Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސެލްޓަވީގޯ ބަލިކޮށް ރެއާލުން ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް

ލީގު ހޯދުމަށް ރެއާލް މެޑްރިޑަށް ބޭނުންވަނީ އެންމެ ޕޮއިންޓެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 18 މެއި 2017 | ބުރާސްފަތި 08:29
ރޮނާލޯޑޯ ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު އެޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ރޮނާލޯޑޯ ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު އެޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސެލްޓަވީގޯގެ މައްޗަށް 1-4 އިން ކުރި ހޯދައި ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު 37 މެޗުން ލިބުނު 90 ޕޮއިންޓާއެކުއެވެ. އެޓީމާ އެންމެ ވާދަވެރި ބާސެލޯނާ ހަމަ މިއަދަދަށް މެޗު ކުޅެގެން ލީގުގެ ދެވަނަ މަގާމުގައި 87 ޕޮއިންޓާއެކު އޮތް އިރު، މި ދެޓީމަށްވެސް ލީގުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ.

ކުރިއަށް މިދެޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުން ރެއާލަށް ޕޮއިންޓެއް ލިބިގެން ނަމަވެސް ލީގު ލިބެން އަންނަ އިރު، ބާސާއަށް ލީގު ލިބެން އޮތް ހަމައެކަނި ފުރުސަތަކީ އެޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުން މޮޅުވެ، ރެއާލް ކުޅޭ މެޗުން އެޓީމު ބަލިވުމެވެ.

ސެލްޓާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސެލްޓާއިންނެވެ.

ނަމަވެސް ރެއާލުން ވަނީ ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން ލީޑު ނަގާފައެވެ. މި ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރެއާލުން އެއްލަނޑުގެ ލީޑެއް ނެގުމާއެކު ސެލްޓާއިން ވަނީ ކުރިއަށްޖެހި ރެއާލްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ގާތް ގާތުގައި ރެއާލްގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއްވަރު ފޮނުވާލާފައެވެ.

އެހެން ނަމަވެސް އެޓީމަށް ވަނީ ރެއާލްގެ ގޯލުގެ ތިން ދަނޑިން އެތެރެއަށް ބޯޅައެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށިގެން ރެއާލުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 48 ވަނަ މިނެޓުގައި އިސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މި މެޗުގެ ފަހު ހާފުގެ 62 ދެވަނަ މިނެޓުގައި ސެލްޓާގެ އެންމެ މުހިންމު ކުޅުންތެރިޔާ އިއާގޯ އަސްޕަސް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރެފްރީ ރަތްކާޑު ދެއްކީ ފުރަތަމަ ހާފުގައި ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ، ޕެނަލްޓީއަކަށް އެޕީލް ކުރުމުން ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް ދެވަނަ ހާފުގައި ވެސް މިގޮތަށް ޕެނަލްޓީއަކަށް އެޕީލް ކުރުމާ ގުޅިގެން ދެއްކި ދެވަނަ ރީނދޫ ކާޑާއެކުއެވެ.

އަސްޕާސް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިތާ 7 މިނެޓު ފަހުން 69 ވަނަ މިނެޓުގައި ސެލްޓާގެ ޖޯން ގޫޑެއްޓީ ވަނީ ލަނޑެއްޖަހާ ފަރަގު ކުޑަކޮށްފައެވެ.

އެހެން ނަމަވެސް ރެއާލުން ވަނީ އޭގެ މިނެޓެއް ފަހުން އިތުރު ލަނޑެއްޖަހާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.

ދެލަނޑުގެ ލީޑަކާއެކު ރެއާލުން ކުޅެމުންދިޔައިރު އެޓީމުން ވަނީ މެޗުގެ ފަހު ވަގުތު ކޮޅުގައި ސެލްޓާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން 88 ވަނަ މިނެޓުގައި ޓޯނީ ކްރޫޒް ވަނީ ހިތްގައިމު ލަނޑެއް ޖަހައިދީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ލީގުގެ ފަހު މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެރޭ ރެއާލް ނުކުންނަން ޖެހޭނީ މަލާގާ އާއި ދެކޮޅަށެވެ. އަދި ބާސާއިން ހަމަ އެރޭ ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު