Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޤާސިމް އިބްރާހިމް

ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ

ޤާސިމް ފުލުހަށް ހާޒިރުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 23:00
ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކުރުން

ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކުރުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ގިނަ އިރުތަކެއް ފާއިތުވެެގެން ހިނގައްޖެއެވެ.

ބުދަ ދުވަހުގެ ރޭ 20:30 ފެށިގެން ގިނަ އިރުތަކެއް ވަންދެން ފުލުހުންގެ މައި އިދާރާގައި ގާސިމް ހޭދަ ކުރައްވަން ޖެހިވަޑައިގެންކަން ފާހަގަ ކުރެވެއެވެ. ޤާސިމް ފުލުހަށް ހާޒިރުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ގާސިމް ފުލުސް އޮފީހަށް ވަޑައިގެންނެވި އިރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަޑައިގެން ތިއްބެވިކަން ފާހަގަ ކުރެވެއެވެ.

ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވި މީހުންނާއި އެސަރަހައްދު ކަވަރު ކުރުމުގައި މަސައްކަތް ކުރަމުން ގެންދިޔަ ނޫސްވެރިން ވަނީ ފުލުހުން ފަހަތައް ޖައްސާފައެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުންނަވައި، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވީ ސިޔާސީ މަގުސަދަށް ފުލުހުން ބޭނުންކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ހުރަސްތައް ކުރިމަތިކޮށް، ބަންދުކުރިޔަސް، އިދިކޮޅު ފަރާތްތައް ތިބީ ވަރަށް ސާބިތުކަމާއެކުގައި ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ ޖަލަށް ގެންދެވީ ވެސް، ގޮތް ހުސްވެގެން ކަމަށާއި ގާސިމާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ސިޔާސީ ބޭފުޅުން ޕޮލިހަށް ހާޒިރު ކުރަނީ ވެސް ގޮތް ހުސްވެގެން ކަމަށް ޖުމްހޫރީ މައިދާނުގައި ހުންނަވައި ވާހަކަދައްކަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވި އެވެ.

މިފަދަ ހުރަސްތައް ކުރިމަތިކުރިޔަސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ޖެހިލުންވާ އެއްވެސް ކަމެއް ނެތް ކަމަށާއި މީހުން ހައްޔަރު ކުރިޔަސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒު ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ނިންމުންތައް ސިޔާސީ ވެގެން ނުވާނެ ކަމަށާއި، އަނިޔާވެރިވުން ހުއްޓާލަން ޖެހޭ ކަމަށެވެ. ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަކީ ވަރަށް ފާޅުގައި ރައީސް ޔާމީންއަށާއި ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

އާއްމުން އެސަރަހައްދަށް އެއްވުމުން އެސްއޯ ފުލުހުން ޖަމާވެ މަގުތައް ބަންދުކޮށް އާއްމުންވަނީ މަސްމާރުކޭޓާއި ހަމައަށް ފަހަތައް ޖައްސާފައިވެ އެވެ.

ފުލުސް އޮފީހުގައި ގިނަ އިރުތަކެއް ގާސިމް ހޭދަކުރައްވަމުން ގެންދަވާއިރު ގިނަ ބަޔަކު އެމަނިކުފާނުގެ އިންތިޒާރުގައި އަދިވެސް ތިބީ މަޑުކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

07 މާރިޗު 2017
މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

06 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު