Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

8 ފެބުރުއަރީ 2017 | ބުދަ 10:52

ކުރިއަށް އޮތްތާނގައި މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް ރައްދު ދޭނެކަމަށް މޫސަ ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ފެބުރުއަރީ 2017 | ބުދަ 10:52
ރީކޯ މޫސާމަނިކު: މަޖިލީހުގެ ރިޔާސަތުގައި

ރީކޯ މޫސާމަނިކު: މަޖިލީހުގެ ރިޔާސަތުގައި

ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ލިސްޓުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާމަނިކު ވަކިކުރައްވައިފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އެކަން އިއުލާން ކުރައްވާފަ އެވެ.

Advertisement - newsAdvertisement

މަސީހު ވިދާޅުވީ އެމްޑީޕީގެ މެމްބަރު މޫސާމަނިކު އެޕާޓީގެ ރަޖިސްޓްރީން އުނިކޮށް، އެކަން މަޖިލީހަށް އަންގާފައިވާތީ މޫސާމަނިކަކީ މިހާރު އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށް އިއުލާން ކުރައްވާ ކަމަށެވެ.

އެހެންކަމުން މަސީހު ވަނީ މަޖިލީހުގެ ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތައް ވެސް އިއުލާން ކުރައްވާފަ އެވެ. އެގޮތުން ޕީޕީއެމް މެމްބަރުންގެ ގޮތުގައި 48 މެމްބަރުން ހިމެނޭއިރު، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 21 މެމްބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގައި ހަތް މެމްބަރުން ތިއްބެވިއިރު، އެމްޑީއޭގައި ހަ މެމްބަރުން ތިއްބަވަ އެވެ. މީގެއިތުރުން އަދާލަތު ޕާޓީގެ މެމްބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެ މެމްބަރުން ހިމެނޭ ކަމަށް މަޖިލީހުގެ ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.

އެމްޑީޕީން މޫސަ ވަކިކުރެއްވިކަން އިއުލާން ކުރެއްވުމާއި ގުޅިގެން ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާމަނިކު ވިދާޅުވީ 2005 އިން ފެށިގެން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް އެ 13 އަހަރު ދުވަހުގެ ހިދުމަތަށްފަހު އެމްޑީޕީން ވަކިކުރި ދުވަހަށް އިއްތިފާގުން ނަމަވެސް ވެފައިމިވަނީ ފެބްރުއަރީ 08 ވަނަ ދުވަހަށް ކަމަށެވެ. ފެބްރުއަރީ 08، 2012 ވަނަ ދުވަހަކީ އޭނާގެ ސިޔާސީ ހަޔާތުން އެންމެ އަނިޔާވެރި ދުވަސް ކަމަށާއި، އިއްތިފާގުން ފެބްރުއަރީ 08، 2017 ވެގެން މިދިޔައީ އެމްޑީޕީގެ ލީޑަރޝިޕުން އެދިގެން އޭނާގެ އެއްވެސް ކުށެއްނެތި އެމްޑީޕީން ވަކިކުރި ދުވަސް ކަމަށް ވެސް މޫސާމަނިކު ވިދާޅުވި އެވެ.

މޫސާ ވިދާޅުވީ އެމްޑީޕީގައި މަސައްކަތް ކޮށްފައިވާނީ ވަރަށް އިހުލާސްތެރި ކަމާއެކު ކަމަށާއި މިއަދު އެމްޑީޕީއަކީ ހުދުމުހުތާރު އަނިޔާވެރި ޕާޓީއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ އަނިޔާވެރިކަމުގެ ވާހަކަތައް ދައްކާ، އެމްޑީޕީއަށް ރައްދު ދެއްވަމުން ގެންދަވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ފެބްރުއަރީ 08، 2012 ގައި އެމްޑީޕީގެ މެމްބަރުންނަށް އަނިޔާކުރި "ބާޣީން"ގެ ނުފޫޒު އެމްޑީޕީގެ ތެރެއަށްވަދެ، މޫސަމެންފަދަ ޕާޓީއަށް ހިދުމަތް ކުރި މެމްބަރުން ޕާޓީން ބޭރުކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް