Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާޖިއޯ ރާމޯސް

ރާމޯސް ދާން ބޭނުންވަނީ ޗައިނާއަށް ކަމަށް ޕެރޭޒް ބުނެފި

ޗައިނާގެ ކްލަބުން އޭނާއަށް ވަރަށް ރަނގަޅު އޮފާއެއް ދީފައިވާ ކަމަށް ރާމޯސް ބުނި ކަމަށް ޕެރޭޒް ބުނެފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 29 މެއި 2019 | ބުދަ 15:13
ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ދާން ބޭނުންވަނީ ހިލޭ ޓްރާންސްފަރއެއްގަ ޗައިނާގެ ކްލަބަކަށް ކަމަށް އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.

ރާމޯސް މިހާރު ބޭނުންވަނީ ޗައިނީސް ސުޕަރލީގުގެ ކްލަބަކަށް ކުޅެން ކަމަށް އޭނާ ގާތު ރާމޯސް ބުނެފައިވާ ކަމަށް ޕެރޭޒް ބުނީ ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައެވެ. ޗައިނާގެ ކްލަބުން ރާމޯސްގެ އޭޖެންޓަށް ވަރަށް ރަނގަޅު އޮފަރއެއް ލިބިފައިވާ ކަމަށް ރާމޯސް ބުނިކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެ ކްލަބަށް ޓްރާންސްފަރ ފީއެއް ނުދެއްކޭނެ ކަމަށް ޗައިނާގެ ކްލަބުން ބުނެފައިވެއެވެ.

ޕެރޭޒް ބުނީ ރާމޯސްއަށް ދިން ޖަވާބުގައި، ރިއާލް މެޑްރިޑަށް އެ ކްލަބުގެ ކެޕްޓަން ހިލޭ އެހެން ކްލަބަކަށް ދޫނުކޮށްލެވޭނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. ޓްރާންފަރ ފީއެއް ދެއްކެން ޗައިނާގެ ކްލަބަށް ނެތީ ޗައިނާގެ ކްލަބްތަކަށް ކުޅުންތެރިން ގެންނަން ބޮޑެތި ފައިސާގެ އަދަދުތަކާއި ގުޅިގެން އެކަން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އެކުލަވާލި ގަވައިދުގެ ސަބަބުންނެވެ.

ރާމޯސްއަކީ މިހާރު ރިއާލް މެޑްރިޑުގައި ހުރި އެ ކްލަބަށް އެންމެ ގިނަ ދުވަސް ވަންދެން ކުޅެފައިވާ ކުޅުންތެރިޔާއެވެ. 2005 ވަނަ އަހަރު ސްޕެއިންގެ ކްލަބެއް ކަމުގައިވާ ސެވިއްޔާއިން ރިއާލްއާ ގުޅުނު ފަހުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 606 މެޗުގައި 84 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ ރެއާލްއާ އެކު ސްޕެނިޝް ލީގް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.

ރާމޯސްއާ ޕެރޭޒްގެ ގުޅުން ގޯސްވީ މި ފަހަރުގެ ޗެމްޕިއަންސް ލީގުން ރިއާލް ކެޓި މެޗުގައި އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލެގަށް ފަހުގައެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ކުޅުނު މެޗުގައި ގަސްތުގައި ރީނދޫ ކާޑެއް ހޯދި ކަމަށް ތުހުމަތުކޮށް، ފިޔަވަޅުއަޅަން ޔޫއެފްއާއިން ފޮނުވާފައިވެއެވެ. އެ ރީނދޫ ކާޑުގެ ސަބަބުން ދެވަނަ ލެގުގައި ކުޅުމުގެ ފުރުސަތު ރާމޯސްއަށް ވަނީ ގެއްލިފައެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
26 ފެބުރުއަރީ 2017

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު