Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިނަލްއަޤްވާމީ އަރުޝީފު ދުވަސް

ޤައުމީ އަރުޝީފަކީ ދައުލަތް ހެޔޮ ގޮތުގައި ހިންގުމަށް އެހީތެރިވެދޭނެ މުއައްސަސާއެއް: މިނިސްޓަރު ޔުމްނާ

9 ޖޫން 2019 | އާދީއްތަ 18:19

ޤައުމީ އަރުޝީފު ފުރިހަމައަށް ގާއިމު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖޫން 2019 | އާދީއްތަ 18:19
ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު

ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު

ޤައުމީ އަރުޝީފަކީ ދައުލަތް ހެޔޮ ގޮތުގައި ހިންގުމަށް އެހީތެރިވެދޭނެ މުއައްސަސާއެއް ކަމަށް މިނިސްޓަރ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަރުޝީފު ދުވަހު މިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، އެކަށޭނެ ގޮތުގައި ގާއިމުވެ ފުރިހަމަ ވުމަކީ މުޅި ޤައުމަށް އަދި އަންނަން އޮތް ޖީލުތަކަށް ނުހަނު ބޭނުންތެރި އެހާމެ ފައިދާ ކުރާނެ ކަމެއް ކަމަށާއި ދިވެހި ޤައުމުގެ އެންމެހާ ކަންކަން އަންނަން އޮތް ޖީލުތަކަށް ފުރިހަމައަށް ވާސިލު ވާނީ ދިވެހި ޤައުމުގެ ފަތްފުއްތަކާއި ފުރޭފުތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތައް ރަނގަޅަށް ރައްކާތެރިކޮށް ބެލެހެއްޓިގެން ކަމަށެވެ. އަދި މިހާރުން މިހާރަށް ވެސް ދައުލަތުގެ އޮފީސްތަކުން ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުރިހަމަ ކުރުމަށް ޓަކައިވެސް ރެކޯޑްސް މެނޭޖްމަންޓްގެ ކަންކަން ފުރިހަމަ ކުރެވޭނީ ޤައުމީ އަރުޝީފު އެކަށޭނެ ގޮތެއްގައި ގާއިމު ކުރެވިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ފުރިހަމައަށް ގާއިމު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ޔުމްނާ ވަނީ ސަރުކާރުގެ އިތުރުން އަރުޝީފު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އަމިއްލަ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ހިތްވަރުދީ ޝުކުރު އަދާކުރައްވާފައެވެ. އަދި އަމިއްލަ ފަރާތްތަކަށް މިރޮނގުން ވެދެވެން އޮތް އެންމެބޮޑު އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ އަރުއްވާފައެވެ.

9 ޖޫން އަކީ 2007 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ އަރުޝީފު ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިދުވަސް 9 ޖޫންގައި ފާހަގަކުރަނީ، ޔުނެސްކޯގެ ޖަމާޢަތެއް ކަމުގައިވާ އިންޓަރނޭޝަނަލް ކައުންސިލް އޮން އާކައިވްސް (ބައިނަލްއަޤްވާމީ އަރުޝީފު ޖަމްޢިއްޔާ) އައި. ސީ. އޭ. އުފެދުނީ 1948 ޖޫން 9 ގައި ކަމަށް ވާތީއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އަރުޝީފުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެންމެން ހޭލުންތެރި ކުރުމެވެ. އަދި މި ދުވަސް ފާހަގަކުރުމުގައި ބާރު އަޅާފައި ވަނީ އަރުޝީފުތައް ފަރުމާ ކުރެވެން ވާނީ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބިނެވި ޚިދުމަތްތަކެއް ދެވޭނެ ގޮތްތަކެއްގެ މައްޗަށެވެ.

ރާއްޖޭގައި އަރުޝީފު ކުރުމުގެ މަސައްކަތްތައް މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ކުރެވިފައިވާކަން އެއީ ތާރީޚީ ގޮތުން ސާބިތުވާ ކަމެކެވެ. 12 ވަނަ ގަރުނުން ފެށިގެން ހުރި ލޯމާފާނުތަކަކީ މި ކަމުގެ ސާބިތު ހެކިތަކެކެވެ. ފަހުގެ ތާރީޚުގެ އަރުޝީފުގެ މަސައްކަތްތަކަށް ބަލާއިރު، ދުވަހުން ދުވަހަށް ގައުމުގެ ކަންކަން ލިޔެ އަރުޝީފު ކުރަން ފެށުނީ 1942 ޖެނުއަރީ 12ގައި ވުޒާރަތުލްދާޚިލިއްޔާގައެވެ. އަދި 1945 ގައި ހުޅުވުނު ކުތުބުޚާނާ އާއި، 1952ގައި ހުޅުވުނު ދާރުލްއާސާރަކީ ވެސް އަރުޝީފުގެ މަސައްކަތްތައް ކުރެވިފައިވާ ތަންތަނެވެ. އަދި 1968ގައި އުފެދުނު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އާއި، 1979 ގައި އުފެދުނު ދިވެހި ތާރީޚާ ސަގާފަތަށް ޚިދުމަތްކުރާ ގައުމީ މަޖިލީހާއި، 1982 ގައި އުފެދުނު ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒަކީ އަރުޝީފު ކުރުމުގެ މަސައްކަތް ޤައުމީ ގޮތުން ކުރެވުނު މުއައްސަސާތަކެވެ. އަދި 2003 ގައި އުފެދުނު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު އަރުޝީފުގެ މަސައްކަތް ކުރެވޭ މުއައްސަސާއެއް ކަން ހެރިޓޭޖް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ދަށުގައި އިދާރީ ގޮތުން ޤައުމީ އަރުޝީފުގެ ނަމުގައި އޮފީހެއް 1996 ނޮވެންބަރު 6 ގައި ސަރުކާރުން އުފެއްދިއެވެ.

ޤައުމީ އަރުޝީފަކީ ހަމައެކަނި ތާރީޚީ ރިކޯޑް ބަލަހައްޓާ ތަނަކަށްވުރެ ދައުލަތް ހެޔޮ ގޮތުގައި ހިންގުމަށް އެހީތެރިވެދޭނެ މުއައްސަސާއެއް ކަމަށާއި ހަރުދަނާ އަރުޝީފެއް ޤާއިމު ކުރެވި ބެލެހެއްޓުމަކީ އެ ގައުމެއްގެ ސަރުކާރުގައި ކަން ހިނގާފައިވާ ގޮތާއި ސަބަބާއި ހިނގި ގޮތް އޮޅުންފިލާނެ ނިޒާމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އިންސާނީ ހައްޤުތައް ދަމަހައްޓާ، އެ ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ނިންމުންތައް ބުނެ ދިނުމާއި ދިފާއު ކުރެވޭނެ ނިޒާމެއްކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް