Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ މާރކެޓް

ރެއާލުން ބޭލް ޗައިނާގެ ކުލަބައް ވިއްކައެއް ނުލާ!

30 ޖުލައި 2019 | އަންގާރަ 13:30

ރެއާލް އާއި އެކު ބޭލް ވަނީ ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޖުލައި 2019 | އަންގާރަ 13:30
ގެރެތް ބޭލް

ގެރެތް ބޭލް

ވޭލްސްގެ ކެޕްޓަން ގެރެތް ބޭލް ޗައިނާގެ ކުލަބެއް ކަމަށްވާ ޖިއާންސޫ ސަނިން އަށް ވިއްކާ ނުލުމަށް ރެއާލުން ނިންމައިފިއެވެ.

ތިރީސް އަހަރުގެ ގެރެތް ބޭލް ޗައިނާގެ ކުލަބެއް ކަމަށްވާ ޖިއާންސޫ ސަނިންއަށް ސޮއި ކުރުމާއި ގާތްވެފައި ވަނިކޮށް ރެއާލުން އެ ޓްރާންސްފަރ ހުއްޓުވީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެގެންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކޯޗު ޒިދާން އާއި ބޭލްގެ ގުޅުން ގޯސްވެފައި ވާއިރު މި ފަހުން ކުޅުނު ގިނަ މެޗުތަކުގައި ބޭލް ފެނިގެންދަނީ ރެއާލްގެ ބެންޗުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގެ ކޯޗު ޒިދާން ބޭލް ވިއްކާލަން ނިންމި ނިންމުން ބަދަލުކުރީ ރެއާލްގެ އެޓޭކިންގް މިޑްފިލްޑަރ މާކޯ އެސެންސިއޯ އަށް އަނިޔާވުމާއި ގުޅިގެންނެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު 2022 ގެ ނިޔަލަށް އާކޮށްފައެވެ.

ސައުތުހެމްޕްޓަން އިން 2005 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ބޭލް ވަނީ ޓޮޓެންހަމް ހޮޓްސްޕާއަށް 2007 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ، އެ ކްލަބުގައި ހަ ސީޒަން ހޭދަކޮށްފައެވެ.

ޓޮޓެންހަމްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދާފައިވާ ބޭލް ވަނީ އެ ކްލަބަށް ކުޅުނު 203 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްފައެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިށް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ބޭލް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 77 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ވޭލްސްގެ ގައުމީ ކެޕްޓަންއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
18 މެއި 2017

ސެލްޓަވީގޯ ބަލިކޮށް ރެއާލުން ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް

18 މެއި 2017
ސެލްޓަވީގޯ ބަލިކޮށް ރެއާލުން ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް
14 މެއި 2017

ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި

14 މެއި 2017
ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް