Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރުގެ އިހުމާލު

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ޕީޕީއެމް އިން ވެފައިވާ ވަޢުދު ސަރުކާރުން ފުއްދަމުން ނުދޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 21:13
ރައީސް ޔާމީން އަދި ރައީސް މައުމޫން

ރައީސް ޔާމީން އަދި ރައީސް މައުމޫން

ޕީ.ޕީ.އެމް ގެ ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި އިހުމާލްވެފައިވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ޕީޕީއެމްގެ ރައީސް މައުމޫން އޮފީހުން ނެރުއްވި ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޕީ.ޕީ.އެމް ގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުންވެސް ޚާއްސަ ގޮތެއްގައި ދައުލަތުގެ ބަޖެޓު ފާސްކުރުރާ އިރުވެސް އަންހެނުންގެ ހައްގުތަކަށް އިސްކަމެއް ދީފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީ.ޕީ.އެމް ސަރުކާރަށް އައީ އަންހެނުންގެ މެނިފެސްޓޯ އެއް އެކުލަވާލައި އަންހެނުންގެ ތަރައްޤީ އާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ގިނަގުނަ ވަޢުދު ތަކެއް ވުމަށް ފަހުގައެވެ.

އޭގެ ތެރޭގައި، އަންހެނުންނާއި އާއިލާތައް ރައްކާތެރި ކުރުމަށް ޤާނޫނީ އޮނިގަނޑު ތަންފީޒު ކުރުމާއި ހަރުދަނާ ކުރުމާއި، އަނިޔާ ލިބިފައިވާ އަންހެނުންނަށް ރައްކާތެރިކަން ދިނުމާއި ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ކައިވެނި ރޫޅި ދިއުމުގެ ސަބަބުން ދިރިއުޅޭނެ ތަނެއްނެތި ނިކަމެތިވާ ފަރާތްތަކަށް ބޯހިޔާ ވަހިކަމުގެ ވަގުތީ ވަޞީލަތެއް ހަމަޖައްސައި ދެވޭނެ އިޖުތިމާއީ އަދި ޤާނޫނީ އުޞޫލުތައް ތަޢާރަފު ކުރުން ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ ސިޔާސީ ގޮތުން އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަން ވަޢުދުވި ކަންތައްތަކުގެ ތެރޭގައި، އިންތިޚާބު ކުރެވޭ ސިޔާސީ މަޤާމު ތަކަށް އަންހެނުން ކުރިމަތިލުމަށް ބާރުއަޅާ އެކަމުގައި އެހީ ތެރިވެދީ ކާމިޔާބު ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމާ ސިޔާސީ މަޤާމުތަކުގައި އަންހެނުންނަށް ނިސްބަތުން ވަކި އަދަދެއް ކަނޑައެޅުމާއި، އަންހެން ކުދިން އިޖުތިމާއީ އަދި ލީޑަރޝިޕަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ހިންގައި ދިނުމާ ރާއްޖެ ތަމްސީލުކުރާ މިޝަން ތަކާއި ވަފުދު ތަކުގައާއި ސަރުކާރުގެ ކޮމިޓީ ތަކުގައި ބޯޑު ތަކުގައި އަންހެނުން ހިމެނޭ އަދަދު އިތުރު ކުރުމާ އަދި އަންހެނުންގެ ދައުރާއި ޚިދުމަތާއި ކާމިޔާބީ ތަކަށް މުޖުތަމައުގައި ސަމާލު ކަމާއި ތަރުޙީބު އިތުރުކުރަން މަސައްކަތް ކޮށްދިނުމަށް ޕީޕީއެމް އިން ވަޢުދު ވެފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް މިކަންތައް ކޮށްދިނުމުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތް ތަކެއް ކޮށްފައި ނުވާ ކަމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު