Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅުމުން އަދީބު ހައްޔަރުކޮށްފި

1 އޯގަސްޓު 2019 | ބުރާސްފަތި 10:02

އެނގިފައިވާ ގޮތުގައި ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 27 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 އޯގަސްޓު 2019 | ބުރާސްފަތި 10:02
ކުރީގެ ނައިބުރައީސް އަހުމަދު އަދީބު

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު, ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އިންޑިއާއިން އަދީބު ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އަދީބު ފުރާވަޑައިގެންނެވި ބޯޓުގެ ފަޅުވެރިއަކު ރާއްޖެއެމްވީއަށް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ބުނީ އަދީބު މިވަގުތު ހުންނެވީ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވާއިރު އިންޑިއާގެ ނޫސްތަކުގައިބުނެފައިވަނީ އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށެވެ. އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަރގޯ-9 ކިޔާ އެ ޓަގުބޯޓުގައި 9 ފަޅުވެރިއަކު ތިއްބެވެ.

އިންޑިއަން އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އަދީބު ހައްޔަރުކުރިކަމުގެ މައުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ޓެމިލް ނާޑޫ ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އަދީބު ހައްޔަރު ކޮށްފައިވާއިރު ފުލުހުން ތަހުގީގު ކުރަމުންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ މައްސަލައިގައި އެ އިދާރާއަށް އޭނާ މީގެ ކުރިން ދިޔައީ އެއްބާރުލުން ދެއްވަމުންނެވެ. އެނގިފައިވާ ގޮތުގައި އަދީބު އެންމެ ފަހުން ފުލުހުންގެ އިދާރާއަށް ތަހުގީގަށް ވަޑައިގެންފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އޭގެ ފަހުން މިހަފްތާގެ ހޯމަ ދުވަހަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި ކަމަށާއި ނަމަވެސް އެދުވަހު ވަޑައިނުގެންނެވުނީ އާއިލާއާއިއެކު ރިސޯޓަކަށް ވަޑައިގެންނެވުމުން ކަމަށް ފުލުހުންގެ އިދާރާއަށް މައުލޫމާތު ދެއްވާފައިވާ ކަމަށާއި ބުދަ ދުވަހު އެއިދާރާއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ބުދަ ދުވަހު އަދީބު ހާޒިރުވާން އެންގުމުން ފުލުހަށް އަދީބު ފިއްލަވަން މަސައްކަތް ކުރެއްވީ ކޮން ސަބަބަކާއި ހެދި ކަމެއް ސާފެއް ނުވެއެވެ.

އަދީބު އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމްތަކުން ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.

ހައިކޯޓުން ބާތިލްކުރި އަދީބުގެ 33 އަހަރުގެ ހުކުމްގެ ތެރެއިން ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށް އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ. އަދި އެމައްސަލައިގައި ޖޫން މަހުގެ 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ދައުލަތުން ވަގުތީ އަމުރަކަށް އެދިފައިވާތީ ގާނޫނީ އުސޫލުތަކާއި މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށް ބުނެފައެވެ.

އަދީބަށް ބޭސްފަރުވާގެ ފުރުސަތު މިސަރުކާރުން ދިން އިރު އަދީބު މިނިވަނެއް ނުވެއެވެ. މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ބޭސްފަރުވާއަށް އިންޑިއާގެ ޕޫނޭއަށް ވަޑައިގެންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުއައްޒަފުންނާއި ފުލުހުން ވަނީ ފޮނުވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުން ޔާމީނާއި ދެކޮޅަށް ހުށައަޅާފައިވާ ހެކިންގެ ތެރޭގައި އަދީބު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
22 މެއި 2017

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި
17 މެއި 2017

ޖަލްސާތައް ނޫބައްވަން އުޅޭ އުޅުމުން ދޭހަވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލެމުންދާކަން: ފަލާހް

17 މެއި 2017
ޖަލްސާތައް ނޫބައްވަން އުޅޭ އުޅުމުން ދޭހަވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލެމުންދާކަން: ފަލާހް
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް