Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ބޭއްވި އެެއްވުން

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

ޕާޓީގެ ފަރާތުން ވާދަކުރާ އަންހެން ކެނޑިޑޭޓުންނަށް މާލީ އެހީތެރިކަން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 01:39
އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށާއި އެހެންކަމުން އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ތަރައްޤީ ގެނެވޭނެ އެއްވެސް ހަމައެއް އޮވެދާނެ ކަމަކަށް އެމްޑީޕީން ޤަބޫލު ނުކުރާ ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ އަންހެނުންގެ ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.

ހަސަން ވިދާޅުވީ އެމްޑީޕީ އުފެދުނީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމާއި، ޑިމޮކްރަސީ ޤާއިމްކޮށް، ރައްޔިތުންގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ކަމަށެވެ.

އަންހެނުންގެ ދުވަހެއް ފާހަގަކުރަމުންދާ އިރު، މިހާރުގެ ސަރުކާރާއި އެމްޑީޕީގެ ސަރުކާރަށް ވައްޓާލުމަށްފަހު މަދު ދުވަސްކޮޅެއްވަންދެން އޮތް ސަރުކާރުން އަންހެނުންނަށް ކޮށްފައިވާ އަދިމިހާރު ކުރަމުންދާ އަނިޔާތަކުގެ ވާހަކަ ފާހަގަކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ފަންސާސް އިން ސައްތަ އަކީ އަންހެނުންނަށްވާއިރު އެއާބާދީ ބާކީކޮށްފައި ކުރިއަށް ދެވިދާނެ ކަމަށް އެމްޑީޕީން ނުދެކެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް ފިޔަވައި ކޮންމެ އިންތިޚާބެއްގައިވެސް އެޕާޓީގެ ފަރާތުން ވާދަކުރައްވާ އަންހެން ކެނޑިޑޭޓުންނަށް ފައިސާގެ އެހީ ވުމަށް މިހާރު ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި އެމްޑީޕީގެ މި އެހީތެރިކަމަކީ ތަފާތުކުރުން ކަމުގައި އިދިކޮޅު ފަރާތްތަކުން ދެކެއެވެ.

"އަޅުގަނޑުމެންނާއި އިދިކޮޅު ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާ މަންޒަރު ފެނޭ، އެބޭފުޅުން ބުނަނީ ހަމައެކަނި އަންހެން ބޭފުޅުންނަށް މާލީ އެހީތެރިކަން ފޮރުކޮށްދިނުމަކީ ތަފާތުކުރުމެކޭ، އެކަމަކު އަޅުގަނޑުމެން މިކުރާ ކަމަކީ އިންސާފުވެރި އިސްކަމެއް ދެނީ" ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ އަންހެނުން ކެންޑިޑޭޓުންނަށް އެ ޕާޓީން މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ އަންހެނުން ސިޔާސީ މައިދާނަށް ނިކުމެ ކުރިއެރުންތައް ހޯދުމަށް ފުރުސަތުތައް ފަހިކޮށްދިނުން މުހިއްމު ކަމަށާއި އަންހެނުންނަށް މާލީ އެހީތެރިކަން ދިނުމަށް ނިންމީ ވެސް އެ ފުރުސަތުތައް އިތުރަށް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

އެމްޑީޕީން ކާނިވާ ސަރަހައްދުގައި އެއްވުން ބޭއްވުމަށް ސަރުކާރުން ކުރަމުން ގެންދާ އުނދަގޫތަކަށް ހަސަން ވަނީ ރޭގެ އެއްވުމުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އެމްޑީޕީގެ އެއްވުން ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެދުމުން އެ ޕާޓީއަށް ދިނީ "ބަކަރި ކޮއްޓެއްހާ ކުޑަ ތަންކޮޅެއް" ކަމަށް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވުމެއް ބާއްވަން ތަންކޮޅެއް ދިނުމަށް އެދުނީމަ، ސަރުކާރުން ދީފައިމިވަނީ ބަކަރި ކޮށްޓެއްވަރުގެ ތަންކޮޅެއް، އެކަމަކު އަޅުގަނޑުމެންނަށް ކިތަންމެ ކުޑަ ޖާގައެއް ދިންނަމަވެސް އަޅުގަނޑުމެން ކުރަންޖެހުނު މަސައްކަތެއް ކުރާނަން" ހަސަން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު