Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަތަންޔާހޫގެ ޚިޔާނަތް

ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން އެއްބަސްވެވަޑައިގެންފި

އިތުބާރު ގެއްލޭފަދަ އަމަލެއް ހިންގެވުމާއި އޮޅުވާލެއްވުމުގެ ދައުވާ އެކަމަނާގެ މައްޗަށް އުފުލުނު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ޖޫން 2019 | އާދީއްތަ 15:56
އެކަމަނާގެ މައްޗަށް ކުރެވޭ ދައުވާ ކުޑަ ކުރި ނަމަވެސް ޖިނާއީ ކުށުގެ ރެކޯޑް އޮންނާނެ

އެކަމަނާގެ މައްޗަށް ކުރެވޭ ދައުވާ ކުޑަ ކުރި ނަމަވެސް ޖިނާއީ ކުށުގެ ރެކޯޑް އޮންނާނެ

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށާއި 15،000 އެމެރިކާ ޑޮލަރު ދައުލަތަށް ދައްކަވަން ޖެހޭކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން އެއްބަސްވެ ވަޑައިގެންފިއެވެ.

ސާރާ ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވެނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ފަރިއްކޮޅު ނުހުންނަ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައިން ބޭރުން ކޭޓަރިންގެ ޚިދުމަތް ހޯއްދަވުމަށް 99،300 އެމެރިކާ ޑޮލަރު ޚަރަދު ކުރެއްވިކަމަށެވެ. އެކަމަނާގެ މައްޗަށް މިދިޔަ އަހަރު ވަނީ އިތުބާރު ގެއްލޭފަދަ އަމަލެއް ހިންގެވުމާއި އޮޅުވާލެއްވުމުގެ ދައުވާ އުފުލާފައެވެ.

އެކަމަނާގެ ވަކީލު ވިދާޅުވެފައިވަނީ އެކަމަކީ އެކަމަނާއާ ގުޅުމެއް އޮތް ކަމެއް ނޫންކަމަށާއި އެކަން ކުރަމުންދަނީ އެކަމަނާގެ ފިރިކަލުންގެ މަގާމު ގެއްލުވާލުމަށްކަމަށެވެ.

އިއުތިރާފާއެކު ސާރާ ނަތަންޔާހޫ ދައުލަތަށް 12،490 އެމެރިކާ ޑޮލަރު ދައްކަން ޖެހޭއިރު ޖޫރިމަނާގެ ގޮތުގައިވެސް 2،777 ޑޮލަރު ދައްކަން ޖެހެއެވެ. އެކަމަނާގެ މައްޗަށް ކުރެވޭ ދައުވާ ކުޑަ ކުރި ނަމަވެސް ޖިނާއީ ކުށުގެ ރެކޯޑް އޮންނާނެކަމަށް ޖެރުއްސަލެމް ޕޯސްޓްގައި ރިޕޯޓްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

މުގާބޭ އަށް ސަލާމަތްވެވިދާނެ. އަނބިކަނބަލުން ގްރޭސްގެ މައްޗަށް ޝަރީއަތް ހިންގަން އަސްކަރިއްޔާ އިން ބޭނުންވޭ!

22 ނޮވެމްބަރު 2017
މުގާބޭ އަށް ސަލާމަތްވެވިދާނެ. އަނބިކަނބަލުން ގްރޭސްގެ މައްޗަށް ޝަރީއަތް ހިންގަން އަސްކަރިއްޔާ އިން ބޭނުންވޭ!
06 ނޮވެމްބަރު 2017

އަނބިކަނބަލުންގެ ޕްރެޝަރާ ހެދި، މުގާބޭގެ ނައިބު ރައީސް ވަކިކުރައްވައިފި

06 ނޮވެމްބަރު 2017
އަނބިކަނބަލުންގެ ޕްރެޝަރާ ހެދި، މުގާބޭގެ ނައިބު ރައީސް ވަކިކުރައްވައިފި
24 އޯގަސްޓު 2017

ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި

24 އޯގަސްޓު 2017
ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި
21 އޯގަސްޓު 2017

ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި

21 އޯގަސްޓު 2017
ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު