Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން

ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި

މައުމޫން ޕާޓީން ވަކިކުރުމަށް ފާސްކުރީ އަޣްލަބިއްޔަތުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 17:01
މެންބަރުކަމުން ވަކިކޮށްފިނަމަ، ޕާޓީގެ ރައީސްކަން މައުމޫނަށް ގެއްލޭނެ

މެންބަރުކަމުން ވަކިކޮށްފިނަމަ، ޕާޓީގެ ރައީސްކަން މައުމޫނަށް ގެއްލޭނެ

ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ މެންބަރުކަމުން އެމަނިކުފާނު ވަކިކުރުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.

ޕީޕީއެމްގެ މެންބަރުކަމުން ރައީސް މައުމޫން ވަކިކުރުމަށް ފާސްކޮށްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ޕީޕީއެމް ކައުންސިލް ބައްދަލުވުމުގަ އެވެ. ގަރާރެއްގެ ގޮތުގައި ރައީސް މައުމޫން ވަކިކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

Advertisement - newsAdvertisement

ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީން ރިޔާސަތުގައި އިންނެވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމީ ރައީސް މައުމޫން ޕާޓީން ވަކިކުރުމަށެވެ.. އަދި މެންބަރުކަމުން ރައީސް މައުމޫން ވަކިކުރުމަށް އެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވާލުމަށެވެ.

ރައީސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމަށް މައްސަލަ ހުށަހެޅިއިރު، ހޮނިހިރު ދުވަހު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވަނީ ރައީސް މައުމޫން ޕާޓީގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ އާންމު އުސޫލުގެ ދަށުން ޕާޓީގެ މެންބަރަކު ވަކިކުރުމަށް ކައުންސިލަށް ހުށަނާޅާ ކަމަށާއި ނަމަވެސް، ރައީސް މައުމޫނަކީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ބޭފުޅަކަށް ވާތީ އެމަނިކުފާނުގެ މައްސަލަ ކައުންސިލަށް ހުށަހެޅީ ކަމަށެވެ. އަދި ކައުންސިލުގެ އަޣްލަބިއްޔަތުން ފާސްކުރީ ރައީސް މައުމޫން ޕާޓީން ވަކިކުރުމަށް ކަމަށާއި، މިހާރު އެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ ރައީސް މައުމޫން ވަކިކުރުމަށް ކައުންސިލުން ފާސްކޮށްފައިވާތީ، ކައުންސިލުގެ ނިންމުމާ ސުލޫކީ ކޮމެޓީން ޚިލާފުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުގައި، 24 ގަޑިއިރު ތެރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ސިވިލް ކޯޓުން އެ ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ މައްޗަށް ކުރި އަމުރުގެ ފަހުން، ޕާޓީގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ވަނީ ނަގާފަ އެވެ. އޭގެ ފަހުން ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަނީ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުންނެވެ.

ޕީޕީއެމް ދެފަޅި ވެފައިވާއިރު، ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލެއް ވެސް އޮވެ އެވެ. އެ ކައުންސިލުން ވެސް ދަނީ ނިންމުންތައް ނިންމައި، ބައްދަލުވުންތައް ބާއްވަމުންނެވެ. އެ ފެކްޝަނުގެ ސުލޫކީ ކޮމެޓީއެއް ވެސް އޮންނައިރު، އެ ކޮމެޓީއަށް ބައެއް މެންބަރުންގެ މައްސަލަ ވެސް ހުށަހަޅާފައިވެ އެެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމަށް މައުމޫން އިންތިޚާބު ކުރީ 2013 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ކޮންގްރެސް އިންނެވެ. ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްގެ މަގާމު ގެއްލޭނެ އެވެ.

ރައީސް މައުމޫން ޕާޓީން ވަކިކުރަން ނިންމިއިރު، ރައީސް މައުމޫން ވަނީ، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއާއެކު އިސްލާހީ މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި ކަމަށެވެ.

ނަމަވެސް، ރައީސް ޔާމީނަށް ތާއީދުކުރާ މެންބަރުން ދަނީ ރައީސް މައުމޫނަށް ފާޑު ވިދާޅުވަމުންނެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ނަމުގައި އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރެއް ރައީސް މައުމޫނަކަށް ލިބިވަޑައިގެންފައި ނުވެ އެވެ.

ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ރައީސް މައުމޫން ހިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ފަލާހު ހުށަހެޅުއްވި ގަރާރުގައި އެދިފައިވަނީ، ރައީސް މައުމޫން ވަކިކުރުމަކީ ގައުމީ މައްސަލައެއް ކަމުގައި ބަލައި އަވަހަށް ވަކިކޮށްދިނުމަށެވެ.

ގަރާރުގައި ބުނެފައިވަނީ ޕާޓީގެ ކައުންސިލުގެ މަޝްވަރާއެއް ނެތި ދިވެހި ގައުމާއި ރައްޔިތުންނާއި ޕާޓީގެ މަސްލަހަތަށް ގެއްލުންވާ ފަދަ ސްޓެރެޓެޖީތަކާއި ސިޔާސަތުތައް އަމިއްލަ އަށް ކަނޑައަޅައި ޕާޓީގެ ސިއްކަ އާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ޕާޓީގެ ނަމުގައި ހިންގާ ސިޔާސީ އެކި ހަރަކާތްތަކަކީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލުތަކެއް ކަން ފާޅުކަންބޮޑު ގޮތެއްގައި އެނގޭ ކަމަށެވެ.

ފަލާހުގެ ގަރާރުގައި ބުނެފައިވަނީ، ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނަށް ރައީސް މައުމޫން ގޮންޖައްސަވަމުން ގެންދެވުމުގެ ސަބަބުން ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓަން ހުރަސްތަކެއް ކުރިމަތިވެ ގައުމުގެ އަމަންއަމާން ކަމަށާއި ދާހިލީ އަމްނަށް ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު