Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

މެންބަރުންނަށް ދޭ އިންޒާރަކުން ފަހަތަކަށް ނުޖެހޭނެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މާރިޗު 2017 | ބުދަ 01:44
ފަލާހު ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ފަލާހު ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރާއްޖޭގެ ބިންތަކާއި ފަޅުތައް ވިއްކުމަށް ފަހު ސަރުކާރު ހިންގަން ތިބި މީހުން ފިލައިގެންދާން ނޭދޭ ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކިތަންމެ މެންބަރުންނެއް އެބަތިއްބެވި ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެސްއީޒެޑްގެ ޤާނޫނާއި ބިން ވިއްކުމުގެ ޤާނޫނުތައްފަދަ ޤާނޫނުތަކާއި ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގައި ކުރެވިގެން ދިޔައިރު ރައްޔިތުންގެ ފިކުރާއއި ރައްޔިތުންގެ ވިންދު ދަނެގެން މަސައްކަތް ކުރަމުންދިޔަ މެންބަރުން ތިއްބެވި ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެފަދަ މެންބަރުންގެ ތެރޭގައި ޕީޕީއެމް މެންބަރުންވެސް އެބަތިއްބެވި ކަމަށާއި އެފަދަ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ބިންވިއްކުމުގެ ބަދަލު ޤާނޫން އަސާސީއަށް ގެނައީ އޮޅުވާލައިގެންކަމަށް ކަމަށް ފަލާހު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ރައްޔިތުންގެ ވިންދެއް ނެތް ރާއްޖޭގެ އަތޮޅެއް ވިއްކާލާކަށް. ސަރުކާރަށް ނިސްބަތްވާ މެންބަރުން އެވިދާޅުވަނީ އެކަން ކުރީ އޮޅުވާލައިގެންނޭ. އެފަދަ ބައިވަރު މެންބަރުން އެބަތިބި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަޅުތަކާއި ހާތަކާއި ގިރިތައް ވިއްކާލައިގެން ވެރިކަން ކުރަން ތިބި ބަޔަކު ފިލަން ނޭދޭ ކިތައްމެ މެންބަރުންނެއް އެބަތިބި،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މެމްބަރުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ކަމަށާއި މެންބަރުން ތިބީ ފިއްތުންތަކާ އެކުކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ގިނަ މެމްބަރުން އެބަތިއްބެވި ކަމަށް ފާހަގަކުރައްވާ ފަލާހް ވިދާޅުވީ އެފަދަ މެންބަރުންނަށް އަބަދުވެސް އިންޒާރު ދެމުންދާ ކަމަށެވެ. ނަމަވެސް އެ މެންބަރުން ތިއްބެވީ އެ އިންޒާރުތަކަށް ބިރުން ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެންބަރުންނަށް ތްރެޓްކޮށްފައި އެބަހުރި. ދަރިފުޅު ސުކޫލަށް ދާނެ ވާހަކަ އާއި ކަންކަން ކޮށްލާނެ ވާހަކަ. މި ވޯޓަށް މަސައްކަތް ކުރަންފެށިފަހުން އެބަހުރި ހަރުގެ ރޯކޮށްލާނެ ވާހަކައާ މެންބަރުންނަށް ގޯނާ ކުރާނެ ވާހަކައާ މިއީ ކެނޑިނޭޅި ލިބެމުންދާ އިންޒާރު. އެކަމަކު އަޅުގަނޑުމެން މިތިބީ ފަހަށް ޖެހޭ ގޮތަކަށް ނޫން. ބިރުދައްކައިގެން ފަހަށް ނުޖެހޭނެކަން މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އެނގިފައި އޮންނާނީ" ފަލާހް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ޕީޕީއެމް ތެރޭގައި ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް ކަމަށާއި އެގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ހުރިހާ މެމްބަރުން ހޯމަ ދުވަހުގެރޭގެ ބައްދަލުވުމަށް ހާޒިރު ނުކުރެވުމަކީ ޕްރެޝަރު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު