Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

ބޯޓުގެ ޕައިލެޓު ސީދާ ވިއްސާރަ ކޮޅިގަނޑުން ދަތުރު ކުރީ ކީއްވެ ކަމެއް ނޭނގޭ، އާންމުކޮށް މޫސުމާއި ބެހޭ ރާޑަރުން އެފަދަ ކޮޅިގަނޑުން ސަލާމަތް ވުމަށް އެހީވެދޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 20 ޖުލައި 2017 | ބުރާސްފަތި 03:27
ޗައިނާގައި އުފައްދާފައިވާ ވައި 8 މަރުކާގެ ބޯޓެއް، ވެއްޓިފައި ވަނީ މި މޮޑެލްގެ ބޯޓެއް

ޗައިނާގައި އުފައްދާފައިވާ ވައި 8 މަރުކާގެ ބޯޓެއް، ވެއްޓިފައި ވަނީ މި މޮޑެލްގެ ބޯޓެއް

މިދިޔަ ޖޫން މަހު 122 މީހުންނާއި އެކު ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު މިޔަންމާ އަސްކަރިއްޔާގެ ބޯޓު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.

ޗައިނާ އިން އުފައްދާފައިވާ މި މަތިންދާ ބޯޓު ވެއްޓުނީީ އަންޑަމަން ކަނޑަށް ޖޫން 7 ވަނަ ދުވަހުއެވެ. މިހާދިސާގައި އެއްވެސް ބަޔަކު ސަލާމަތް ނުވެއެވެ.

މި ހާދިސާ އަކީ މިޔަންމާގެ އޭވިއޭޝަން އިންޑަސްޓްރީގައި ހިނގި އެންމެ ނުރައްކާތެރި މިފަދަ ހާދިސާއެވެ. ހާދިސާގެ ތަހުގީގުން ހާމަވެފައި ވަނީ ބޯޓު ވިއްސާރަ ކޮޅިގަނޑެއްގައި ޖެހި ޕައިލެޓަށް ބޯޓުގެ ކޮންޓްރޯލް ގެއްލުނީ ކަމަށެވެ.

ފްލައިޓް ދަތުރުކުރަމުންދިޔައީ ބައިގަޑިއިރުގެ ކުރު ރާސްތަ ދަތުރެއްގައި ކަމަށްވާއިރު ބޯޓު ދަތުރު ކުރި ސަރަހައްދުގެ މޫސުން ގޯސްކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށް ކުރީގައި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަސްކަރިއްޔާއިން ބުނާ ގޮތުގައި ވެއްޓުނު ބޯޓަކީ މިދިޔަ އަހަރުގެ މާޗް މަހު ގަނެފައިވާ ފްލައިޓެކެވެ. އަދި 809 ގަޑިއިރު ހަމަކޮށްފައި ވެއެވެ.

މި ފަހުގެ އަހަރުތަކުގައި މިޔަންމާގައި ވަނީ މަތިންދާ ބޯޓް ވެއްޓުމުގެ ބައެއް ހާދިސާތައް ހިނގާފައެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު