Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާއަށް ކުރަމުންދާ ވިއްސާރަ

މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ އިންޑިއާއިން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ބިހާރު ސްޓޭޓުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 ޖުލައި 2019 | ހޮނިހިރު 14:52
އެހީފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތިދަނީ ކުރަމުން ކަމަށް އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކުން ބުނޭ

އެހީފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތިދަނީ ކުރަމުން ކަމަށް އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކުން ބުނޭ

އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މަދުވެގެން 142 އަށް އަރާފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

މި މަހުގެ ކުރީ ކޮޅުން ފެށިގެން އެ ގައުމަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެކިކަންކޮޅުތަކުގައި ފެންބޮޑުވެ ބިންގަޑުކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން އެތައް ހާސްބަޔަކަށް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

ބިހާރު ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު އަލްޖަޒީރާގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ނިޔަލަށް އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު 92 އަށް އަރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

އެންސެފަލިޓިސް ޖެހިގެން 150 ކުދިން މިދިޔަ މަހު ވެސް މަރުވި، އިންޑިއާގެ އެންމެ ފަގީރު ސްޓޭޓް ކަމަށްވާ ބިހާރުގެ 12 ޑިސްޓްރިކްޓަކުން ހަ މިލިއަނަށް ވުރެ ގިނަ މީހުންނަށްވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ.

އިންޑިއާގެ އިތުރުން އަވަށްޓެރި ނޭޕާލަށްވެސްވަނީ މޫސުމީ ވިއްސާރައިގެ ފެންބޮޑުވުމާ ކުރިމަތިވެފައެވެ.

ބިހާރު ސްޓޭޓްގެ 114،721 މީހުންނަށް މިހާތަނަށް ވަނީ އެ ސްޓޭޓްގެ އެކި ހިސާބުތަކުގައި ސަރުކާރުން ގާއިމްކޮށްފައިވާ ވަގުތީ ހިޔާތަކުން ބޯހިޔާވަހިކަން ހޯދަންޖެހިފައެވެ.

އައްސާމް ސްޓޭޓުން މަރުވި މީހުންގެ އަދަދުވަނީ 50 އަށް އަރާފައެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭން ފަށާފައެވެ.

ބިހާރު ސްޓޭޓްގެ ޗީފް މިނިސްޓަރ ނިތިޝް ކުމާރު ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް 26 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅުއްވައި ކޮންމެ އާއިލާއަކަށް 6,000 ރުޕީސް(87އެމެރިކާ ޑޮލަރު)ގެ މަގުން ބެހުމަށް ފައްޓަވާފައެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު