Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިއާއަށް ދާ ދިވެހިން

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

އިންޑިއާއަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި ފޯމު ފުރަން ޖެހޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 11:42
"ސީ-ފޯމް" ހުށަހެޅުމުގެ ކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ބައެއް ފަހަރު ތަފާތު މައްސަލަތައް ކުރިމަތިވަމުންދޭ

"ސީ-ފޯމް" ހުށަހެޅުމުގެ ކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ބައެއް ފަހަރު ތަފާތު މައްސަލަތައް ކުރިމަތިވަމުންދޭ

އަވަށްޓެރި އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން މިހާރު ފުރަންޖެހޭ "ސީ ފޯމް" އަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިލްތިމާސެއްގައި ބުނެފައިވަނީ، އިންޑިއާއަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ރައްޔިތުން، އިންޑިއާއަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި، އެފަރާތެއްގެ ނިދުމުގެ ކަންކަން ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓުގައިވާ "ސީ-ފޯމް" ފުރިހަމަކުރުމަކީ އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަނުން ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި ނިދުމުގެ ކަންތައް ހަމަޖައްސާ ތަން ބަދަލުކޮށްފި ނަމަ، އެބަދަލެއްގެ ގެންނަތާ 24 ގަޑިއިރު ތެރޭގައި ވެސް "ސީ-ފޯމް" ފުރިހަމަ ކުރަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން ބުނީ "ސީ-ފޯމް" ހުށަހެޅުމުގެ ކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ބައެއް ފަހަރު ތަފާތު މައްސަލަތައް ކުރިމަތިވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ސީ-ފޯމް" އަކީ އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭ ފޯމެކެވެ. އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓުގައި ވާގޮތުން، ނިދުމުގެ ކަންކަން ހަމަޖައްސާ ތަންތަނުގެ ގޮތުގައި އެ ބިއުރޯއިން ބަލަނީ ހޮޓާ، ގެސްޓްހައުސް، އަމިއްލަ ފަރާތްތަކުގެ ގެ އާއި އެޕާޓްމަންޓް، ޔުނިވަރސިޓީ، އަދި ހޮސްޕިޓަލް ފަދަ ތަންތަނެވެ.

މި ތަންތަނުގެ ތެރެއިން، ހޮޓާ، ގެސްޓްހައުސް، ފަދަ ޢާންމުކޮށް "އެކޮމަޑޭޝަން" ޚިދްމަތްދޭ ތަންތަނުން އެތަނެއްގެ ޚިދްމަތް ހޯދާ ފަރާތްތަކަށް "ސީ-ފޯމް" ފުރިހަމަ ކޮށްދިން ނަމަވެސް، އަމިއްލަ ފަރާތްތަކުގެ ގެ، އެޕާޓްމަންޓް ނުވަތަ ކުއްޔަށް ހިފާފައިހުރި ގެއެއް ނުވަތަ އެޕާޓްމަންޓެއްގައި ނިދުމުގެ ކަންކަން ހަމަޖައްސާ ނަމަ، އެގެއެއް ނުވަތަ އެޕާޓްމަންޓެއްގެ ވެރިފަރާތުން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުން "ސީ-ފޯމް" ފުރިހަމަކުރުމަށާއި، އަދި ދަތުރުވެރިޔާ ވެސް މިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއްކަން ފޮރިން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން އިންޑިއާގައި އުޅޭއިރު، އެ ޤައުމުގެ އެންމެހާ ޤަވާއިދުތަކާއި ޢާންމު މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އަދި އެ ޤައުމުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކާއި އިރުޝާދުތަކަށް ސަމާލުކަންދީ އެކަންކަމަށް ޢަމަލުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށް، ހަނދާންކޮށްދީފައެވެ.

އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ދޭތެރެ ދޭތެރެއިން އުަނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. އާންމު ގޮތެއްގައި މިފަދަ އުނދަގޫތައް ކުރިމަތިވާން ފަށަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ކޮންމެ ވެސް ސަބަބަކާ ހުރެ ގުޅުން ގޯސްވާ ދަނޑިވަޅުތަކުގައެވެ. އެ ގޮތުން 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ އިންޑީއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ނިންމެވުމާ އެކު ދިވެހިންނަށް ގިނަ ހުރަސްތަކެއް އިންޑިއާ އިން ކުރިމަތިކުރުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު