Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދު

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި

ތަގުރީރު ކުރެއްވީ ޑޯނިއާ ހިއުމަން ރައިޓްސް ސެންޓާގައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 04:28
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

އެމެރިކާގެ ޔުނިވާސިޓީ އޮފް މިޗިގަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވާފިއެވެ.

ރައީސް ނަޝީދު ތަގުރީރު ކުރެއްވީ ޔުނިވާސިޓީ އޮފް މިޗިގަންގައި ގާއިމްކޮށްފައިވާ ޑޯނިއާ ހިއުމަން ރައިޓްސް ސެންޓާ އަންގަރަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަންއެއްގަ އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ސިޔާސީ ހަޔާތް ބައްޓައް ކުރައްވަމުން ގެންދެވި ގޮތުގެ ތަފްސީލް ދެއްވި އެވެ. ސިޔާސީ މަގާމަކަށް ކުރިމަތިލެއްވުމުގެ ކުރިން އެތައް ފަހަރަކު ރައީސް ނަޝީދު ޖަލަށް ލައްވާފައިވާއިރު، ތަގްރީރުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ވެސް ޖަލަށް ލައްވައި، އަރުވާލެއްވި އެވެ. އަރުވާލައްވާފައި ހުންނެވިއިރު، މަސްވެރިކަމާއި ދަނޑުވެރިކަން ކުރެއްވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާފައިވާ އަނިޔާވެރި ކަންކަމަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ، އީވާން ނަސީމް ޖަލުގައި މަރާލި ހާދިސާއާ ގުޅިގެން އެ މަނިކުފާނު ރާއްޖެ ދޫކޮށް ސްރީ ލަންކާއަށް ހިޖުރަކުރެއްވި ކަމަށާއި އެއަށް ފަހު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެމްޑީޕީ ވުޖޫދުކޮށް ސިޔާސީ ހަރަކާތް ރާއްޖޭން ބޭރުގައި ހިންގަވަން ފެއްޓެވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގެން ކުރެއްވި މަސައްކަތުން ސިޔާސީ ޕާޓީ އުފެއްދުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި މިކަމުގެ ހައްގު ޝުކުރު އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ދެއްވަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސިޔާސީ ޕާޓީތައް ފެށުމާއެކު، އޭގެ ކުރިން ހަރަކާތެއް ނެތިފައި އޮތް ސިވިލް ސޮސައިޓީ ވަރުގަދަވި ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް ވެސް ބާރުވެރިކަން ލިބިގެން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު 2008 ވަނަ އަހަރު ކާމިޔާބު ކުރެއްވި ކަމަށާއި ނަމަވެސް ތިން އަހަރަށް ފަހު، އެ މަނިކުފާނު ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެއީ ވަގުތުން ދުރަށް ދައްކަމުން ދިޔަ ބަޣާވާތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ބަޣާވާތަށް ފަހު ބޭއްވި އިންތިހާބު ގަޑުބަޑުކުރަން ކޯޓުތައް ބޭނުންކުރި ކަމަށާއި އިންތިހާބު ފަސްކުރަމުން ދިޔަ ނަމަވެސް، އެ އިންތިހާބުގައި ބަލި ގަބޫލްކުރީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގައުމު ހަމަޖެހުމެއްގެ ތެރެއަށް ވައްޓާނުލުމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކާމިޔާބު ކުރެއްވުމަށް ފަހު އަލުން ރައީސް ނަޝީދު ޖަލަށް ލެއްވި އެވެ. އެ މަނިކުފާނަށް ޖަލުން ޖަލުން ނުކުމެވަޑައިގެންނެވުނީ ގާނޫނީ ޓީމުން ކުރެއްވި މަސައްކަތާއި އެމްޑީޕީގެ މެމްބަރުން މަގުމަތީގައި ކުރި އިހްތިޖާޖުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދަ އައިލެންޑް ޕްރެޒިޑެންޓްސް ސްޓްރަގަލް ފޯ ޑިމޮކްރަސީ އެންޑް އެންވަޔަރަމެންޓަލް ޖަސްޓިސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ރައީސް ނަޝީދާއެކު ބައިވެރިވެވަޑައިގެންނެވީ، މަޝްހޫރު އިންސާނީ ހައްގުތަކާ ބެހޭ ވަކީލު އަދި ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖެރަޑް ޖެންސާ އާއި މިޗިގަން ޔުނިވާސިޓީގެ ގުދުރަތީ ވަސީލަތްތަކާއި ތިމާވެއްޓާ ބެހޭ ޕްރޮފެސަރު ރެބެކާ ހާޑިންއާއި އެކުގައެވެ..

އެ ޕެނަލް ޑިސްކަޝަން މޮޑެރޭޓް ކުރައްވާފައި ވަނީ ޑޯނިއާ ހިއުމަން ރައިޓްސް ސެންޓަރުގެ ޑިރެކްޓަރު ކިޔޯޓެރޫ ސުސޫއީ އެވެ.

ޔުނިވާސިޓީ އޮފް މިޗިގަންގައި ބޭއްވި އެ ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އިންސާނީ ހައްގުތަކާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ޑިމޮކްރަސީގެ ހަމަތައް ހިފަހެއްޓުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އިތުރުން، 2018 ގައި ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބައިގެން ކުރިއަށް ދެވޭނެ ގޮތްތަކުގެ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު