްޖީގައި އޭނާގެ ދަރިފުޅު ހުރީ ފައިސާއަށް ނޫން ކަމަށާއި، ޕީއެސްޖީން އޭނާ އަކީ ޓީމަށް މުހިންމު ކުޅުންތެރިޔެއްކަން ދައްކައިދޭންޖެހޭ ކަމަށެވެ.

ބްރެޒިލް ގައުމީ ޓީމަށް 17 މެޗު ކުޅެދީފައިވާ މަރްކީނިއޮސް ވަނީ ޕީއެސްޖީއާ އެކު ތިން ލީގު ތަށި ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު