Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ

މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

6 މާރިޗު 2017 | ހޯމަ 21:22
ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 6 މާރިޗު 2017 | ހޯމަ 21:22
މައިޒާން އިބްރާހިމް މަނިކު އަވަހާރަވުން

މައިޒާން އިބްރާހިމް މަނިކު އަވަހާރަވުން

ސަރުކާރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މައިޒާން އިބްރާހިމް މަނިކު ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 84 އަހަރުގައި އިބްރާހިމް މަނިކު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގައި އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އާދީއްތަ ދުވަހުގެ ރޭގަ އެވެ. އިބްރާހިމް މަނިކު ފަރުވާ ހޯއްދަވަމުން ގެންދެވީ ލޭގެ އާލާސްކަފުޅަކަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.

ކަސްޓަމްސްގެ ވަޒީފާއިން ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވި އިބްރާހިމް މަނިކު، ގިނަ ދުވަސްތަކެއް ވަންދެން ޑިޕާޓްމެންޓް އޮފް ޕަބްލިކް ވޯކްސްގައި ވެސް ވަޒީފާ އަދާކުރެއްވެވި އެވެ.

އޭރު ޕަބްލިކް ވޯކްސް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ކަމާލުއްދީން ވިދާޅުވި ގޮތުގައި މާލޭގެ ބިން ހިއްކުމާއި ރަށްރަށުގައި ފަޅުފުންކުރުމުގެ މަސައްކަތް ކުރުމުގައި އިބްރާހިމް މަނިކު ވަރަށް އިސް ދައުރެއް އަދާކުރެއްވި އެވެ.

"އިބްރާހިމް މަނިކަކީ ވަރަށް ގިނަ ވަގުތު ވަޒީފާގައި އުޅުއްވާ ބޭފުޅެއް. ވަރަށް މުރާލި ވަރަށް މީހުންނާ ގުޅޭ ބޭފުޅެއް. ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގައި އޭނާގެ ބައިވެރިވުން ވަރަށް ބޮޑު. ހާއްސަކޮށް، މާލެ ހިއްކުމުގެ މަސައްކަތާއި ރަށްރަށުގައި ބަނދަރު ހަދަން ފެށުމުގައި،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.

އިބްރާހިމް މަނިކަކީ މަޝްހޫރު ސީޕްރިއާ ކުންފުނީގެ ހިއްސާދާރެކެވެ.

އިބްރހިމް އަވަހާރަވިއިރު، ހަތަރު އަންހެން ބޭފުޅަކާއި ދެ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

އިބްރާހިމް މަނިކު ފަސްތާނުލައްވާނީ އަންގާރަ ދުވަހުގެ އަސުރު ނަމާދަށް ފަހު އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިބްރާހިމް މަނިކަކީ މަސައްކަތްތެރި ކަމާއި ކުޅިވަރު ކުރިއެރުވުމުގައި ލާމަސީލު ހިދުމަތްތެރިއެއް ކަމަށެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި

05 އެޕްރީލު 2017
މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި
01 އެޕްރީލު 2017

ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި

01 އެޕްރީލު 2017
ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި
29 މާރިޗު 2017

ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ

29 މާރިޗު 2017
ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ
26 މާރިޗު 2017

ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި

26 މާރިޗު 2017
ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި
25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް