Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް މުގާބޭ

އަނބިކަނބަލުންގެ ޕްރެޝަރާ ހެދި، މުގާބޭގެ ނައިބު ރައީސް ވަކިކުރައްވައިފި

ނައިބު ރައީސް ނަންގަގްވާ ވަކި ކުރައްވާފައި ވަނީ މުގާބޭގެ އަނބިކަނބަލުންނާ ދެމެދު ގުޅުން ގޯސްވެފައި ވަނިކޮށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 18:07
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޒަނޫ-ޕީއެފްގެ ޖަލްސާއެއްގައި ނައިބު ރައީސް ނަންގަގްވާ (ކ) އަދި ރައީސް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޒަނޫ-ޕީއެފްގެ ޖަލްސާއެއްގައި ނައިބު ރައީސް ނަންގަގްވާ (ކ) އަދި ރައީސް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއާ ގުޅުން ގޯސްވެފައިވާ ނައިބު ރައީސް އެމަސަން ނަންގަގްވާ، ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށްފި އެވެ.

އުމުރުފުޅުން 75 އަހަރުގެ އެމަސަން ނަންގަގްވާ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީންނެވެ.

ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޒިމްބާބްވޭގެ އިންފޮމޭޝަން މިނިސްޓަރ ސިމޮން ޚާޔާ މޯޔޯ ވިދާޅުވީ، ރައީސް މުގާބޭ އަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް، ނައިބު ރައީސްގެ މަގާމުން އެމަސަން ނަންގަގްވާ ވަކި ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޚާޔާ ވިދާޅުވީ، މަގާމުގެ ރަސްމީ ޒިންމާތައް އަދާކުރުމުގައި ފަރުވާ ކުޑަކުރުމުގެ އަމަލުތައް ނަންގަގްވާގެ ފަރާތުން ތަކުރާރުވެފައިވާ ކަމަށެވެ. އަދި ބޭވަފާތެރިކަމާއި، އިހްތިރާމް ކުޑަކުރުން ފަދަ އަމަލުތައް އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވާ ކަމަށާއި، ނަންގަގްވާގެ އަމަލުތަކުގެ ސަބަބުން ރައީސް މުގާބޭގެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މުގާބޭ ވަނީ ނަންގަގްވާ މަގާމުން ވަކި ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ހޮނިހިރު ދުވަހު ބޭއްވި ސިޔާސީ އެއްވުމެއްގައި މުގާބޭ ވަނީ، ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ ކޮންގްރެސްގެ ކުރިން ތާއީދު ހޯއްދެވުމަށް، ޕާޓީގެ މެމްބަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ނަންގަގްވާ މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މިމޭރުމުން މުގާބޭ ވާހަކަ ދައްކަވާފައި ވަނީ، ވެރިކަން ކުރާ ޕާޓީގެ އެއްވުމެއްގައި އަޑުގަދަކޮށް، ޕާޓީގެ މެމްބަރުންގެ ފުރައްސާރަ ކުރުންތަކާއި އަނބިކަނބަލުން ގްރޭސް މުގާބޭ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވަނިކޮށެވެ.

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ އާއި އެމަސަން ނަންގަގްވާއާ ދެމެދު ގުޅުން ގޯސްވެފައި ވަނީ މުގާބޭ އަށް ފަހު އެގައުމުގެ ވެރިކަމަށް އަންނާނެ ބޭފުޅަކާ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

މުގާބޭ އަށް ފަހު ޒިމްބާބްވޭގެ ވެރިކަމަށް އައުމަށް ޕާޓީގެ މެމްބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ނަންގަގްވާ ކުރައްވާފައިވާއިރު، ވެރިކަމަށް އައުމަށް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެސް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ނަންގަގްވާ މަގާމުން ވަކި ކުރުމާ އެކު، ރައީސް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ އަށް ވަނީ އެގައުމުގެ ވެރިކަމަށް އައުމުގެ ފުރުޞަތު ބޮޑުވެފައެވެ.

ނައިބު ރައީސްކަމުގެ މަގާމުން ނަންގަގްވާ ވަކިކުރުމަށް ފިރިކަލުންގެ ފަރާތުން ގްރޭސް މުގާބޭ ވެސް އެދިވަޑައިގެންފައި ވެއެވެ. މީގެ އިތުރުން ނަންގަގްވާ ވަކިކުރެއްވުމަށް ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ ކިބައިން ވެސް ގްރޭސް އެދިވަޑައިގެންފައި ވެއެވެ.

އާދީއްތަ ދުވަހު ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން، ނަންގަގްވާ އަށް އިޝާރާތް ކުރައްވާ ގްރޭސް ވަނީ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ހަރުފައާ ކުރިމަތިލާން ޖެހޭ ކަމަށާއި، ހަރުފައިގެ ސީދާ ބޮލަށް ހަމަލާ ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ކޮންގްރެސް އަށް ދާނީ، ބަދަހި ޕާޓީއެއްގެ ގޮތުގައި ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން ބަޣާވާތް ކުރުމަށް ރާވައި، މުގާބޭގެ ވެރިކަން ވައްޓާލުމަށް ނަންގަގްވާ މަސައްކަތް ކުރައްވާފައިވާ ކަމަށް ގްރޭސް ތުހުމަތު ކުރެއްވި އެވެ. އަދި ފިރިކަލުން ރޮބަޓް މުގާބޭ އަށް ފަހު އެގައުމުގެ ވެރިކަމަށް އައުމަށް ފުރިހަމަޔަށް ތައްޔާރު ވެފައިވާ ކަމަށް ގްރޭސް ވިދާޅުވި އެވެ.

ޒިމްބާބްވޭގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ ނަންގަގްވާއަކީ މުގާބޭ އަށް ފަހު ވެރިކަމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ކެންޑިޑޭޓެވެ. އެހެން ނަމަވެސް ނައިބު ރައީސްގެ މަގާމުން ނަންގަގްވާ ވަކި ކުރެއްވުމާއެކު، މުގާބޭ އަށް ފަހު ވެރިކަމަށް އަންނާނެ ކަމަށް މިހާރު ބެލެވިފައި ވަނީ އަނބިކަނބަލުން ގްރޭސް މުގާބޭ އެވެ.

އަންނަ މަހު ބާއްވާ ޒިމްބާބްވޭގެ ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީގެ ހާއްސަ ކޮންގްރެސްގައި ނައިބު ރައީސްގެ މަގާމަށް ގްރޭސް މުގާބޭ އައްޔަން ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ގްރޭސްއަކީ މިހާރު ވެސް ޒަނޫ-ޕީއެފްގެ އަންހެނުންގެ ލީގުގެ ރައީސާ އެވެ.

ޒިމްބާބްވޭގެ ރައީސްގެ މަގާމުން މުގާބޭ ވަކިވެއްޖެ ނަމަ، ނުވަތަ އަވަހާރަވެއްޖެ ނަމަ އެމަގާމަށް ވާދަކުރައްވާނެ ކަމަށް ކުރިން އެންމެ ބޮޑަށް ބެލެވިފައި ވަނީ ނައިބު ރައީސް ނަންގަގްވާ އަދި އެގައުމުގެ ފަސްޓް ލޭޑީ ގްރޭސް މުގާބޭ އެވެ.

ޒިމްބާބްވޭގެ ނައިބު ރައީސްގެ މަގާމަށް ނަންގަގްވާ ހަމަޖައްސަވާފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ރައީސް މުގާބޭގެ ވެރިކަން ވައްޓާލުމަށް، ކުރިން ނައިބު ރައީސާގެ މަގާމުގައި ހުންނެވި ޖޮއިސް މުޖޫރޫ މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާ، އެކަމަނާއާ ދެކޮޅު ކެމްޕެއިނެއް މުގާބޭގެ އަނބިކަނބަލުން ގްރޭސް ފަށްޓަވާފައި ވަނިކޮށެވެ.

ޖޮއިސް މުޖޫރޫއާ ދެކޮޅަށް ގްރޭސް ފެއްޓެވި ކެމްޕެއިނާ އެކު ނައިބު ރައީސްގެ މަގާމުންނާއި ވެރިކަން ކުރާ ޕާޓީން 2014 ވަނަ އަހަރު މުޖޫރޫ ވަކި ކުރައްވާފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު ގްރޭސް މުގާބޭ ވަނީ ނަންގަގްވާ އަށްވުރެ މުޖޫރޫ ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަނީ މުގާބޭ އެވެ. މުގާބޭ އެންމެ ފުރަތަމަ ޒިމްބާބްވޭގެ ރައީސްގެ މަގާމަށް އިންތިޚާބުވީ 1987 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޒިމްބާބްވޭގެ ބޮޑުވަޒީރުގެ މަގާމުގައެވެ.

އުމުރުފުޅުން 93 އަހަރުގެ މުގާބޭގެ ޞިއްޙީ ޙާލަތު ދަށަށް ދަމުންދިޔަ ނަމަވެސް، މުގާބޭ ވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޒިމްބާބްވޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި

ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި

21 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
ވެނެޒުއޭލާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އަށް ނައިބު ރައީސް ޕެންސް ތާއިދު ކުރައްވައިފި

ވެނެޒުއޭލާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އަށް ނައިބު ރައީސް ޕެންސް ތާއިދު ކުރައްވައިފި

14 އޯގަސްޓު 2017
އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި

އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި

07 އޯގަސްޓު 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު