Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިޒަމް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ރާއްޖެއިން ފުރައިގެން ދިޔައީ ތައުލީމު ހާސިލްކުރަން ކަމަށް ބުނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2017 | އާދީއްތަ 15:07
ކްރިމިނަލް ކޯޓް: ވަކީލަކު ހަމަޖެއްސުމަށް މުހައްމަދަށް ވަނީ 10 ދުވަސްދީފައި

ކްރިމިނަލް ކޯޓް: ވަކީލަކު ހަމަޖެއްސުމަށް މުހައްމަދަށް ވަނީ 10 ދުވަސްދީފައި

ރާއްޖެ އިން ބޭރަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއްގެ އިސް މަގާމެއްގައި އަހަރުތަކެއް ވަންދެން އުޅުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ކަމަށް ބުނެ ދައުވާ އުފުލާފައިވާ، ރ. ކަނދޮޅުދޫ، ފީރޯޒުގޭ، މުހައްމަދު އަބްދުއްރަހްމާން ހަނގުރާމަކުރަމުންދިޔައީ ޕާކިސްތާނުގެ ވަޒަރިސްތާނަށް ނިސްބަތްވާ ޖަމާއަތަކާއެކު ކަމަށް ދައުލަތުން ކޯޓުގައި ބުނެފި އެވެ.

އާއިލާއާއެކު ޕާކިސްތާނުގައި އުޅުމަށް ފަހު މިދިޔަ އަހަރުގެ ޖޫން މަހުގެ އެނބުރި ރާއްޖެ އައިތަނުން ހައްޔަރުކުރި މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވިއިރު، ދައުލަތުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އިއްވާފަ އެވެ.

ދައުވާ އިއްވަމުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާދަމް މުހައްމަދު ވިދާޅުވީ ތައުލީމު ހާސިލްކުރުމަށް ކަމަށް ބުނެ މުހައްމަދު ރާއްޖެ ދޫކޮށް ޕާކިސްތާނަށް ދިޔައީ 2007 ވަނަ އަހަރު ކަމަށެވެ. އަދި 2009 ވަނަ އަހަރުގެ ޕާކިސްތާނުގެ ވަޒަރިސްތާނުގެ އަވަށެއް ކަމަށްވާ ވާނާ އަށް ގޮސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އޭނާ ހަނގުރާމަ ކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މުހައްމަދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ 'ހ' އާއި ހަވާލާދީ އެ މާއްދާގެ އެއް ވަނަ ނަމްބަރުގެ 'ނ' ގެ ދަށުންނެވެ.

ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހި ސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީ، ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް ފަހުގަ އެވެ.

މުހައްމަދު އަބްދުއްރަހްމާން އަކީ ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން(ރަބަރޭ) މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އިބްރާހިމް އަބްދުއްރަހްމާންގެ ބޭބެ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.

ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެ ގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު