Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރެއާލް ލީގުގެ އެއްވަނައިގައި އޮތީ 43 ޕޮއިންޓާއެކު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 22 ޖެނުއަރީ 2017 | އާދީއްތަ 22:52
ރެއާލް މެޑްރިޑާއި މަލާގާ ބައްދަލުކުރި މެޗުގައި ރާމޯސް ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ

ރެއާލް މެޑްރިޑާއި މަލާގާ ބައްދަލުކުރި މެޗުގައި ރާމޯސް ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ މަލާގާ އަތުން 2-1 އިން މޮޅުވެ ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފި އެވެ. މި މޮޅާ އެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ މިހާތަނަށް ކުޅުނު 18 މެޗުން ލިބުނު 43 ޕޮއިންޓައެކު އެވެ. އަދި މެޗުން ބަލިވި މަލާގާ އޮތީ 19 މެޗުން ލިބުނު 21 ޕޮއިންޓާއެކު 13 ވަނަ މަގާމްގަ އެވެ. އަދި ލީގް ތާވަލްގެ ދެ ވަނައިގައި 39 ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ތިން ވަނައިގައި 38 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. މެޑްރިޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ރެއާލްއިންނެވެ. އެލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އަދި މެޗުގެ ލީޑް ފުޅާކޮށްދިން ލަނޑު ވެސް 43 ވަނަ މިނެޓުގައި ރެއާލްއަށް ކާމިޔާބު ކޮށްދިނީ ރާމޯސް އެވެ. ރޭގެ މެޗުގައި ރެއާލް ކޮޅަށް މަލާގާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއާން ޕަބްލޯ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު