Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބުރުގެ ދައުވާ

މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި

ފަލާހުގެ މައްސަލަ ހުށަހަޅާފައިވަނީ ހަގީގަތާ ހިލާފު ވާހަކަ ދެއްކި ކަމަށް ތުހްމަތުކޮށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 05:45
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙްގެ މައްޗަށް, އަބުރުގެ ދައުވާ ކޮށްދިނުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އެދިވަޑައިގަންނަވައިފި އެވެ.

ޕޮލިސް ކޮމިޝަނަރަށް އެޑްރެސް ކުރައްވާ އުމަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޓީވީ މޯލްޑިވްސްއާއި ޗެނަލް 13 އިން ވަގުތުން ދައްކަމުން ދިޔަ ޖަލްސާގައި ރައްޔިތުންގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާޙް ވަރަށް ސަރީޙަ ބަހުން އޭނާއަށް "ވަގަށް" ގޮވާ އަބުރަށް އަރާވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ޤާނޫނު ނަންބަރު 15/2016 އަބުރު ރައްކާތެރިކޮށްދިނުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކަށަވަރުކޮށްދޭތީ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަލާހުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާ ކަމަށް އުމަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. މި މައްސަލައިގައި ފަލާހުގެ މައްޗަށް ދައުވާކޮށް ދިނުމަށް، މައްސަލަ ޕީޖީ އޮފީހަށް ފޮނުވައި ދެއްވުމަށްވެސް އުމަރު އެދިވަޑައިގެންފައިވެ އެވެ.

އުމަރު ތުހްމަތު ކުރެއްވި ފަލާހު ދެއްކެވި ވާހަކަތަކަކީ އަބުރުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ ކަމަށެވެ. ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އޭނާގެ މައްޗަށް ވައްކަމަން ފަދަ ކުށެއް ސާބިތު ވެފައި ނުވާ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ. އަދި މިނިވަން 50ގެ އެއްވެސް މަސައްކަތެއް އޭނާގެ ހިއްސާއެއް އޮތް ކުންފުންނަކަށް ނުވަތަ އޭނާގެ އަނބިކަނބަލުންނާއި ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކަ ވެސް ހަވާލުކޮށްފައި ނުވާއިރު މިނިސްޓަރކަމުގައި ހުންނެވި ދުވަސްވަރު އެފަދަ ކުންފުންޏަކުން އެމިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށްފައި ނުވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްއަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވެފައިވަނީ މިނިވަން ފަންސާހާއި ގުޅިގެން އުމަރު ނަސީރު ކުދި ކުދި ކުންފުނިތައް ހަދާފައި އެބަހުރި ކަމަށާއި އުމަރު ނަސީރު ކޯޓަށް ވަޑައިގެންނެވި ނަމަވެސް އެކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ. ކޮރަޕްޝަނުގެ ވާހަކަ އެހެން މީހުންނާއި ދިމާލަށް އުމަރު ނަސީރު ދައްކަވާއިރު ވައްކަން ކޮށްފައި ވަގަށް ގޮވަނީ އެހެން މީހުންނާއި ދިމާލަށް ކަމަށް ފަލާޙް ވިދާޅުވެފައިވެ އެވެ.

"...ދެން ބައްލަވާ އުމަރު ނަސީރު، އެއްޗެއް ވިދާޅެއް ނުވާނެ. ތިބޭފުޅުން ބައްލަވާ މިނިވަން 50 ގަ ކުދިކުދި ކުންފުނި ހަދާފަ އެ ހުރީ10 ދުވަހަށް، 15 ދުވަހަށް. އެކަމަކު ކޮރަޕްޝަންގެ ވާހަކަ އެހެން މީހުންނާ ދިމާއަށް މިދައްކަނީ. އުމަރު އަޅެ ކޯޓަށް ދެބަލަ، އަޅުގަނޑު ގޮވައިގެން. އަޅުގަނޑު ސާބިތުކޮށްދޭނަން. ނުދާނެ ކޯޓަކަށް. ނުދާނެ. ވައްކަން ކޮށްކޮށްފައި މި ވަގަށް ގޮވަނީ އެހެން މީހުނނާ ދިމާއށް، މިއީ ވަރަށް ދެރަ ކަމެއް، ވަރަށް ނިކަމެތި ކަމެއް،" ފަލާހު ވިދާޅުވި އެވެ.

ޗެނަލް 13 ގެ އިތުރުން މި ޖަލްސާ ދައުލަތުގެ މީޑިއާ، ޓީވީއެމް އިން ވެސް ވަގުތުން ދެއްކި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު